Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭގައި ޓްރެފިކް ލައިޓް ހަރުކުރުން

ހިނގާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހުޅުމާލޭގައި ޓްރެފިކް ލައިޓުތަކެއް ބަހައްޓަނީ

23 ޖުލައި 2022 | ހޮނިހިރު 12:27

ހުޅުމާލޭގައި އާއްމުކޮށް ގިނައިން މީހުން މަގު ހުރަސްކުރާ ސަރަހައްދުތަކުގައި މި ލައިޓުތައް ބަހައްޓާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖުލައި 2022 | ހޮނިހިރު 12:27
އެޗްޑީސީން ހުޅުމާލޭގައި ޓްރެފިކް ލައިޓް ހަރުކުރަނީ

އެޗްޑީސީން ހުޅުމާލޭގައި ޓްރެފިކް ލައިޓް ހަރުކުރަނީ

މަގުމަތީގައި ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭގައި އެ ފަރާތްތަކަށް ހާއްސަ ޓްރެފިކް ލައިޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ނިންމައި އާދީއްތަ ދުވަހު އެ ލައިޓްތަކުގެ ޚިދުމަތް ފަށަން ވަނީ ނިންމައިފައެވެ. މިއީ ކުރިއަރާފައިވާ ޤައުމުތަކުގައި މަގު ހުރަސް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބަހައްޓާ "ޕެޑެސްޓްރިއަން ކްރޮސިން ލައިޓް"ތަކެކެވެ.

Advertisement - newsAdvertisement

މި ލައިޓުތައް ހުޅުމާލޭގައި އާއްމުކޮށް އެންމެ ގިނައިން މީހުން މަގު ހުރަސް ކުރާ ސަރަހައްދުތަކުގައި ބަހައްޓާނެއެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި އަދި މި ލައިޓުތައް ބަހައްޓަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ.

މި ޓްރެފިކް ލައިޓްތައް ބެހެއްޓުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ހުޅުމާލެއަކީ މަގު ހުރަސް ކުރާ ފަރާތްތަކަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޕެޑެސްޓްރިއަން ކްރޮސިން ލައިޓަކީ މަގު ހުރަސް ކުރަން ބޭނުންވާ ފަރާތްތަކުން ފިތަކަށް ފިއްތާލުމުން މީހުން މަގު ހުރަސް ކުރާކަން އަންގައިދޭގޮތައް ހަދާފައިވާ ލައިޓެކެވެ. ފިތަށް ފިއްތާލުމުން މަގުމަތީގައި ދުއްވާ އެހެން އުޅަނދުތަކަށް މަޑުކުރެވޭނެ ވަގުތު ލިބޭއިރު މަގު ހުރަސް ކުރުމަށް ވެސް ވަގުތުކޮޅެއް ލިބޭނެއެވެ.

މަގު ހުރަސް ކުރަން ރައްކާތެރިކަން މި ލައިޓުން އަންގައިދޭއިރު މަގު ހުރަސްކުރުން ރައްކާތެރި ނޫންކަން ވެސް ހުރަސް ކުރާ ފަރާތްތަކަށް އެ ލައިޓުން އެނގޭނެއެވެ.

ހުޅުމާލޭގައި އެންމެ ގިނައިން މީހުން މަގު ހުރަސްކޮށް އުޅޭ އެއް ސަރަހައްދަކީ ހުޅުމާލެ ހޮސްޕިޓަލު ސަރަހައްދެވެ. އެ ސަރަހައްދުގައި ޓްރެފިކް ލައިޓެއް ވަނީ ބަހައްޓައިފައެވެ.

ހަފްތާ ބަންދުތަކުގައި ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުގައި އާއްމުން ގިނައެވެ. އެގޮތުން، ހުކުރު ހޮނިހިރު ދެ ދުވަހު ހަވީރު ވަގުތު ހުޅުމާލެއަށް ދާ މީހުން ވަރަށް ގިނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ޓްރެފިކް ލައިޓުތައް ވެގެންދާނީ މަގުމަތީގެ އަމާންކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކޮށްދޭނެ އެއްޗަކަށެވެ.

ހުޅުމާލޭގެ މަގުތަކަކީ އާއްމުންނަށް ރައްކާތެރިތަނަކަށް ހެދުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަގު ހުރަސް ކުރާ ފަރާތްތަކަށް ހާއްސަ ޓްރެފިކް ލައިޓުތަކުގެ އިތުރުން ހުޅުމާލޭގައި އަނދިކަމަށް ފާހަގަ ކުރެވޭ މަގުތަކުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް