Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭވިއޭޝަން ސެކިޔުރިޓީ

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް އެމްއެންޑީއެފް އޮފިސަރުން ތަމްރީނު ކުރަނީ

އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 07:04
އޭވިއޭޝަން ސެކިޔުރިޓީ ކޯހަކަށް އެމްއެންޑީއެފްގެ 4 އޮފިސަރަކު ޔޫކޭއަށް

އޭވިއޭޝަން ސެކިޔުރިޓީ ކޯހަކަށް އެމްއެންޑީއެފްގެ 4 އޮފިސަރަކު ޔޫކޭއަށް

އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 26 ޖުލައި އިން 03 އޮގަސްޓް 2022 އަށް އިނގިރޭސި ވިލާތުގައި ކުރިޔަށްގެންދާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އެ މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ 4 މުވައްޒަފުން އިނގިރޭސި ވިލާތަށް ދިޔުމަށް ފުރައިފިއެވެ.

ކޯހުގެ ހުރިހާ ހަރަދެއް ވެސް އިނގިރޭސި ވިލާތުން ހަމަޖައްސާފައިވާއިރު، މިކޯހަކީ ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު ޤާއިމުކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމްގެ ސިޔާސަތުތައް ކަނޑައަޅާ އެ ނިޒާމް ތަންފީޒް ކުރަމުންދާ މިންވަރު ދެނެގަތުމުގެ ޒިންމާ އަދާކުރުމުގައި ޝާމިލްވާ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ވައިގެ ދަތުރު ފަތުރާއި ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް މުވައްޒަފުން ތަމްރީން ކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދެވޭ ތަމްރީން ކޯހެކެވެ.

Advertisement - newsAdvertisement

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހަކީ ގައުމުތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒް ކުރުމަށް ޒިންމާކުރެވިފައިވާ މުވައްސަސާތަކުން އެއަރޕޯރޓްތަކުގައި ދެމުންދާ ހިދުމަތުގެ ތެރެއިން އޭވިއޭޝަން ސެކިޔުރިޓީ ހަރަކާތްތައް ތަންފީޒް ކުރަމުންދާ މިންވަރު ބަލާ، ކަންކަން އިސްލާހު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންޓަރނެޝަނަލް ބެސްޓް ޕްރެކްޓިސް ކޯހުގެ ބައިވެރިންނަށް ބުނެދެވޭނެ ގޮތަށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ފަރުމާކޮށްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ތަފާތު އެހީތެރިކަން ފޯރޮކޮށް ދެމުން ގޮސްފައިވެއެވެ. މި ގޮތުން މި މަސައްކަތުގައި ބޭނުން ކުރާނެ 10 އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިން ހަދިޔާ ކުރުމާއި، އެއަރޕޯރޓްގެ ސަލާމަތީ ރައްކާތެރި ކުރުމުގެ މަސައްކަތް ތަންފީޒް ކުރުމުގެ ޒިންމާ އަދާކުރާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން އެއަރޕޯރޓް ހިންގާ ފަރާތުގެ ސެކިޔުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދެމުން ގެންދެއެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި އިނގިރޭސި ވިލާތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސް އޮފިޝަލުންގެ މެދުގައި 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވުނު ބައްދަލުވުމަށްފަހު އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަން އާއި ދިވެހި ރާއްޖެއާއި ދެމެދު ޤާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން 2023 އަދި 2024 ގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައް ހިމެނޭ ޖޮއިންޓް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާޢި އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން މިހާރު ކުރެވެމުން އެބަދެއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު