Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގައި ހައުސިންގ ޔުނިޓު އެޅުން

އަތޮޅުތެރޭގެ އެންމެ ބޮޑު ހައުސިންގ ޕްރޮޖެކްޓު ހިންގަނީ ކުޅުދުއްފުށީގައި: މޭޔަރ

23 ޖުލައި 2022 | ހޮނިހިރު 13:18

އާތިފް ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖުލައި 2022 | ހޮނިހިރު 13:18
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް

އަތޮޅުތެރޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ހައުސިންގ ޕްރޮޖެކްޓް ހިންގަނީ ކުޅުދުއްފުށީގައި ކަމަށް އެ ސިޓީގެ މޭޔަރ މުޙައްމަދު އާތިފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން މޭޔަރ އާތިފު ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ކަމަށެވެ. އެގޮތުން، މިހާރުން މިހާރަށް ވެސް ބޯހިޔާވަހިކަން ބޭނުންވާ 1200 އާއި 1500 އާ ދެމެދުގެ އާއިލާ އެބަތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށީގައި އެންމެ ފަހުން ހައުސިންގ މަޝްރޫއެއް ކުރިއަށްދިޔައީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވައި މޭޔަރ ވިދާޅުވީ އެ މަސައްކަތް ވެސް ސަރުކާރު ބަދަލުވުމާއެކު މަޑުޖެހުނު ކަމަށެވެ. އަދި ކުރީ ސަރުކާރުން އެކަމަށް އިސްކަމެއް ނުދޭ ކަމަށާއި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އެތަނުގެ މަސައްކަތް ވެސް އަލުން ފަށާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން، އޭގެ ތެރެއިން 40 ރޯހައުސް މިހާތަނަށް ނިންމައި ހަވާލުކޮށްފައިވާއިރު ބާކީހުރި 105 ރޯހައުސްގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އާތިފު ވިދާޅުވިއެވެ.

އާތިފު ވިދާޅުވިގޮތުގައި މިހާރު މަރާމާތް ކުރަމުންދާ ރޯހައުސްތައް އަންނަ އޮގަސްޓް މަހު ނިންމާލެވޭނެއެވެ.

އާތިފު ވިދާޅުވީ މި ސަރުކާރުން ކުޅުއްފުށީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދިފަހުން ހަވާލު ކުރި އެ ރަށުގެ 400 ހައުންސިންގ ޔުނިޓުގެ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މި 400 ހައުސިން ޔުނިޓް ބަހާލަނީ 11 ބުރީގެ 5 ޓަވަރަށް ކަމަށެވެ. ކޮންމެ އެޕާޓްމަންޓެއްގައި 1000 އަކަފޫޓު ހުންނައިރު ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އޮކްޓޯބަރު، ނޮވެމްބަރު ހިސާބު މަސައްކަތް ފަށާނެއެވެ.

ސަރުކާރު ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށްވާ ޓުވެންޓީ ތާރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 7 ޖުލައި 2022 ގައެވެ.

ކުޅުދުއްފުށީގެ ތަރައްގީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި އެ ރަށުގެ މަގުތައް ތަރައްގީ ކުރުމާއި އައު ބަނދަރު ތަރައްގީ ކުރުމާއި ހޮސްޕިޓަލު ތަރައްގީ ކުރުންވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް