Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ހިފާފައިވާ ބިންތައް އަނބުރާ ނުލިބެނީސް ހަމަލާ ބަދަލުކުރުން ހުއްޓައެއް ނުލެވޭނެ: ޒެލެންސްކީ

23 ޖުލައި 2022 | ހޮނިހިރު 11:12

މި ޖުލައި 24 ވަނަ ދުވަހު މި ހަނގުރާމައަށް ފަސް މަސް ވާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖުލައި 2022 | ހޮނިހިރު 11:12
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިއާއިން ހިފާފައިވާ ބިންތައް އަނބުރާ ނުލިބެނީސް ހަމަލާ ބަދަލުކުރުން ހުއްޓައެއް ނުލެވޭނެކަމަށް ވިދާޅުވެފައި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިއާއިން ހިފާފައިވާ ބިންތައް އަނބުރާ ނުލިބެނީސް ހަމަލާ ބަދަލުކުރުން ހުއްޓައެއް ނުލެވޭނެކަމަށް ވިދާޅުވެފައި

ހަމަލާބަދަލުކުރުން ހުއްޓާލެވޭނީ ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އަނބުރާލިބުމުން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އަނބުރާނުލިބި ހަމަލާ ބަދަލުކުރުން ހުއްޓާލި ނަމަވެސް އޭގެ ފައިދާއެއް ނުކުރާނެކަމަށެވެ. އަދި ހަނގުރާމަ ދިގުލައިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ހަމަލާބަދަލުކުރުން ހުއްޓާލާއިރު، ހަނގުރާމައިގެ މިހާތަނަށް އައި އިރު، ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އެގައުމުގެ ބާރުގެ ދަށުގައި ބޭއްވުމުގެ ފުރުސަތު ދީފި ނަމަ އިތުރަށް ހަނގުރާމަ ދިގުދައްމައި ހޫނުކުރުމުގެ ހިތްވަރު ރަޝިއާއަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޒެލެންސްކީ ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ރަޝިއާއިން އިތުރު ހަމަލާތަކަށް ތައްޔާރުވުމަށް ދެވޭ ފުރުސަތައް ކަމަށްވެސް ވިދާޅުވެފައެވެ.

ޒެލެންސްކީ ވަނީ ސުލްހަގާއިމު ކުރުމުގެ ކުރިން ހިފާފައިވާ ސަރަހައްދުތައް މިނިވަން ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމްތަކުގެ ވާހަކަދައްކަވަމުން ޒެލެންސްކީ ވަނީ އެރޮކެޓް ސިސްޓަމްތަކާއެކު ޔޫކްރެއިންގެ ހަތިޔާރުތައް އިތުރުވެގެންދިޔަ ނަމަވެސް މިދަނޑިވަޅުގައި ރަޝިއާގެ މައްޗަށް ކުރި ހޯދަން މިއަށްވުރެ ވަރުގަދަ ހަތިޔާރު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވަނީ އެގައުމަށް މިވަގުތު އެންމެ މުހިންމު އެކައްޗަކީ އެއަރ ޑިފެންސް ސިސްޓަމްތައް ކަމަށް ވިދާޅުވެ، މިއީ ރަޝިއާގެ ދުރުރާސްތާ މިސައިލް ހަމަލާތަކުން ދިފާއުވުމަށް ވަރަށް ބޮޑަށް ބޭނުން އާލާތް ކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ އިން ޔޫކްރެއިނަށް ދޭންފެށި ހަމަލާތަކާއެކު ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށިގެންގޮސްފައި ވާއިރު، ރަޝިއާއިން ބުނަމުން ދަނީ މިއީ އެގައުމުން ކުރިއަށްގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ.

މި ޖުލައި 24 ވަނަ ދުވަހު މި ހަނގުރާމައަށް ފަސް މަސް ވާނެއެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2018

ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި

11 އެޕްރީލު 2018
ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި
24 ޖެނުއަރީ 2018

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން
31 ޑިސެމްބަރު 2017

އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި

31 ޑިސެމްބަރު 2017
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި
07 ޑިސެމްބަރު 2017

ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ

07 ޑިސެމްބަރު 2017
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
05 ޑިސެމްބަރު 2017

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

05 ޑިސެމްބަރު 2017
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
12 ސެޕްޓެމްބަރު 2017

ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު

12 ސެޕްޓެމްބަރު 2017
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް