Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދިމިޝްކުގައި ކުރިއަށްދާ މިއުޒިކް ޝޯވ

ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް

ޓިކެޓް ވިއްކަން އިއުލާން ކުރުމާއެކު، 4 ޝޯވގެ ތެރެއިން 2 ޝޯވ ހައުސް ފުލްވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 07:09
ޝޯގައި ލަވަ ހުށަހަޅައިދޭ ޒައިތޫންގެ އުއްމީދަކީ އެ ޝޯގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ ހިތްތަކުގައި އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިއުން

ޝޯގައި ލަވަ ހުށަހަޅައިދޭ ޒައިތޫންގެ އުއްމީދަކީ އެ ޝޯގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ ހިތްތަކުގައި އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިއުން

ހުޅަނގުގެ ޑިމޮކްރަސީގެ ރާޅުބާނީ އުފެދުނު އަރަބި ބަހާރުގެ ތެރެއިން މަސްރަހު އެންމެ ހަލަބޮލިވި އެއް ގައުމަކީ ސޫރިޔާއޭ ދެންނެވުމުން ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެ ގައުމުގެ ސަރުކާރާ ދެކޮޅަށް، މާޗް 15، 2011 ވަނަ ފެށި ސުލްހަވެރި ހަރަކާތް، މުޒާހަރާ އަކަށް ބަދަލުވެ، އެންމެ ފަހުން ވަރުގަދަ ހަނގުރާމައަކަށްވެސް ބަދަލުވީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލަބަލާ އޮއްވައެވެ. ދާހިލީ ހަނގުރާމައެކޭ ކީ ކަމުގައިވީ ނަމަވެސް، ސޫރިޔާގެ ފަސްގަނޑުގައި ހަނގުރާމަ ކުރުމަށް ބައިވެރި ނުވާ ނަސްލެއް ނުވަތަ އަސްލެއް ނެތޭވެސް ދެންނެވިދާނެއެވެ. ބޮމާއި ބަޑީގެ ހަމަލާތަކުން މުޅި ގައުމު ގުގުމުން ދިޔައެވެ.

ހަނގުރާމައިގެ ވޭންވަރު ފިލާ ނުދަނީސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ރިހުންގަނޑާ ކުރިމަތިލާން ޖެހުނެވެ.

ނަމަވެސް، މިހާރު އެ ހަނގުރާމައަށް ޒާތެއްގެ ނިމުމެއް އައިސް، އާންމު ދިރިއުޅުމުގެ ކަންކަމައިގެން އުޅެވޭ ވަރު ވަނީ ވާން ފަށާފައެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްކުގެ މަގުތަކަށް ބަލާލުމުން އެކަން ހާމަވެއެވެ. ހޫނު މޫސުމުގެ މިއުޒިކީ ކޮންސެޓްތައް އަލުން ބާއްވަން ފަށައިފިއެވެ. ބަލަން ވަންނަ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

4 ދުވަހުގެ މުއްދަތަށް ދިމިޝްކުގައި މިހާރު ކުރިއަށް ގެންދާ މިއުޒިކް ޝޯވއަކީ، އަވަށްޓެރި ލުބްނާނާއި އިރާޤުންވެސް މިއުޒިކީ ފަންނާނުން ޒިޔާރަތްކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ.

ޝޯވގައި ލަވަ ހުށަހަޅާދޭ އެކަކީ، ސޫރިޔާގެ ލަވަކިއުންތެރިޔާ ނާސިފް ޒައިތޫންއެވެ. ޒައިތޫންގެ އުއްމީދަކީ، އެ ޝޯވގެ ސަބަބުން، ސޫރިޔާގެ ރައްޔިތުންގެ ހިތްތަކުގައި އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިއުމެވެ.

މި ދުވަސްވަރަކީ ސޫރިޔާއަށްވެސް އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ޝޯވގެ ޓިކެޓްތަކުގެ އަގު ކަނޑައެޅުމުގައިވެސް އެކަމަށް ވިސްނި ކަމަށް، މީޑިއާ ކޯޑިނޭޓަރު ނޫރު ޝައްތީ ބުންޏެވެ.

ޓިކެޓް ވިއްކަން އިއުލާން ކުރުމާއެކު، 4 ޝޯވގެ ތެރެއިން 2 ޝޯވ ހައުސްފުލްވިއެވެ. ޝޯވ ބަލަން ވަތް މީހަކު ބުނި ގޮތުގައި އަގުތަކަކީ ގަބޫލު ކުރެވޭ ފަދަ އަގުތަކެކެވެ. ވީއައިޕީ ގޮނޑިބަރީގެ ޓިކެޓެއް، ގާތްގަނޑަކަށް 38 ޑޮލަރަށް ހުރި އިރު، އެހެން ޓިކެޓްތަކުގެ އަގު އުޅެނީ 7 ޑޮލަރާއި 9 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

މިއުޒިކް ފެސްޓިވަލްސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު