Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މުދަލަށް ގެއްލުން ދިނުން

ޕީއެންސީ މެންބަރު އިމްރާން ކޮމިޓީ ރޫމުގެ މައިކު އިންތަނުން އުފުރާލައި ގެއްލުންދީފި

އިމްރާން މައިކަށް ގެއްލުން ދިނީ ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު މައިކުން ވާހަކަ ދައްކަން އުޅުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ސެޕްޓެމްބަރު 2025 | ހޯމަ 20:05
Your browser does not support the video tag.
0:00 / 0:00

މެންބަރު އިމްރާން މައިކަށް ގެއްލުން ދެނީ

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލު ދިރާސާކުރި ކޮމިޓީ ރޫމުގައި އިން މައިކަކަށް ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު ގެއްލުން ދީފިއެވެ.

ސަރުކާރުން އަޑީގައި އޮވެގެން އަމިއްލަ މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލުގެ މަސައްކަތް ކުރަމުންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަދެ މެންބަރު އިމްރާނު ވަނީ މައިކު އިންތަނުން ލުއްސާލާ ވާގަނޑު ދަމައިގަނެ އެއްލާލާފައެވެ. އިމްރާން މައިކަށް ގެއްލުން ދިނީ އެވަގުތު ކޮމިޓީ ހޯލުގައި އިންނެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއާއި ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރު މައިކުން ވާހަކަ ދައްކަވަން އުޅުމުންނެވެ.

Advertisement - newsAdvertisement

އެއިރު ބިލާ ދެކޮޅަށް އެމްޑީޕީގެ މެންބަރުންނާއި ކޮމިޓީގައި ތިބި ނޫސްވެރިން ދިޔައީ އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މައިކު ދެފަރަތާކަށް ދަމަމުން ގޮސް މެންބަރު އިމްރާން ވަނީ މައިކް ވާގަނޑު އިންތަނުން ލުއްސާލާ މޭޒު ދަށަށް މައިކް އެއްލާލާފައެވެ.

މަޖިލީހުގެ މުދަލަށް ގެއްލުން ދިނުމަކީ ކުށެކެވެ. އަދި މިއީ ސުލޫކީ މައްސަލައެއް ގޮތުގައި ބެލޭނެ މައްސަލައެކެވެ.

ހުސެއިން ހިމްޔާން ހަންނާން އަބޫބަކުރުމިނިވަން މީޑިއާ ބިލުމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމަޖިލީސްޕީއެންސީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
30 ނޮވެމްބަރު 2025

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު