Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސްފަހުން ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންގެ އޮޑެސާއަށް

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ވަނީ ހުކުރު ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގައި ރަޝިއާއިން އެގައުމުން އެއްބަސްވެފައިވާ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެލުމަށް އެދިވަޑައިގަންނަވާފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖުލައި 2022 | ހޮނިހިރު 11:38
ހޮނިހިރު ދުވަހު ރަޝިއާ އަސްކަރިއްޔާގެ މިސައިލް ހަމަލާއެއް ޔޫކްރެއިންގެ އޮޑެސާ ސިޓީގެ ބަނދަރަކަށް އަމާޒުވެފައިވާ ކަމަށް އެގައުމުން ބުނެފި

ހޮނިހިރު ދުވަހު ރަޝިއާ އަސްކަރިއްޔާގެ މިސައިލް ހަމަލާއެއް ޔޫކްރެއިންގެ އޮޑެސާ ސިޓީގެ ބަނދަރަކަށް އަމާޒުވެފައިވާ ކަމަށް އެގައުމުން ބުނެފި

ހޮނިހިރު ދުވަހު ރަޝިއާ އަސްކަރިއްޔާގެ މިސައިލް ހަމަލާއެއް ޔޫކްރެއިންގެ އޮޑެސާ ސިޓީގެ ބަނދަރަކަށް އަމާޒުވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ޔޫކްރޭނުން ގޮވާން އެކްސްޕޯޓުކުރުމަށް ކަޅު ކަނޑުގެ އައްސޭރިފަށުގައި ހުންނަ އެ ގައުމުގެ ޕޯޓުތައް ހުޅުވާލަން، ރަޝިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. ހޮނިހިރު ދުވަހުގެ މިހަމަލާއަކީ މިއެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ނުދާނެ ކަމުގެ ހެތްކެއްކަމަށް މިހާރު ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ހުކުރު ދުވަހު ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ މައްސަލައަށް ހައްލު ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ އޮފިޝަލުންނާއި އދ ގެ މެމްބަރުންނާއި، އދ އާ ރަޝިއާ އަދި ޔޫކްރޭންގެ މެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ބުނެފައިވާގޮތުގައި ޕޯޓުތައް ހުޅުވާލިނަމަވެސް ކަނޑުމަގުން ރަޝިއާއިން ޔޫކްރޭނަށް ހަމަލާއެއްނުދޭނެއެވެ. އެ ފުރުސަތު ނުދިނުމަށް ޔޫކްރޭނުން މިހާރު ވަނީ އެ ސަރަހައްދުގައި މައިންތައް އަޅާފައެވެ. މި އެއްބަސްވުމާއެކު އެތަކެތި ކަނޑުން ނަގައި، އަލުން ދަތުރުފަތުރު ފަށާނެއެވެ.

ރަޝިއާއާއި ޔޫކްރޭނަކީ ދުނިޔޭގެ މާކެޓުގައި އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ދެ ގައުމެވެ. ނަމަވެސް ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ހުރަސްއެޅި، ވަގުތީގޮތުން މަޑުޖައްސާލިއެވެ. އެ ގައުމުގައި މިހާރު ވެސް 10 ބިލިއަން އެމެރިކާ ޑޮލަރަށްވާހާ ގޮވާން އެކްސްޕޯޓް ނުކުރެވި އެބަހުރިކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ރަޝިއާއިން އޮޑެސާގެ ކަނޑުގެ ބަނދަރަށް އަމާޒުކޮށްފައި ވަނީ ކްރޫސް މިސައިލްތަކެކެވެ. އެގޮތުން ދެ މިސައިލް ހަމަލާ ބަނދަރަށް އަމާޒުވި އިރު، ދެ މިސައިލް ހަމަލާ އެއަރ ޑިފެންސް ސިސްޓަމުން ހުއްޓުވާފައިވާކަމަށް ޔޫކްރެއިނުން ބުނެއެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ވަނީ ހުކުރު ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގައި މެދުވެރިންގެ ރޯލު އަދާކުރާ އދ އަދި ތުރުކީއިން ރަޝިއާއިން އެގައުމުން އެއްބަސްވެފައިވާ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެލުމަށް އެދިވަޑައިގަންނަވާފައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ރަޝިއާގެ މިހަމަލާ ކުށްވެރިކޮށް މިއީ ބަލައިގަނެވޭނެ ހަމަލާއެއް ނޫންކަމަށް ވިދާޅުވެފައެވެ. ސަފީރު ވަނީ ރަޝިއާއިން ކާބޯތަކެތި ހިސާރުކޮށް ހަތިޔާރުގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ވިދާޅުވެ، މިފަދަ ހަމަލާތަކުގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އަދި ރަޝިއާ އަސްކަރިއްޔާގެ ބަހެއް ލިބިފައިނުވާ ކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާއެކު ޔޫކްރޭނުގެ ގޮވާމުގެ އެކްސްޕޯޓް ހުއްޓިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި ގޮވާމުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ގޮވާން ލިބުން ދަތިވެ، ބައެއް ގައުމުތަކުން ރީއެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލާފައިވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައެއް ގައުމުތަކަށް ވަނީ ދަތިވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު