Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން މަސްދަޅު ބަހަން އުޅެނިކޮށް ސަރުކާރުން ހުއްޓުވައިފި

ސަރުކާރުން ރަމަޟާން މަހަށް ހިލޭ ބަހަން ނިންމި މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބެހުން މާލެ ސިޓީ ކައުންސިލަށް ވަނޚ މަނާކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2025 | ބުރާސްފަތި 14:24
މާލޭގެ ސިޓީ ކައުންސިލުން ސަރުކާރުގެ މަސްދަޅުތައް ބެހުމަށް ވަމުން ދިއަ ތައްޔާރީތައް މޭޔަރު އާދަމް އަޒިމް ބައްލަވާލެއްވުމުގެ ތެރެއިން

މާލޭގެ ސިޓީ ކައުންސިލުން ސަރުކާރުގެ މަސްދަޅުތައް ބެހުމަށް ވަމުން ދިއަ ތައްޔާރީތައް މޭޔަރު އާދަމް އަޒިމް ބައްލަވާލެއްވުމުގެ ތެރެއިން

އަންނަ ރަމަޟާން މަހަށް ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފަށަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް، މަސްދަޅު ކޭސްތައް ބެހުން ސަރުކާރުން އެ ކައުންސިލަށް މަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސަރުކާރުން އެގޮތަށް އަމަލުކުރީ މަސްދަޅު ކޭސްތައް ބެހުމަށް އެންމެ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް ވެ ނިމިފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލެއާއި ހުޅުމާލޭގައި ވެސް މަސްދަޅުތައް ބެހުމަށް ގިނަ ތައްޔާރީތަކެއް ސިޓީ ކައުންސިލުން ވެފައިވާ ކަމަށާއި މަސްދަޅުތައް ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގައި ވެފައި ހުރި ތައްޔާރީތައް ބައްލަވާލެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްވެސް ވަޑައިގެން ބައްލަވާލެއްވި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އަދި އޭގެ ފަހުން މަސްދަޅުތައް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަން އެނގޭގޮތަށް ޓްވީޓުގައި ޕޯސްޓެއްވެސް ކުރައްވާފައިވާ ކަމަށާއި އަދި އެ ޓްވީޓުގައި ވެސް އެއީ ރައީސް ޑރ، މުޙައްމަދު މުއިއްޒު ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ބަހާ މަސްދަޅުކޭސްތަކެއް ކަން އެނގޭ ގޮތަށް ލިޔެފައިވާނޭ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ރޭގެ އެންމެ ފަހުވަގުތާޖެހެންދެން ވެސް ކަންތައް ދިއައީ ރޭވިފައި އޮތް ގޮތަށް ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް މަސްދަޅު ކޭސްތައް ބަހަން ތައްޔާރުވެ، އިއުލާނު ވެސް ކޮށްފައި ވަނިކޮށް ކުއްލިއަކަށް ގުޅާފައި މަސްދަޅުކޭސްތައް ބަހާނީ އެސްޓީއޯ އިންކަމަށް ސަރުކާރުން އެންގިކަމަށެވެ.

އަދި މިފަދައިން ސަރުކާރުން އަމަލުކޮށް ކުރިން ރޭވިފައި އޮތް ގޮތާއި ޚިލާފަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް އެހެން ގޮތަކަށް ކުރަން ނިންމައި ގަޑި ބަދަލު ކުރުމަކީ ރައްޔިތުންނަށް ޖެއްސި ބޮޑު ތަކުލީފެއް ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ބެކްޑްރޮޕް ވެސް ހަރުކޮށް، ހުރިހާ ތައްޔާރީތަކެއްވެސް ވެ ނިމިފައި ހުރީ. މޭޔަރު ވެސް ވަޑައިގެނެވި އެތަނަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ކަންކަން ދިއައީ ވަރަށް ރަނގަޅަށް. ހުރިހާ ކަމެއް ގޯހުންގޯހަށް ދިއައީ މިއަދު ހެނދުނު އައި ފޯންކޯލަކުން. އެ ކޯލުގައި ބުނީ މަސްދަޅުކޭސްތައް ބަހާނީ ހަމަ އެކަނި އެސްޓީއޯ އިންކަމަށް. މިއީ ވަރަށް ދެރަކޮށް ސަރުކާރުން ކުރިކަމެއް.
މާލެ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރާ ގޮތަށް އޮތީ އެ މާލެ ސިޓީ ކައުންސިލާއި މިފްކޯގެ އިތުރުން އެސްޓީއޯ ގުޅިގެންނެވެ. ނަމަވެސް މަސްދަޅު ކޭސްތައް ސިޓީ ކައުންސިލުގެ އެއްވެސް ތަނަކުން ބަހައިގެން ނުވާނެ ކަމަށް އެންގީ ބުރާސްފަތު ދިވަހު ހެނދުނުއެވެ.

ސިޓީ ކައުންސިލުން ބުނީ ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އަދި މިއީ ސަރުކާރުން ރައްޔިތުންނަށް ޖެއްސި ބޮޑު ތަކުލީފެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފަށަން ކުރިން އިއުލާނު ކޮށްފައި އޮތީ ބުރާސްފަތި ދުވަހު މެންދުރުފަހު 2:30 ގައި މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކުއްލިއަކަށް އެކަން ބަދަލުކޮށް، މަސްދަޅު ކޭސްތައް ބަހަން ފަށާ ގަޑި މިހާރު ވަނީ ރޭގަނޑު 8:30 އަށް ބަދަލުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ، ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ފެށިގެން އެ ރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.

މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތަންތަނަކީ މިފްކޯގެ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް،ވިލިމާލެ، ވެމްކޯ ސައިޓް އަދި ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގެ އިތުރުން ހިޔާ ޓަވަރު 10، ޔޫތު ސެންޓަރުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ މަސް ދަޅު ބެހުން ކުރިއަށް ގެންދާއިރު، ހުކުރު ދުވަހު މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ. ދެން މަސްދަޅު ބެހުން ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްދަޅު ބަހާނީ މެންދުރު ފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެކަންކަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.

ރޯދަ މަހަށް ހާއްސަކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު