Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ދިފާއީ ބާރު

ދިވެހި ދިފާއީ ބާރު ކުޑަނަމަވެސް، ދައުރު ވަރަށް ފުޅާ – ޝަމާލް

ރާއްޖޭގައި ގައުމީ ދިފާއީ ބާރުގައި މަދަނީ ދިފާއު ވަރަށް ބޮޑަށް އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2022 | އަންގާރަ 14:10
ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލްއާއި ވައިސް ޗީފް އަބްދުއްރަހީމް

ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލްއާއި ވައިސް ޗީފް އަބްދުއްރަހީމް

އެހެން ގައުމުތަކާއި އަޅައިބަލާއިރު، ދިވެހި ދިފާއީ ބާރަކީ ކުޑަ ބާރެއް ކަމަށާއި، އެހެންނަމަވެސް ދިވެހި ދިފާއީ ބާރުގެ ދައުރު ވަރަށް ފުޅާކަމަށް ޗީފް އޮފް ޑިފެންސްފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިހެން ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ކުރިއަށް ގެންދާ ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝަމާލް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ އެންމެ އިސް އޮޕަރޭޝަނަލް ސަރވިސްއަކީ ކޯސްޓްގާޑްކަމަށެވެ. ގައުމީ ދިފާއީ ބާރުގެ ސްޓްރަކްޗަރ ނުވަތަ ރޯލުތަކަށް ބަލާއިރު، އެހެން ގައުމުތަކުގެ ދިފާއީ ބާރާ ވަރަށް ތަފާތުކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ނިސްބަތުން އެހެން ގައުމުތަކާއި އަޅައިބަލާއިރު ކުޑަ ބާރެއް ކަމުގައިވިޔަސް, ދައުރު ވަރަށް ފުޅާކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަދަނީ ދިފާއު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ނޭވީއެއްގައި ބޭރުގައުމުތަކުގައި ބޯޑަރު ބެލެހެއްޓުމަށް ކަނޑުގެ އެންމެ ބްރައުން ވޯޓާ ހަމައަށް ދާ ކަމަށާއި، ނަމަވެސް ރާއްޖޭގައި ކޯސްޓްގާޑަކީ މެރިޓައިމް ސެކިއުރިޓީއާއި ޑިފެންސްގެ ރޯލުވެސް އަދާކުރާ ޚިދުމަތް ކަމަށެވެ. ހަމައެއާއެކު ކަނޑުމަތީގައި ގާނޫނުތައް ތަންފީޒުކުރުމުގެ ދައުރުވެސް އޮތީ ކޯސްޓްގާޑަށް ކަމަށް ޝަމާލް ވިދާޅުވިއެވެ.  

ޝަމާލް ވިދާޅުވީ ކޯސްޓްގާޑް ފުޅާކުރުމަކީ ދިފާއީބާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އިތުރު ވަސީލަތްތައް ހޯދުމާއި އިތުރު ޕްލެޓްފޯމް ހޯދުން މީގައި ހިމެނޭ ކަމަށާއި، މީގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ބޭނުންކުރާނެ އުޅަނދު ހޯދުމާއި، އިންފްރާސްޓްރަކްޗަރއާއި މީހުން ބިނާކުރުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. މިދިޔަ 2 އަހަރެއްހާ ދުވަހެއްގެ ތެރޭގައި ކޯސްޓްގާޑުގެ ފްލީޓަށް ކޯސްޓްގާޑް ޝިޕް ކާމިޔާބު އިތުރުކުރެވިފައިވާކަންވެސް ޝަމާލް ފާހަގަކުރެއްވިއެވެ.  

ކަވަރޭޖުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ 99.7 އިންސައްތައަކީ ކަނޑުކަމަށެވެ. އަދި ކަނޑުގެ ސަރަހައްދަކީ މި ގައުމުގެ މިނިވަންކަމަށް ބަލާއިރު އެންމެ މުހިންމު ކަމަށް ބަލަންޖެހޭ ތަންކަމަށެވެ. އެހެންގައުމުތަކާ ޚިލާފަށް ރާއްޖޭގައި ލޭންޑް ބޯޑަރެއް ނެތް ކަމަށާއި، އެހެންކަމުން އަވައްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި ގައުމުގެ ސަލާމަތްތެރިކަން އިތުރުކުރުމަށް ކޯސްޓްގާޑު ތަރައްގީކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްމިނިސްޓްރީ އޮފް ޑިފެންސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު