Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލްޖަޒީރާގެ ނޫސްވެރިޔާ، ޝީރީންގެ މަރު

އިންސާފު ހޯދަން ޝީރީންގެ އާއިލާއިން ބައިޑަންގެ ބައްދަލުވުމަކަށް އެދި މަޖިލީސް ދޮށަށް!

ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންތަކަކާ ބައްދަލު ކުރަން އާއިލާ އިންވަނީ ރާވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 ޖުލައި 2022 | ހޮނިހިރު 06:33
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި އެއްވެ ތިބި އާއިލާގެ މެންބަރުން ބުނި ގޮތުގައި އެ އާއިލާއިން ވޮޝިންގްޓަންއަށް ދަތުރު ކުރީ، ބައިޑަންއާ ބައްދަލު ކުރުމަށް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި އެއްވެ ތިބި އާއިލާގެ މެންބަރުން ބުނި ގޮތުގައި އެ އާއިލާއިން ވޮޝިންގްޓަންއަށް ދަތުރު ކުރީ، ބައިޑަންއާ ބައްދަލު ކުރުމަށް

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ދިޔަ ރެއިޑެއް ކަވަރު ކުރަމުން ދަނިކޮށް ބަޑި ޖަހާ މަރާލާފައި ވާ އަލްޖަޒީރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަގުލީގެ އާއިލާއިން، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރުމަށް ޑިމާންޑް ކޮށްފިއެވެ.

ފަލަސްތީނުގެ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ ޝީރީންގެ އާއިލާއިން ދަނީ، ޝީރީންގެ މަރަށް އިންސާފު ހޯދުމަށް ޑިމާންޑްކޮށް، ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެ އާއިލާ މިހާރު ތިބީ އެމެރިކާގެ ވޮޝީންގްޓަންގައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ނުވަތަ ކެޕިޓަލް ބިލްޑިންގ ސަރަހައްދުގައި އެއްވެ ތިބި އާއިލާގެ މެންބަރުން ބުނި ގޮތުގައި އެ އާއިލާއިން ވޮޝިންގްޓަންއަށް ދަތުރު ކުރީ، ޝީރީންއަށް އިންސާފު ހޯދުމަށް ވަކާލާތު ކުރުމުގެ ގޮތުން ބައިޑަންއާއި ބައްދަލު ކުރުމަށެވެ.

މި މަހުގެ މެދަކާ ހިސާބުގައި ބައިޑަން އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައިވެސް ޝީރީންގެ އާއިލާއިން ވަނީ ބައިޑަންއާއި ބައްދަލު ކުރަން ބޭނުން ވެގެން ހުށަހަޅާފައެވެ. ނަމަވެސް އާއިލާއަށް އެކަން ކާމިޔާބެއް ނުވިއެވެ.

އެތައް ގޮތަކުން ފަލަސްތީނުގެ ރައްޔިތުންނާއި އަރަބީންގެ ހިތްތައް ފަތަހަ ކުރި ޝީރީން، މި ދުނިޔެއަށް ފަހު ނޭވާ ދޫކުރީ އިޒްރޭލުގެ ބަޑީގެ ހަމަލާއެއް އޭނާގެ މޫނަށް އަމާޒުވެ، މެއި 11 ވަނަ ދުވަހުއެވެ. އޭރު އޭނާ ދިޔައީ ޖެނީންގައި އިޒްރޭލުން ހިންގަމުން ދިޔަ ރެއިޑެއް ކަވަރު ކުރަމުންނެވެ. ހަބަރު ކަވަރު ކުރަން ދަމުން އޭނާ ވަނީ އަލްޖަޒީރާގެ ކަމާ ބެހޭ ފަރާތަށް ރެއިޑްގެ މައުލޫމާތު ދީފައިވެއެވެ. ސީން އަށް ގޮސް މަންޒަރު ސާފުވުމުން ހަބަރުގެ ތަފްސީލުތައް ދޭނެ ކަމަށް ބުނެ މެސެޖެއް ކުރިތާ މާ ގިނައިރުތަކެއް ނުވެ، ފަލަސްތީނުގެ މަސްރަހުން ދެން ތިލަވެގެން ދިޔައީ އިޒްރޭލު އަސްކަރީ ހަމަލާއެއްގައި ޝީރީން، މި ދުނިޔެއާ ވަކިވެފައިވާ މަންޒަރެވެ.

ޝީރީންގެ "މަރުގެ އެތިފަހަރަކަށް" ވި ވަޒަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާ، އެ ވަޒަނަކީ އިޒްރޭލުން ނުވަތަ ފަލަސްތީނުން ޖެހި ވަޒަނެއްތޯ ކަށަވަރުކޮށް ނިންމަން ނޭނގޭ ކަމަށްވެސް އެމެރިކާއިން ދާދި ފަހުން އާންމު ކުރި ރިޕޯޓެއްގައި ވެއެވެ. އެ ހަމަލާއަކީ އިޒްރޭލުގެ ބާރުތަކުން ދިން ހަމަލާއަކަށް ވުން ގާތް ކަމަށާ، ނަމަވެސް އެ ހަމަލާއަކީ ކަނޑައެޅިގެން ޝީރީންއަށް އަމާޒުކޮށްގެން، ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ރިޕޯޓަށް ފަލަސްތީނުން ދެކޮޅެވެ. އަދި ޝީރީންއަށް ހަމަލާ ދީފައި ވަނީ އޭނާއަށް އަމާޒު ކޮށްގެން ގަސްތުގައި ކަމަށް ފަލަސްތީނުން ބުނެއެވެ. ނަމަވެސް އެ ތުހުމަތަށް އިޒްރޭލުން އިންކާރު ކުރެއެވެ.

ހަބަރުތައް ކަވަރު ކުރުމުގައި ސީދާ މައިދާނުގައި ހުރެގެން ރިޕޯޓްތައް ގެނެސްދެމުން ދިޔަ ޝީރީންއަށް މަސައްކަތުގެ މައިދާނުގައި އިޒްރޭލުގެ އަސްކަރީ ސިފައިންގެ ފުށުން އެތައް ފުރައްސަރާއެއް ސިލްސިލާ ގޮތެއްގައި ކުރިމަތިވިއެވެ. މަސައްކަތުގެ މައިދާނުގައި ޝީރީން އެންމެ ބޮޑު އިސްކަމެއް ދިނީ ފަލަސްތީނަށް ވެރިވެގެންފައިވާ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަމުން ދާ ޖަރީމާތައް ހާމަކޮށްދިނުމަށެވެ. އެގޮތުން ގަސްތުގައި މީހުން މެރުމާއި، ފޭރުމާއި، ޔަހޫދީއްޔާތު ފެތުރުމަށް ހިންގާ ޖަރީމާތަކާއި، ނަސްލީ ތަފާތު ކުރުންތައް ތިލަ ކޮށްދެމުން ދިޔައެވެ. އަދި ޒައޮނިސްޓުންގެ ދޮގުތައް ބަޔާންކޮށްދެމުންދިޔައެވެ.

ޝީރީންގެ އާއިލާއިން ދަނީ އެ މަރުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.

އަލްޖަޒީރާއަލްޖަޒީރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަގުލީގްއަލްޖަޒީރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަގުލީގު މަރާލުންޖޯ ބައިޑަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު