Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާއިން މެސީ ދޫކޮށްލުން

ލަޕޯޓާގެ އުންމީދަކީ މެސީ އަލުން އަނބުރާ ބާސެލޯނާއަށް އައުން

ލަޕޯޓާ ބުނީ އޭނާގެ ނަޒަރުގައި ބާސެލޯނާއާއެކު މެސީ ލިޔަމުން ދިޔަ ޞަފްހާތައް އަދި ނުނިމޭކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 05:47
ލަޕޯޓާ އަދި މެސީ

ލަޕޯޓާ އަދި މެސީ

ލިއޮނަލް މެސީ އަލުން އަނބުރާ ބާސެލޯނާއަށް އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެ ޓީމުގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.

ބާސެލޯނާގައި ކާމިޔާބު 17 ސީޒަން ހޭދަކުރުމަށް މެސީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ބާސާއިން މެސީ ދޫކޮށްލީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން އޭނާގެ އެއްބަސްވުން އައު ނުކުރެވުމުންނެވެ.

އީއެސްޕީއެންގެ އެނަލިސްޓަކަށް ދިން އިންޓަވިޔުއެއްގައި ލަޕޯޓާ ބުނީ އޭނާގެ ނަޒަރުގައި ބާސެލޯނާއާއެކު މެސީ ލިޔަމުން ދިޔަ ޞަފްހާތައް އަދި ނުނިމޭ ކަމަށެވެ. އަދި އަލުން ބާސެލޯނާއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ މެސީ ޓީމު ދޫކޮށްލަން ޖެހުނު ގޮތަށްވުރެ، ރީތިކޮށް އެކަން ކުރިއަށް ގެންދެވޭތޯ ޔަޤީންކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ލަޕޯޓާ ވަނީ މެސީއާ މެދު ކަންތައް ވެގެންދިޔަ ގޮތުން ބާސެލޯނާގެ ރައީސްގެ ހައިސިއްޔަތުން އެކަމާ ދެރަވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާ ދޭކޮށްލަން މެސީއަށް ޖެހުމަކީ އެއްވެސް މީހަކަށް ޤަބޫލު ކުރެވުނު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ކަންކަން ފުރިހަަމައަށް ގެންދަން ބާސެލޯނާއަށް ކުޑަކޮށް ވެސް ވަގުތު ކޮޅެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެ މެސީ ވަނީ އެ ޓީމަށް ކުޅެދިން 34 މެޗުގައި 11 ލަނޑު ޖަހާފައެވެ. ޕީއެސްޖީއާއެކު މެސީ ވަނީ ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ.

ބާސެލޯނާޖޮއާން ލަޕޯޓާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު