Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ ދިފާއީ ބާރު

އެންމެ ޒަމާނީ ވަސީލަތްތައްވެސް ޖޭމް ކުރުމުގެ ޤާބިލުކަން އެބަހުރި: ޗީފް އޮފް ޑިފެންސް

މެއި 6 ޙަމަލާގައި ރާއްޖެއިންވެސް އެ ނުރައްކާތެރިކަން ތަޖުރިބާ ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖުލައި 2022 | ބުދަ 07:18
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އެންމެ ޒަމާނީ ވަސީލަތްތައްވެސް ޖޭމް ކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި އެބަހުރިކަމަށް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހު ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝަމާލް ވިދާޅުވީ، "ކްރޮސް-ބޯޑަރ" ޓެރަރިޒަމަކީ މިހާރު އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. އެއީ ހުރިހާ ޤައުމެއްގެ ސަލާމަތީ މުއައްސަސާތަކަށްވެސް އޮތް އެންމެ ބޮޑު އެއް ނުރައްކާކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، މެއި 6 ޙަމަލާގައި ރާއްޖެއިންވެސް އެ ނުރައްކާތެރިކަން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ޤައުމީ ދިފާއީ ބާރަށް އޮންނަ މަސްއޫލިއްޔަތަކީ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ޓެރަރިޒަމްގެ ކުށްތައް މަދު ކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަހަލަ "ޕްރިވެންޓިވް" މަސައްކަތްތައްވެސް ކުރަންޖެހޭކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. އެ މަސައްކަތްތަކަށް ބޭނުންވާ ޤާބިލުކަން އިތުރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް އިތުރަށް ވިދާޅުވީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސަސް (އައިއީޑީ) ފަދަ ހަތިޔާރާއި ގުޅޭ ތަމްރީނުތައް ދިނުމާއި، އެފަދަ ޙާލަތްތަކުގައި ނުކުންނަ ޓީމުތަކަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ޓެރަރިޒަމްގެ ޙަމަލާއަކަށް ކުރިމަތިލުމަށްޓަކައި މިހާރު އެތައް ގުނައަކަށް ސިފައިންގެ ޤާބިލުކަން އިތުރު ކުރެވިފައިވާ ކަމަށެވެ. މިހާރު އެ މަސައްކަތްތަކަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރުތައްވެސް ހޯދާފައިވާކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.

ޤައުމީ ދިފާއީ ބާރުގެ ޤާބިލުކަން އިތުރު ކުރެއްވުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ޝަމާލް ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ،

 ޝަމާލް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ އެންމެ އިސް އޮޕަރޭޝަނަލް ސަރވިސްއަކީ ކޯސްޓްގާޑްކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ނިސްބަތުން އެހެން ގައުމުތަކާއި އަޅައިބަލާއިރު ކުޑަ ބާރެއް ކަމުގައިވިޔަސް, ދައުރު ވަރަށް ފުޅާކަމަށް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު