Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ޗެމްޕިއަންޝިޕް

ހިމްޔާންގެ ނަޒަރުގައި ބޮޑީބިލްޑިންއަކީ ކެރިއަރެއްގެ ގޮތުގައި ކުރިއަށްދާން ރަނގަޅު ކުޅިވަރެއް

ހިމްޔާން ވަނީ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އެތުލެޓިކް ފިޒިކް 175 ސީއެމްގައި ވާދަކޮށް ރަން މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 03:38
ރާއްޖެއަށް ރަން މެޑަލް ހޯދި ހިމްޔާން

ރާއްޖެއަށް ރަން މެޑަލް ހޯދި ހިމްޔާން

ބޮޑީ ބިލްޑިންއަކީ ކެރިއަރެއްގެ ގޮތުގައި ކުރިއަށްދާން ރަނގަޅު ކުޅިވަރެއް ކަމަށް ޙުސެއިން ހިމްޔާން ބުނެފިއެވެ.

ހިމްޔާންއަކީ ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އެތުލެޓިކް ފިޒިކް 175 ސީއެމްގައި ވާދަކޮށް ރަން މެޑަލް ހޯދި އެތުލީޓެވެ. ހިމްޔާން ވަނީ މީގެ ކުރިން މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. އެއީ ޤައުމީ ޓީމުގައި ހިމެނިގެން އޭނާ ވާދަކުރި ފުރަތަމަ މުބާރާތެވެ.

ޒުވާން ހިމްޔާންގެ ނަޒަރުގައި ބޮޑީ ބިލްޑިންއަކީ ފުރުސަތުތަކެއް އޮތް ކުރިއަށް ދެވިދާނެ ކުޅިވަރެކެވެ. އޭނާ ބުނީ އަރަމުން އަންނަ ޒުވާން އެތުލީޓުންނާއި ކުދިިންނަށް ވެސް އޭނާ ބުނަން ބޭނުންވާ ވާހަކައަކީ އެއީ ކަމަށެވެ. ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދާން ބެލި ނަމަވެސް ބޮޑީ ބިލްޑިންއަކީ ރަނގަޅު ކުޅިވަރެއްކަމަށެވެ.

ޖުމުލަ 15 އެތުލީޓުން ވާދަކުރި ކެޓަގަރީގެ އެއްވަނަ ހިމްޔާން ހޯދީ އެހެން ހުރިހާ ޤައުމުތަކެއްގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހުއެވެ. ފައިނަލްގައި އޭނާ ވާދަކުރީ އިރާގު، އިންޑޮނޭޝިއާ، ވިއެޓްނާމް، އުޒްބެކިސްތާން، އިންޑިއާ އަދި އީރާންގެ އެތުލީޓުންނާއެވެ. މިއީ އެމުބާރާތުގައި ރާއްޖެއިން ހޯދި ތިންވަނަ ރަން މެޑަލްއެވެ.

ރަން މެޑަލް ކާމިޔާބުކުރެވުމުން އެކަން ހިމްޔާން ސިފަކުރީ އޭނާއާއި ރާއްޖޭގެ އެހެން އެތުލީޓުންގެ އިތުރުން މުޅި ޤައުމަށް ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ.

ރާއްޖޭގައި ބޮޑީ ބިލްޑިންގެ ބައިނަލްއަޤުވާމީ މުބާރާތެއް ބާއްވާތީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޓްރެއިނިން އާއި ޑައިޓް ވެސް އުނދަގޫކަން ފާހަގަކުރަމުން ހިމްޔާން ބުނީ، ރަނގަޅު ކާމިޔާބެއް ހޯދުނީ އެހެންވެ ކަމަށެވެ. އެގޮތުން އައު ކޯޗާއެކު ޓްރެއިނިން ޝެޑިއުލަށް ބޮޑު ބަދަލެއް އައިކަން ފާހަގަކޮށް ހިމްޔާން ބުނީ، ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަށް ބަހައިގެން ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އެހެންކަމުން މިފަހަރުގެ ޓްރެއިނިން އަކީ މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ އުނދަގޫ، އަދި އެންމެ ކާމިޔާބު ޓްރެއިނިން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ހިމްޔާން ބުނީ ދިވެހި އެތުލީޓުންނަށް އެންމެ އުނދަގޫ ވަނީ ހަށިގަނޑު އުފެދުމުގައި ކަމަށެވެ. އެކަން އެގޮތަށް އޮތް ނަމަވެސް، ފައިނަލް ފިނިޝިން ރަނގަޅަށް ނިންމާލެވޭ ނަމަ، ދިވެހި އެތުލީޓުންނާ އެހެން ޤައުމުތަކުގެ އެތުލީޓުންނާމެދު މާބޮޑު ތަފާތެއް ނޯންނާނެ ކަމަށް ހިމްޔާން ބުންޏެވެ. އަދި މިއަހަރުގެ މުބާރާތުގައި އެކަން ފެނުނުކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހިމްޔާން ބުނީ މިއަހަރުގެ މުބާރާތުގައި ލިބުނު ރަން މެޑަލްއާއެކު ކުރިއަށް އޮތް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދަން ޖެހޭ ޓްރެއިނިންތަކާއި ޑައިޓް ކުރިއަށް ގެންދާނެ ގޮތް ޕްލޭން ކުރެވިފައިވާ ކަމަށާއި ރާއްޖޭގައި ބޭއްވި ބޮޑީ ބިލްޑިންގެ މުބާރާތަށްފަހު، ކުރިއަށް އޮތް މުބާރާތުގެ ޓްރެއިނިންތައް ފެށިގެން ދާނެ ކަމަށް ހިމްޔާން ބުންޏެވެ.

ހުސެއިން ހިމްޔާން އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ޕީއެންސީ މެންބަރު އިމްރާން ކޮމިޓީ ރޫމުގެ މައިކު އިންތަނުން އުފުރާލައި ގެއްލުންދީފި

15 ސެޕްޓެމްބަރު 2025
ޕީއެންސީ މެންބަރު އިމްރާން ކޮމިޓީ ރޫމުގެ މައިކު އިންތަނުން އުފުރާލައި ގެއްލުންދީފި
24 ޖުލައި 2022

މޯޑު ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަން

24 ޖުލައި 2022
މޯޑު ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަން
23 ޖުލައި 2022

ބޮޑީބިލްޑިންގ ގައި ރަން މެޑަލް ހޯދި އަޒްނީން އަށް ވިލިނގިލިން ހޫނު މަރުޙަބާއެއް

23 ޖުލައި 2022
ބޮޑީބިލްޑިންގ ގައި ރަން މެޑަލް ހޯދި އަޒްނީން އަށް ވިލިނގިލިން ހޫނު މަރުޙަބާއެއް
17 ޖުލައި 2022

ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް

17 ޖުލައި 2022
ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް
17 ޖުލައި 2022

ރާއްޖޭގައި މުބާރާތް ހޯސްޓުކުރުމުގެ މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އަމިއްލަ ޤައުމުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން: މިނިސްޓަރު މަޚްލޫފް

17 ޖުލައި 2022
ރާއްޖޭގައި މުބާރާތް ހޯސްޓުކުރުމުގެ މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އަމިއްލަ ޤައުމުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން: މިނިސްޓަރު މަޚްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު