Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބަރިސްތާ ރޮބޮޓް

ތާ އަބަދު ބަރިސްތާއިން ބަދަލުވެ ތަމްރީނު ދޭން ޖެހޭތީ އުނދަގޫވޭތަ؟ އެހެންވިއްޔާ އެޑަމް ހޯދާ!

ބަރިސްތާ ރޮބޮޓަށް ނަން ދީފައިވަނީ އެޑަމްގެ ނަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 10:32
ބަރިސްތާއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ރޮބޮޓް

ބަރިސްތާއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ރޮބޮޓް

ކޮފީއަކީ އެ ބުއިމަކަށް އެތައް ބަޔަކު ދެވި ހިފާފައިވާ ބުއިމެކޭ ބުނަމަކުން ދޮގަކަށް ނުވާނެއެވެ. އެތައް ބައެއްގެ ހިތުގައި ކޮފީއަށް ޖެހިފައި އޮންނަ ލޯތްބަކީ އާދައިގެ ލޯތްބެކޭވެސް ބުނެވޭކަށް ނެތެވެ. ކޮފީ ދެކެ ޙަޤީޤީ ލޯބި ވާ މީހުންނަކީ، ކޮންމެކޮންމެ ގޮތަކަށް ތައްޔާރު ކޮށްފައި ހުންނަ ކޮފީ ތައްޓަކަށް އިންސާފު ކުރާނެ ބައެއް ނޫނެވެ. ބައެއް ފަހަރު މީރު ކޮފީ ތައްޓެއްގެ އިންތިޒާރުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހިފައި އެބަހުއްޓެވެ. މީރު ކޮފީ ތައްޓެއްގެ ފަހަތުގައި ސައެންސްގެ ދައުރެއް އޮވެއެވެ. ކޮފީ މީރު ކުރަން އެ ހަނާ ކުރާ މިންވަރާއި، ދެން އެ ބުއިމަށް އެ އަޅާ އިތުރު ބާވަތްތަކާއި، ފެނުގެ ފިނިހޫނުމިނާ މިފަދަ އެތައް ކަމެއް ގުޅެނީ ސައެންސްއާއެވެ.

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން އިންޤިލާބީ ކުރިއެރުންތަކެއް ހޯދަމުން އަންނަ އަދުގެ ދުނިޔޭގައި ކޮފީއަށް ލޯބިކުރާ މީހުންނަށްވެސް އީޖާދީ ޙައްލެއް މި ވަނީ ހޯދައި ދީފައެވެ. ސައެންސްގެ ދުނިޔެއިން މިފަހަރު ތަޢާރަފު ކޮށްދިނީ ރޮބޮޓް ބަރިސްތާއެކެވެ. ނަމަކީ އެޑަމްއެވެ. އެޑަމްއަކީ މިހާތަނަށް މީހަކު ބޯނެ އެންމެ މީރު ކޮފީ ތައްޔާރުކޮށްދޭ ރޮބޮޓެކެވެ.

ރިޗްޓެކް ރޮބޮޓިކްސްގެ އުފެއްދުމެއް ކަމަށް ވާ އެޑަމްއަކީ 2 އަތް ލީ ރޮބޮޓެކެވެ. އެޑަމްއަކީ ކަސްޓަމަރުންނާ އެކި ގޮތް ގޮތަށް މުޢާމަލާތު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓް ބަރިސްތާއެކެވެ. ކަސްޓަމަރުން ބޭނުންވާ އެއްޗެއްގެ އޯޑަރުތައް ނަގައި، ކޮންމެ ފަދަ ބުއިމެއްވެސް އެޑަމްއަށް ތައްޔާރުކުރެވިދާނެއެވެ. އެޑަމް އަކީ ވަރުބަލިވާނެ ބަރިސްތާއެއް ނޫން ކަމަށްވެސްވެއެވެ.

ރިޗްޓެކް ރޮބޮޓިކްސްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ، ފުލް ޒޭންގް ބުނި ގޮތުގައި، ބުއިމެއް ތައްޔާރު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޤާބިލުކަން އެޑަމްއަށް ލިބިގެންވެއެވެ. އެގޮތުން ތަށިތަކަށް އައިސް އެޅުމާއި، ތަށިތައް ދޮވުން ފަދަ ކަންކަންވެސް އެޑަމްއަށް ކުރެވޭނެ ކަމަށް ފިލް ކިޔައިދިނެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ވަރުގަދަ ޝޯވގެ މަޤާމު ކަށަވަރުކޮށްފައިވާ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ މިއަހަރުގެ ޢަދަދުގައި، އެޑަމްގެ މަސައްކަތްތެރިކަން ހަމަލޮލުން ދެކިލުމުގެ ފުރުޞަތު އެބައޮތެވެ.

ކޮފީއާއި އެކި ކަހަލަ ބުއިންތައް ތައްޔާރު ކުރުމުގެ އިތުރަށް، އެޑަމްއަކީ އެކި ކަހަލަ ކާތަކެތިވެސް ތައްޔާރު ކުރުމުގެ ޤާބިލުކަން ލިބިފައި ވާ ރޮބޮޓެކެވެ. އެކަން ކުރަނީ އެޑަމްގެ ރޮބޮޓް އަތްތަކާއި، އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ތޫނިފިލިކަމުގެ ޓެކްނޮލޮޖީއާއި، ކެމެރާތަކާއި، މޫނުން އެއީ ކާކުކަން ދެނެގަންނަ ސޮފްޓްވެއަރ ނުވަތަ ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއަރ ބޭނުން ކޮށްގެންނެވެ.

އެޑަމް ފަރުމާކޮށްފައި ވަނީ ހަމަ އެކަނި ކާބޯތަކެތި އުފައްދާ، ބަދިގެ ތެރެ ސާފުކޮށް ނުވަތަ ކާބޯތަކެތި ޑެލިވަރ ކުރާ ރޮބޮޓެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ފިލް ޒޭންގް ބުނި ގޮތުގައި، އެޑަމްއަކީ ހުރި ގޮތަށް ހުރި ވިޔާރިއެކެވެ.

އެޑަމްގެ ބަރިސްތާ ހުނަރާ މެދު ކަސްޓަމަރުން ބުނަނީ ކީކޭތޯ ބަލަމާ ހިނގާށެވެ. ޢުމުރުން 37 އަހަރުގެ ޖޮން ގްރެގަރީއަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ މީހެކެވެ.

ޢުމުރުން 38 އަހަރުގެ އަރޫން ޕްރަސާދުގެ ފަރާތުންވެސް އެޑަމްއަށް ލިބުނީ ތަޢުރީފުގެ ބަސްތަކެކެވެ.

އިޚްލާސްތެރި މަސައްކަތްތެރިން ލިބުން ދަތިވެފައި އޮތް އަދުގެ ދުނިޔޭގައި، އެޑަމްއަކީ އެތައް ވިޔަފާރިވެރިންނަކަށް ހަމަޖެހުމުގެ ނޭވާއެއް ލާނެ ފުރުޞަތު ހޯދައިދޭނެ ބައިވެރިއަކަށް ވެދާނެއެވެ. އަވަސް އަވަހަށް މުވައްޒަފުން ރޯލުކޮށް، ތާ އަބަދުމެ އައު މުވާޒަފަކަށް ތަމްރީނު ދޭން ޖެހިފައި އޮންނަ އޮތުމުގެ ބޮލުގެ ރިހުމަށްވެސް ޙައްލު ހޯދައިދޭނެ ކަމެކެވެ. ނަމަވެސް، އެޑަމް ހޯދުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އެޑަމްއަކީ ފިސާރި އަގު ހުރި ރޮބޮޓެކެވެ. ކޮންމެ ޔުނިޓެއް އުޅެނީ 180000 އެމެރިކާ ޑޮލަރަށެވެ. އަދި ވަކިވަކި ވިޔަފާރިތަކަށް ބަލާ، އެ އަގަށްވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ރިޗްޓެކް ރޮބޮޓިކްސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

'ގުޑް ނިއުސް' ރިލީޒްކުރާ ތާރީހު ބަދަލުވެއްޖެ

'ގުޑް ނިއުސް' ރިލީޒްކުރާ ތާރީހު ބަދަލުވެއްޖެ

22 ޖެނުއަރީ 2019
ދީޕިކާއަށް ކިޔައިދޭން ރަންވީރު އެންމެ ބޭނުންވާ ލަވައަކީ ކޮބައިކަން އިނގޭތަ؟

ދީޕިކާއަށް ކިޔައިދޭން ރަންވީރު އެންމެ ބޭނުންވާ ލަވައަކީ ކޮބައިކަން އިނގޭތަ؟

29 އޮކްޓޯބަރު 2018
ޖާންވީ އަށް ލަވައެއް ކިޔައިދޭން ބެނުންވާ ކަމަށް ލަތާ ބުނެފި

ޖާންވީ އަށް ލަވައެއް ކިޔައިދޭން ބެނުންވާ ކަމަށް ލަތާ ބުނެފި

25 ޖުލައި 2018
ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018
ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން

ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން

10 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު