Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބައިޑަންގެ ފާޑު ވިދާޅުވުން ޓްރަމްޕަށް، ޔޫރަޕުގައި އޮތް އެމެރިކާގެ އިތުބާރު ގެއްލިދާނެ

7 މެއި 2025 | ބުދަ 10:17

އެމެރިކާ އަށް އިތުބާރު ކުރެވިދާނެ ތޯ، ނުވަތަ އެމީހުންނާ އެކު އެމެރިކާ އޮވެދާނެެތޯ ސުވާލު އުފައްދާނެ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2025 | ބުދަ 10:17
އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން

ޔޫރަޕުގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި އެމެރިކާ އަށް އޮތް އިތުބާރު ގެއްލިދާނެ ކަމަށާއި، އެއީ އިންތިހާ އަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބީބީސީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ބައިޑަން ވިދާޅުވީ، ޔުކްރެއިންގެ ސަރަހައްދުން ބައެއް ރަޝިޔާ އަށް ދޫކޮށްލަން ޓްރަމްޕް ތާއީދު ކުރެއްވުމަކީ އެއްވެސް ގޮތަކަށް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. 

ބައިޑަން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބޭނުންފުޅު ވަނީ ޔުކްރެއިން އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަދަން ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދައި، ޕުޓިން ހުއްޓުވަން އުޅޭ ކޮންމެ މީހަކީ "ބުއްދި ސަލާމަތުން" ހުރި މީހެއްގެ ގޮތުގައި ވެސް ޕުޓިން ނުދެކޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ، ޑިކްޓޭޓަރެއް ނުވަތަ ބަޣާވާތްތެރިއެއްގެ އަތް މައްޗަށް، އޭނާގެ އަމިއްލަ ބިން ނޫން އެހެން ބިންތަކެއް ދޫކޮށްލުމުން އޭނާ ހިތްހަމަ ޖެހޭނެ ކަމަށް އެހެން މީހުންނަށް ޤަބޫލު ކުރެވޭ ގޮތެއް އޭނާ އަށް ވިސްނި ވަޑައި ނުގަންނަވާ ކަމަށެވެ. 

މީގެ އިތުރުން ޔޫރަޕުގެ ޤައުމުތަކުގެ ލީޑަރުން އެމެރިކާގެ ލީޑާޝިޕަށް ކުރަމުން އަންނަ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އަދި އެކަމުގެ ބިރު އޮތް ކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެމެރިކާ އަށް އިތުބާރު ކުރެވިދާނެ ތޯ، ނުވަތަ އެމީހުންނާ އެކު އެމެރިކާ އޮވެދާނެެތޯ ސުވާލު އުފައްދާނެ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ބައިނަލްއަޤުވާމީ މުޖުތަމައުން އެމެރިކާ އަށް ކުރަމުން އަންނަ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ.  

ހަމަ އެހެންމެ، ޔުކްރެއިންގެ މިނިވަން ކަމާއި، އެ ޤައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް އެހެން ޤައުމުތަކާއި، ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްބާރުލުން މުހިންމު ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. 

ބައިޑަންގެ ރިޔާސީ ދައުރުގައި އޭނާ ވަނީ ޔުކްރެއިންއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްފަ އެވެ. އަދި އެކި އެކި ކަންކަމުގައި އެމެރިކާ އިން ވަނީ ޔުކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސް ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ ވާދަ ކުރެއްވީ ބައިޑަން އެވެ. ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދަވަން ބައިޑަން ވާދަކުރައްވަން ޖެހުނީ ވެސް ޓްރަމްޕާ އެވެ.

ނަމަވެސް، ރިޔާސީ ބަހުސް އަށް ފަހު، ބައިޑަންގެ ޤާބިލު ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައި، ޚާއްސަކޮށް ޑިމޮރަޓްސް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން، ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖޫން 2017

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް