Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮމަންވެލްތު ގޭމްސް 2022

ޓީޓީ އަންހެން ސިންގަލްސްއިން ރަފާ އަނެއް ބުރަށް

ގޭމްސްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ޖުމާނާ، ފާތިމަތު ދީމާ އަލީއަށް ވަނީ ގްރޫޕް ސްޓޭޖާ ހަމައިން ގޭމްސް ނިމިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 02:30
ގޭމްސްގައި ރަފާ ކުޅުނު މެޗެއްގެ ތެރެއިން

ގޭމްސްގައި ރަފާ ކުޅުނު މެޗެއްގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ)ގެ އަންހެން ސިންގަލްސް ބައިގެ އަނެއް ބުރުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

އަނެއް ބުރުގެ ޖާގަ ރަފާ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ގޭމްސްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ޖުމާނާ، ފާތިމަތު ދީމާ އަލީއަށް ވަނީ ގްރޫޕް ސްޓޭޖާ ހަމައިން ގޭމްސް ނިމިފައެވެ. އަނެއް ބުރުގައި ރަފާ ވާދަކުރާނީ އޮސްޓްރޭލިއާގެ މިންޔުން ޖީއާއެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 10:15 ގައެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ރަފާ ވާދަކުރީ ސީޝެލްސްގެ ލައުރާ ސިނޯންއާއެވެ. މި މެޗު ރަފާ ކާމިޔާބުކުރީ 4-0 ންނެވެ. މެޗުގެ ސެޓުތައް ރަފާ ހޯދީ 11-03، 11-03، 11-03 އަދި 11-01 ންނެވެ. ދެ ވަނަ މެޗުގައި ޔޫގާންޑާގެ ރީތާ ނަކުމިސްތާގެ މައްޗަށް ވެސް ރަފާ ކުރި ހޯދީ 4-0 ންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-04، 11-06، 11-07 އަދި 11-09 ންނެވެ.

ރާއްޖޭގެ ދީމާ ހިމެނުނު ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް ބަލިވީ 4-0 ންނެވެ. ފުރަތަމަ މެޗުގައި ސައުތު އެފްރިކާގެ ޒޯދުވާ މާފަންދާ ވާދަކޮށް ބަލިވީ، 11-04، 11-06، 11-07 އަދި 11-04 ންނެވެ. ފަހު މެޗުގައި ވޭލްސްގެ ކްލޯއީ ތޯމަސް އަތުން ބަލިވީ، 11-07، 12-10، 11-04 އަދި 11-07 ންނެވެ. މި ގްރޫޕްގެ އެއްވަނަ ހޯދައި އަނެއް ބުރަސް ދިޔައީ ވެސް ކްލޯއީއެވެ.

ޖުމާނާ ހިމެނުނު ގްރޫޕްގައި އޭނާއަށް ޖެހުނީ ތިން މެޗު ކުޅޭށެވެ. އެއީ މި ގްރޫޕްގައި ޖުމުލަ ހަތަރު ޓީމު އޮތީމައެވެ. ގްރޫޕްގައި ކުޅުނު އެއް މެޗުން ޖުމާނާ މޮޅުވީއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. ފުރަތަމަ ކުޅުނު ދެ މެޗުން ޖުމާނާ ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޗިން އަތުން ބަލިވީ 4-2 ންނެވެ. ފުރަތަމަ ދެ ސެޓު 11-08 އަދި 11-07 ން ޖުމާނާ ހޯދި ނަމަވެސް، ޗިން ވަނީ ދެން ކުޅުނު ހަތަރު ސެޓު 12-10، 11-07، 11-06، އަދި 12-10 ން ކާމިޔާބުކޮށް މޮޅުވެފައެވެ.

ދެވަނަ މެޗުގައި ޖުމާނާ ނުކުތީ ކެރޮލިންއާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ސެޓު ކެލޮރިން ހޯދީ 11-09 ންނެވެ. ނަމަވެސް ޖުމާނާ ވަނީ ޖެހިގެން އައި ދެވަނަ ސެޓު 11-01 ން ހޯދާފައެވެ. ނަމަވެސް ދެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބުކުރީ ކެލޮރިންނެވެ. އެއީ 11-06 އަދި 11-13 ންނެވެ. ފަސްވަނައަށް ކުޅުނު ސެޓު ޖުމާނާ ހޯދީ 11-02 ންނެވެ. ކެރޮލިން މޮޅުވީ ހަ ވަނަ ސެޓު 11-09 ން ކާމިޔާބުކޮށްގެންނެވެ.

ގްރޫޕްގެ ފަހު މެޗުގައި ސްޓެފަނީއާ ދެކޮޅަށް ކުޅެ ޖުމާނާ ވަނީ މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ސެޓު 11-08 ން ޖުމާނާ ހޯދި ނަމަވެސް، ދެވަނަ ސެޓު ސްޓެފަނީ ވަނީ 11-08 ން ހޯދާފައެވެ. ނަމަވެސް ޖުމާނާ ވަނީ ޖެހިގެން އައި ތިން ސެޓު ވެސް ކާމިޔާބުކޮށްފައެވެ. އެއީ 11-02، 11-05 އަދދި 11-07 ންނެވެ.

ފިރިހެން ސިންގަލްސްގައި ރާއްޖޭގެ މޫސާ މުންސިފް ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ގާނާގެ ޑެރެކް އަބްރީފާ އަތުން ބަލިވީ 4-0 އިންނެވެ. މުންސިފްގެ މައްޗަށް އަބްރީފާ ކުރި ހޯދީ 11-07، 11-04، 11-09 އަދި 11-08 ންނެވެ. ފަހު މެޗުގައި ބަންގްލަދޭޝްގެ ރިފްއަތު ސާބިރުގެ އަތުން މުންސިފް ބަލިވީ ވާދަވެރި ކުޅުމަކަށްފަހުއެވެ. މި މެޗު ރިފްއަތު ކާމިޔާބުކުރީ 4-3 ންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ހޯދީ މުންސިފްއެވެ. އެއީ 11-08 އަދި 11-05 ންނެވެ. ނަމަވެސް ރިފްއަތު ވަނީ ޖެހިގެން އައި ދެ ސެޓު 11-06 އަދޮ 11-04 ން ހޯދާފައެވެ. ނަމަވެސް މުންސިފް ވަނީ ހިތްވަރާއެކު ކުޅެ 11-07 ން ފަސް ވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ރިފްއަތު ވަނީ 11-08 ން ހަވަނަ ސެޓު ހޯދައި މުންސިފާ އެއްވަރުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ސެޓު ރިފްއަތު ކާމިޔާބުކުރީ 11-07 ންނެވެ.

ގޭމްސްގައި މިއަދާއި މާދަމާ ވެސް ރާއްޖޭގެ މެޗުތަކެއް ކުރިއަަށްދާނެއެވެ. އެއީ މިއަދު ކުޅޭ، ރަފާގެ ސިންގަލްސް މެޗާއި، ރަފާ އާއި މުންސިފްގެ ޕެއާ ވާދަ ކުރާ މިކްސް ޑަބަލްސް މެޗެވެ. މާދަމާ އޮންނާނީ، ދީމާ އާއި ރަފާގެ ޕެއާ ކުޅޭ މެޗާއި، ޖުމާނާ އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ކުޅޭ މެޗެވެ.

ކޮމަންވެލްތު ގޭމްސްޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު