Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިބާލާ ރޯމާއަށް ބަދަލުވުން

ރޮނާލްޑޯގެ ރެކޯޑެއް ޑިބާލާ މުގުރާލައިފި

ޑިބާލާ މުގުރާލާފައިވަނީ ރޮނާލްޑޯ ހަދާފައިވާ އިޓަލީގައި އެންމެ ގިނައިން ޖަރޒީ ވިކުނު ކުޅުންތެރިޔާގެ ރެކޯޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2022 | ހޮނިހިރު 19:16
ޕައުލޯ ޑިބާލާ

ޕައުލޯ ޑިބާލާ

އިޓަލީގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑެއް އާޖެންޓީނާގެ ޕައުލޯ ޑިބާލާ މުގުރާލައިފިއެވެ.

ޑިބާލާ ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސް ދޫކޮށް ރޯމާއަށް ދާދި ފަހުން ބަދަލުވެފައެވެ. އެއާއެކު އޭނާ މުގުރާލާފައިވަނީ މީގެ ކުރިން ރެއާލް މެޑްރިޑު ދޫކޮށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީއިރު އޭނާ ހަދާފައިވާ އެންމެ ގިނަ ޖަރޒީ ވިކުނު ރެކޯޑެވެ. އިޓަލީގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި ރޯމާއިން ޑީބާލާ ހޯދުމާއެކު، އޭނާގެ ޖަރޒީ ބާރު މިނެއްގައި ވަނީ އިޓަލީގައި ވިކިފައިކަމަށެވެ.

ޑިބާލާ ވަނީ މީގެ ކުރިން ރޮނާލްޑޯއާއިއެކު ޔުވެންޓަސްއަށް ކުޅެފައެވެ. އޭގެ ފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެފައެވެ. ނިމުނު ސީޒަނުގެ ނިޔަލަށް ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޑިބާލާ ވެސް ވަނީ ޓީމު ދޫކޮށްލަން ނިންމާފައެވެ. އެއަށްފަހު އޭނާ ވަނީ ހިލޭ ޓްރާންސްފާއެއްގައި ރޯމާއަށް ބަދަލުވެފައެވެ.

އިޓަލީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޯމާއިން ޑިބާލާ ހޯދިކަން ރަސްމީކޮށް އިއުލާން ކުރުމާއެކު، އޭނާގެ ޖަރޒީ ގަންނަ ނިސްބަތް ވަނީ އިތުރުވެފައެވެ. އެއީ 2018 ވަނަ އަހަރު ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވި އިރު، އޭނާގެ ޖަރޒީ ވިކުނު އަދަދެއްވުރެ ބޮޑު އަދަދެއް ކަމަށް ރިޕޯޓުގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ޑިބާލާގެ ޖަރޒީ ވިކުނު ސީދާ އަދަދެެއް ކަށަވަރުވާކަށް ނެތެވެ. ނަމަވެސް، ވަރަށް އަވަހަށް އެ އަދަދު ޔަގީން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ރޯމާއިން ޑިބާލާ ހޯދީ އެ ޓީމުގެ ކޯޗު މޮރީނިއޯގެ އެދުމެއްގެ މަތިންނެވެ. ޑިބާލާ ވަނީ ޔުވެންޓަސް އަށް އޭނާ ކުޅެދިން 293 މެޗުގައި 115 ލަނޑު ޖަހާފައެވެ. އަދި ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް އޭނާ ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން އާޖެންޓީނާގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ޑިބާލާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 34 މެޗުގައި ތިން ލަނޑު ޖަހާފައެވެ.

ޕައުލޯ ޑިބާލާކްރިސްޓިއާނޯ ރޮނާލްޑޯރޯމާ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
07 ޖޫން 2025

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
23 ޑިސެމްބަރު 2024

ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް

23 ޑިސެމްބަރު 2024
ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު