Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަފްޣާނިސްތާނުގެ އިގުތިސާދީ ހާލަތު

އަފްޣާނިސްތާން: ބައިނަލްއަގުވާމީ އެކަހެރި ކަމާއެކު އާލަމީ ފަގީރުކަމުގައި

24 ޖުލައި 2022 | އާދީއްތަ 06:18

އދގެ އަންދާޒާތަކަށް ބަލާއިރު އަފްޣާނިސްތާނުގެ އާބާދީގެ 95 ޕަސެންޓް މީހުންނަށް ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 ޖުލައި 2022 | އާދީއްތަ 06:18
އަފްޣާނިސްތާނުގައި "އާލަމީ" އިންތިހާ ފަގީރުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތްކަން އދއިން ފާހަގަކުރޭ

އަފްޣާނިސްތާނުގައި "އާލަމީ" އިންތިހާ ފަގީރުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތްކަން އދއިން ފާހަގަކުރޭ

ބައިނަލްއަގުވާމީ މުޖުތަމައުން އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރަމުން ދަނީ އެ ގައުމުގެ ކޮންޓްރޯލްގައި، ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޖަމާއަތެއް އޮތުމުން ކަމަށް ބުނެއެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ރަށްވެހިން ބުނާ ގޮތުގައި އެ ފިޔަޅުތަކާއެކު ކުރިމަތިލާން ޖެހިފައިވަނީ މާބޮޑު ތަކުލީފަކާއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދު އިނދަޖެހެމުންދާ ވަރަކަށް، އިންތިހާ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިގެން ދަނީ އާންމު ރައްޔިތުން ކަމަށް، ކާބުލްގެ ރަށްވެހިން ފާހަގަކުރެއެވެ.

އދގެ އަންދާޒާތަކަށް ބަލާއިރު އަފްޣާނިސްތާނުގެ އާބާދީގެ 95 އިންސައްތަ މީހުންނަށް ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައެވެ. އަދި، މުޅި އާބަދީގެ 2 ބައިކުޅަ 1 ބައި މީހުންނަށް ވަނީ އިންތިހާ ބަނޑުހައިހޫނުކަމާވެސް ކުރިމަތިލާން ޖެހިފައެވެ.

ހަމަޖެހުމާއި ސަލާމަތްތެރިކަން އޮތެއް ކަމަކު، ހުރިހާ ކަމެއް ފުރިހަމަ ވީ ނޫން ކަން، ކާބުލްގެ ރަށްވެހިންގެ ވާހަކަތަކުން އެނގިގެން ދެއެވެ.

އޯގަސްޓް 2021ގައި ތާލިބާން ޖަމާއަތުން ކޮންޓްރޯލް ނެގި އަފްޣާނިސްތާނުގެ ގިނަ ރައްޔިތުންގެ ޝަކުވާއަކީވެސް ހަމަ އެއީއެވެ.

ފާއިތުވީ 20 އަކަށް އަހަރު ދުވަހު، އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަތްގަދަކޮށްގެން އުޅުނު ދުވަސްވަރު، އެ ގައުމުގެ އިގުތިސާދުގެ 80 އިންސައްތަ ހިއްސާ ކުރީ ބޭރުގެ ފަންޑުންނެވެ. ނަމަވެސް މިދިޔަ އަހަރު ކުއްލި ގޮތަކަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމާ އެކުގައިހެން އެ އެހީ ހުއްޓުމަކަށް އައެވެ. އިނދަޖެހެމުން ދިޔަ އަފްޣާނިސްތާނުގެ އިގުތިސާދު، ބައިނަލްއަގުވާމީ ވިއުގާއިން މުޅުން ވަކިކޮށްލެވުނެވެ.

އެމެރިކާ ޑޮލަރު އަފްޣާނިސްތާނަށް ޓްރާންސްފާ ކުރުން ވަގުތުން ވަގުތަށް މަނާ ކުރިއެވެ. އަފްޣާނިސްތާނުގެ އަމިއްލަ ފައިސާ ޖެހުން ހުއްޓުމަކަށް ގެނައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު މާލީ މުއާމަލާތްތަކެއް ކުރާ ނިޒާމް ނުވަތަ ސޮސައިޓީ ފޮ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (ސްވިފްޓް) އިން އަފްޣާނިސްތާނު ވަކިކޮށްލިއެވެ. ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ސްވިފްޓްއިންނެވެ.

ބައިނަލްއަގުވާމީ މައިދާނުގައި އަފްޣާނިސްތާނުގެ އިގުތިސާދު އެކަހެރި ކޮށްފައި އޮތް އޮތުމަށް ކައިރި މުސްތަގުބަލެއްގައި ބަދަލެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ. އަފްޣާނިސްތާނުގައި "އާލަމީ" އިންތިހާ ފަގީރުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތްކަން އދއިން ފާހަގަ ކުރެއެވެ. ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ އިންތިހާ ފަގީރުކަމުގެ މިންގަނޑަކީ، ދުވާލެއްގެ މައްޗަށް 1.9 އެމެރިކާ ޑޮލަރު ނުޖެހުން ކަމަށް ވާ އިރު، އެ ހާލަތަށް ވުރެ ދަށުގައި މި އަހަރު އަފްޣާނިސްތާނުގެ 97 އިންސައްތަ މީހުން ދިރިއުޅޭނެ ކަމަށް އދއިން އަންދާޒާ ކުރެއެވެ.

އަފްޣާނިސްތާންއަފްގާނިސްތާނުގެ އިގުތިސޯދީ އެކަހެރިކަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް