Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ބައިޑްން އަށް ޕްރޮސްޓްރޭޓް ކެންސަރ ޖެހިއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ކުރީގެ ވާދަވެރިޔާ އަށް 'އަވަސް އަދި ކާމިޔާބު ޝިފާއަކަށް' އެދިވަޑައިގަންނަވާ ކަމަށް.

ރާއްޖެ އެމްވީ | 19 މެއި 2025 | ހޯމަ 04:38
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އަށް ހަލުއިކޮށް ފެތުރޭ ބާވަތެއްގެ ޕްރޮސްޓޭޓް ކެންސަރު ޖެހި، ބަލި ކަށިތަކަށް ފެތުރިފައިވާކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ.

82 އަހަރުގެ ބައިޑެން އަށް ބަލި ޖެހިފައިވާކަން ދެނެގަނެވުނީ ހުކުރު ދުވަހު، ޑޮކްޓަރުންނަށް ޕްރޮސްޓޭޓުން ގޮށެއް ފެނުމާ ގުޅިގެން ކަމަށް އޭނާގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް ސިއްހީ ފަރުވާ ހޯދުމަށް ގެންދެވުނީ "ކުޑަކަމުދާއިރު އުނދަގޫތައް އިތުރުވަމުން ދިޔުމާ" ގުޅިގެންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއީ ގަދަފަދަ ބާވަތެއް ކަމުގައި ވީނަމަވެސް، މި ކެންސަރަކީ ހޯމޯން އަށް ގުޑާ ބާވަތެއް ކަމަށް ވުމުން، އެކަށީގެންވާ ގޮތެއްގައި ފަރުވާކުރެވޭނެ ކަމަށް ފެނެއެވެ،" އޭނާގެ އޮފީހުން ބުނެފައިވެއެވެ.

"ރައީސް އާއި އޭނާގެ އާއިލާ އިން މިހާރު ގެންދަނީ އޭނާގެ ޑޮކްޓަރުންނާއެކު ފަރުވާގެ އޮޕްޝަންތައް ބަލަމުންނެވެ." ބަޔާނުގައި ވެއެވެ.

ބައިޑެންގެ އުމުރާއި ސިއްޙަތާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް އޭނާ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް އެމެރިކާގ ރައްޔިތުންގެ މެދުގައި ކުރެވެމުން ދިޔަކަން ފާހަގަ ކުރެވެއެވެ. ބައިޑްންގެ ސިއްހަތާ މެދު ކަންބޮޑުތައް އިތުރުވުން ވެގެން ދިޔައީ އެންމެ ފަހުން އޭނާ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުން ދޫކޮށްލައްވަން މަޖުބޫރުވި ސަބަބެވެ.

ބައިޑެން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އަދި ވާދަވެރިޔާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ މި ޚަބަރުން ލިބިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށާއި، ބައިޑްން އަށް "އަވަސް އަދި ކާމިޔާބު ޝިފާ އަކަށް" އެދިވަޑައިގަންނަވާ ކަމަށެވެ.

ބައިޑެންއަށް ކެންސަރު ޖެހިފައިވާކަމުގެ ޚަބަރު މި ފެތުރުނީ، 2024 ވަނަ އަހަރު އިންތިޚާބަށް އަލުން ކުރިމަތިލެއްވުމަށް ނިންމެވުމާމެދު އަލުން ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ. އޭރުގެ ރައީސްގެ ޖިސްމާނީ އަދި ސިކުނޑީގެ ހާލަތު ދަށްވަމުންދާކަން ރައްޔިތުންނަށް ފޮރުވުމަށް އޭނާގެ އެންމެ ގާތް މީހުން މަސައްކަތްކުރި ކަމަށް ބުނާ ފޮތެއް ޝާއިޢުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސީއެންއެންގެ އެންކަރ ޖޭކް ޓެޕަރ އަދި އެކްސިއޮސްގެ ނޫސްވެރިޔާ އެލެކްސް ތޮމްޕްސަން ލިޔެފައިވާ "އޮރިޖިނަލް ސިން" މި ފޮތުގައި އިންތިޚާބަށް ކުރިމަތިލެއްވި އިރުވެސް ބައިޑެންގެ ހާލަތު ދަށްވަމުން ދިޔަކަމުގެ ގިނަ ހެކިތަކެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރު ބޭއްވުނު ހަފްލާ އެއްގައި އޭރުގެ ރައީސަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީ ދެނެވަޑައިނުގަނެވުނު ކަމަށާއި، އަދި އަލުން އިންތިޚާބު ވެއްޖެނަމަ އޭނާއަށް ވީލްޗެއަރ ބޭނުންކުރަން ޖެހިދާނެކަމުގެ މަޝްވަރާތައް އެހީތެރިން ސިއްރިއްޔާތުގައި ކުރި ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު