Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ ކޯޓުތައް

މީޑިޔާއިން ހިންގަނީ ކެންގަރޫ ކޯޓު: އިންޑިޔާގެ ޗީފް ޖަސްޓިސް

23 ޖުލައި 2022 | ހޮނިހިރު 13:41

ނިއު މީޑިޔާގެ ބާރު ގަދަ ނަމަވެސް، އޭގައިވެސް ރަނގަޅާއި ނުބައި ވަކިނުކޮށް ލިޔާކަން ފާހަގަކުރެއްވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 ޖުލައި 2022 | ހޮނިހިރު 13:41
އިންޑިޔާގެ ޗީފް ޖަސްޓިސް

އިންޑިޔާގެ ޗީފް ޖަސްޓިސް

ތަޖުރިބާކާރު ފަޑިޔާރުންނަށްވެސް ގޮތް ނިންމަން ދަތި މައްސަލަތަކުގައި މީޑިޔާއިން ކެންގަރޫ ކޯޓުތައް ހިންގަމުން ގެންދާކަމަށް އިންޑިޔާގެ ޗީފް ޖަސްޓިސް އެމް.ވީ ރަމާނާ ވިދާޅުވެއްޖެއެވެ.

ކެންގަރޫ ކޯޓުކަމަށް ބުނެ އުޅެނީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތް ޒިންމާއެއް އުފުލަން ނުޖެހި، ހިތަށް އެރިހާ ގޮތަކަށް އަމިއްލަ އަމިއްލަޔަށް ހިންގާ "ޝަރީއަތް" ތަކަށް ނުވަތަ ގޮތް ނިންމުމަށެވެ.

އިންޑިޔާގެ ޗީފް ޖަސްޓިސް ހޮނިހިރު ދުވަހު ވިދާޅުވީ އެކި ފަޑިޔާރުންނާ ދެކޮޅަށް ވެސް ސޯޝަލް މީޑިޔާގައި ހިންގަމުންގެންދާ މިފަދަ ކޯޓުތައް ނުވަތަ އަމިއްލަ ޝަރީއަތްތަކުގެ ސަބަބުން އަސްލު ޖުޑީޝަލް މަސައްކަތް އޭގެ ގޮތުގައި ކުރިޔަށްގެންދަން ހުރަސްއެޅިފައިވާ ކަމުގައެވެ. އިންސާފުން ޝަރީއަތެއް ކުރުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ކަމަށާއި އެމީހުންގެ ދިރިއުޅުމަކީ ހާސްކަމެއް ނެތް ދިރިއުޅުމެއްކަމަށް ބުނެ މީޑިޔާގައި ގެނެސްދޭ ރިޕޯޓްތައް އަޑުއަހަން ފަސޭހަ ނޫން ކަމުގައެވެ. އަދި މައުލޫމާތު ނުހޯދާ، އެއްފަރާތަށް ބުރަވެފައިވާ މިފަދަ ރިޕޯޓްތަކުގެ ސަބަބުން ކޯޓުތަކުން އިންސާފުން މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާ ކަމުގައި ޗީފް ޖަސްޓިސް ރަމާނާ ވިދާޅުވިއެވެ.

ޕްރިންޓް މީޑިޔާގައި ދެކެވޭ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ޒީންމާ ކުރުވޭ ނަމަވެސް އިލެކްޓްރޯނިކް މީޑިޔާގައި ދެކެވޭ ވާހަކަތައް ދަނީ ވައިގެ ތެރެޔަށް ހިންދިގެން ކަމަށް ޗީފް ޖަސްޓިސް ރަމާނާ ވިދާޅުވިއެވެ. ނިއު މީޑިޔާ ނުވަތަ ސޯޝަލް މީޑިޔާ ވަރަށް ބާރުގަދަ ކަމަށާއި އޭގެ ވަސީލަތްތައް މެދުވެރިކޮށް ދޫކޮށްލާ އެއްޗެއް މާދުރަށް އަދި މާފުޅާކޮށް ފެތުރުމުގެ ގާބިލުކަން ހުރިނަމަވެސް، ރަނގަޅާއި ނުބައި ނުވަތަ ތެދު ދޮގު ވަކިކުރުމުގެ ގާބިލްކަން ނިއު މީޑިޔާއަށްވެސް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މީޑިޔާތައް އަމިއްލަޔަށް "ސެލްފް ރެގުއުލޭޓް" ވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގެ ޖުޑީޝަލް ނިޒާމްގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޗީފް ޖަސްޓިސްވަނީ ކޯޓުތަކުގައި ނުބެލި ގިނަ ދުވަސްވެ ފުނި ޖެހެމުންދާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުއްލި ކުއްލިއަށް ގެންނަ ބައެއް ކަހަލަ ބަދަލުތައް ފިޔަވައި މައްސަލައަށް ހައްލު ހޯދުމަށް ދުރާލާ ރޭވިގެން ކަމެއް ކުރަމުންދާތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މީޑިޔާގައި ހިންގާ ކެންގަރޫ ކޯޓުތަކާއި ބެހޭ ގޮތުން އަވަށްޓެރި އިންޑިޔާގެ ޗީފް ޖަސްޓިސް ވާހަކަފުޅު ދައްކަވާފައިވާއިރު ރާއްޖޭގައިވެސް ވަނީ މިމައްސަލަ ވަރަށް ބޮޑުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް