Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެ ޓްރާންސްޕޯޓް ލިންކް

އާރްޓީއެލްއާއެކު، ގިނަ ވަޒީފާތަކެއް އުފަންކޮށްފި

23 ޖުލައި 2022 | ހޮނިހިރު 08:57

އެމްޓީސީސީން ގެންދަނީ ގިނަ ބަޔަކު އެކި ވަޒީފާތަކަށް ތަމްރީނުކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖުލައި 2022 | ހޮނިހިރު 08:57
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަކީ ދެއަތް އުރާލައިގެން ތިބޭ ބައެއް ނޫންކަން ޔަގީންކުރުމަށް މި ސަރުކާރުން އެތައް މަސައްކަތެއް ކުރެއެވެ. އެކި ދާއިރާތަކުން ވަޒީފާ އުފެއްދުމަށް އިސްކަންދެއެވެ. އެކި ލެވެލްތަކުން އިތުރު ވަޒީފާތައް އުފެދިގެން އަންނައިރު، މިއަދު ވަޒީފާއެއް ނުލިބިފައި ހުންނަންނުޖެހޭ މިންވަރަށް ވަޒީފާތައް އަންނަނީ އިތުރުވަމުންނެވެ. އާމްދަނީ ހޯދުމަށް އަދާކުރަން "ހަޑި" ވަޒީފާއެއް ނޯންނާނެއެވެ. ހަލާލު އެއްވެސް މަސައްކަތަކީ "ހަޑި" މަސައްކަތެއް ނޫންކަން ދަންނަންޖެހެއެވެ.

ކޮވިޑް-19ގެ ތެރޭގައި އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދިޔައެވެ. އެހެންނަމަވެސް މި ސަރުކާރުން ތައާރަފުކޮށްފައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް އެތައް ބަޔަކަށް ވަޒީފާ ހޯދައިދީފައިވެއެވެ. މީގެއިތުރުން ގައުމުގެ ތަރައްގީއަށް އެތައް މަސައްކަތެއް ކުރެވިގެންދާއިރު، މިއިން ކޮންމެ މަސައްކަތަކުންވެސް އުފެދެނީ އިތުރު ވަޒީފާތަކެކެވެ. އެކި ލެވެލްތަކުން ވަޒީފާތައް އުފެދިގެން އަންނައިރު، މިވަގުތު އެންމެ ގިނަ އައު ވަޒީފާތައް އުފެދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ތެރެއިންނޭ ބުންޏަސް މިއީ ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުންދާއިރު، އެކުންފުނިން ގެންދަނީ ދޭތެރެދޭތެރެއިން ކުންފުނީގެ އެކި މަސައްކަތްތަކަށް މުވައްޒަފުން ނަގަމުންނެވެ. އަދި އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެމީހުންނަށް ދޭންވާ ތަމްރީނުތައް ދިނުމަށްފަހު އެމީހުންނަށް ވަޒީފާވެސްދެއެވެ. ވަޒީފާގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތުތައް ހުޅުވާލައެވެ. އިތުރަށް ކިޔެވުމުގެ ފުރުސަތުދެއެވެ. އެތައް މަޝްރޫއެއް އަލަށް ފަށައިގެން ކުރިއަށްގެންދާއިރު، މިއިން ކޮންމެ މަޝްރޫއެއްގެ މަސައްކަތަށް އަނެއްކާވެސް އިތުރު މުވައްޒަފުން ނަގައެވެ.

މީގެ އިތުރުން ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ތައާރަފުވުމާއެކު އަނެއްކާވެސް އިތުރު ވަޒީފާތަކެއް އުފެދިގެން ހިނގައްޖެއެވެ. އާރްޓީއެލްގެ ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ތައާރަފުކޮށްފައިވާއިރު، މި މަސައްކަތްތައް ފަށައިގަތުމަށްވެސް އެމްޓީސީސީން ވަނީ މީހުން ބިނާކޮށްފައެވެ. ތަމްރީނުކޮށްފައެވެ. އިތުރު ބަސް ޑްރައިވަރުންނާއި، ފަޅުވެރިންނާއި، ކައްޕިން ތަމްރީނުކުރުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ހއ އަތޮޅާއި ހދ އަތޮޅަށް މި ޚިދުމަތް ވަނީ ތައާރަފުކޮށްފައެވެ. އަދި ށ އަތޮޅަށް އާރްޓީއެލް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނެފައިވާގޮތުގައި މި ޚިދުމަތުގެ ފޭސް 1ގައި ޖުމްލަ 83 ވަޒީފާ އިތުރަށް ހުޅުވިގެންދާނެއެވެ. ލޯންޗު ދުއްވާ ކައްޕިން ފެށިގެން ފަޅުވެރިންނާއި އަދިވެސް އެނޫން މަސައްކަތްތަކަށް މުވައްޒަފުން ނަގާއިރު، މި ހުރިހާ ވަޒީފާއަކަށްވެސް ދިވެހިން ނެގުމަށް އެމްޓީސީސީން ޚާއްސަ އިސްކަމެއްދެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް 6 ޒޯނަކަށް ބަހާލައިގެން ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، މިއިން ކޮންމެ ފިޔަވައްސެއްގެ ތެރެއިންވެސް އިތުރު ވަޒީފާތަކެއް އުފެދިގެންދާނެއެވެ. ފޭސް 2 އަދި ފޭސް 3ގެ ޚިދުމަތް ފެށުމާއެކު އަނެއްކާވެސް 356 ވަޒީފާ އުފެދިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މީގެ އިތުރުން އާރުޓީއެލް ބަހުގެ ޚިދުމަތް މާލެ ސަރަހައްދަށް މިހާރު ތައާރަފުކޮށްފައިވާއިރު، އެމްޓީސީސީން މަސައްކަތްކުރަމުންދަނީ އަތޮޅުތެރެއަށް މި މަސައްކަތް ތައާރަފުކުރުމަށެވެ. އަދި މާލެއަށް މިނީ ބަހުގެ ޚިދުމަތް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެމްޓީސީސީން ގެންދަނީ ބަސް ޑްރައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. މި ޚިދުމަތުގެ ތެރެއިންވެސް އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެންދާނެއެވެ.

އެ ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައި ނެތަސް މިއަދު މިވަނީ އެ ދާއިރާތަކުން ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ހުޅުވާލެވިފައެވެ. އެންމެންނަކީ އޮފީހެއްގެ ތެރޭގައި އިށީނދެތިބެގެން މަސައްކަތްކުރަންޖެހޭ ބައެއްވެސް ނޫނެވެ. އަދި ބުރަ މަސައްކަތުން، ދާ އޮހޮރުވައިގެން ކުރާ މަސައްކަތްތަކަކީ ހަޑި މަސައްކަތްތަކެއްވެސް ނޫނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް