Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮމަންވެލްތު ގޭމްސް 2022

ބެޑްމިންޓަން މިކްސް، ސްކޮޓްލެންޑު އަތުން ރާއްޖެ ބަލިވެއްޖެ

ސްކޮޓްލެންޑު އަތުން ރާއްޖެ ބަލިވީ 5-0

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖުލައި 2022 | ހޮނިހިރު 07:14
ސްކޮޓްލެންޑާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ސްކޮޓްލެންޑާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން މިކްސް ޓީމު އިވެންޓުގައި ސްކޮޓްލެންޑާ ވާދަކޮށް ރާއްޖެ ބަލިވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ހުކުރު ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ންނެވެ. އެންމެ ފުރަތަމަ އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަބީހާ ނިކުތީ ސްކޮޓްލެންޑުގެ ކާސްޓީ ގިލްމޯއާ ދެކޮޅަށެވެ. މި މެޗު ގިލްމޯ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-4 އަދި ދެ ވަނަ ސެޓު 21-10 ންނެވެ. ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޒަޔާން ޒަކީ ނިކުތީ ސްކޮޓްލެންޑުގެ ކުލުމް ސްމިތާ ދެކޮޅަށެވެ. މި މެޗުގެ ދެ ސެޓު ސްމިތު ގެންދިޔައީ، 21-6 އަދި 21-10 ންނެވެ.

އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބީހާ އާއި ފާތިމަތު ނަބާހާ ނިކުތީ ސްކޮޓްލެންޑުގެ އެލެއަނޯ އޯޑަނެލް އާއި ސިއާރާ ޓޮރަންސްގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ސްކޮޓްލެންޑުގެ ޕެއާއިންނެވެ. އެއީ ފުރަތަމަ ސެޓު 21-12 އަދި ދެ ވަނަ ސެޓު 21-5 ންނެވެ. ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދާއި އަޙުމަދު ނިބާލް ނިކުތީ ސްކޮޓްލެންޑުގެ އަލެކްސަންޑާ ޑަން އާއި މެތިއު ގްރިމްލީގްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖޭގެ ޕެއާ ބަލިވީ 21-9 އަދި 21-14 ންނެވެ.

މިކްސް ޑަބަލްސްގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާއާ ދެކޮޅަށް ނިކުތީ ސްކޮޓްލެންޑުގެ އެޑަމް ހޯލް އާއި ޖޫލީ މެކްޕާސަންގެ ޕެއާއެެވެ. އެ މެޗުގައި ސްކޮޓްލެންޑުގެ ޕެއާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 21-7 އަދި 21-6 ންނެވެ.

ގޭމްސްގެ މިކްސް ޓީމު އިވެންޓުގައި ރާއްޖެ ހިމެނިފައިވަނީ، ކެނެޑާ، ޔުގެންޑާ އަދި ސްކޮޓްލެންޑާއެކު ގްރޫޕް ސީގައެވެ. މި ގްރޫޕްގައި މިއަދު ރާއްޖޭގެ ދެ މެޗުން އޮންނާނެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ކެނެޑާއާއި ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނިކުންނާނީ ޔުގެންޑާއާއި ދެކޮޅަށެވެ.

ކޮމަންވެލްތު ގޭމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ

ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ

14 އޯގަސްޓު 2022
ބެޑްމިންޓަންގެ ސިންގަލްސްއާއި ޑަބަލްސްގައި އަޖުފާނާއި ނިބާލަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ

ބެޑްމިންޓަންގެ ސިންގަލްސްއާއި ޑަބަލްސްގައި އަޖުފާނާއި ނިބާލަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ

06 އޯގަސްޓު 2022

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު