Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖައްވީ ޖެކެޓް ނީލަން ކިޔުން

އެއްވެސް ތާކުން ލިބެން ނެތް، ބަޒްގެ ޖައްވީ ޖެކެޓް ނީލަމަށް!

މި ޖެކެޓް، 1 މިލިއަން ޑޮލަރާ 2 މިލިއަން ޑޮލަރާ ދެމެދު އަގެއްގައި ނީލަންކިއޭނެކަމަށް ވަނީ ލަފާކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 07:09
މިއީ ޖައްވީ ދަތުރުތަކާ ގުޅޭ ގޮތުން މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ނީލަންކަމަށް، ސޯތީބީޒްގެ ގްލޯބަލް ހެޑް އޮފް ސައެންސް އެންޑް ޕޮޕިއުލަރ ކަލްޗަރއިން ވަނީ ބުނެފައި

މިއީ ޖައްވީ ދަތުރުތަކާ ގުޅޭ ގޮތުން މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ނީލަންކަމަށް، ސޯތީބީޒްގެ ގްލޯބަލް ހެޑް އޮފް ސައެންސް އެންޑް ޕޮޕިއުލަރ ކަލްޗަރއިން ވަނީ ބުނެފައި

އެމެރިކާގެ މަޝްހޫރު ޖައްވީ ފަޅުވެރިޔާ، ބަޒް އެލްޑަރީންގެ ދިރިއުޅުމާ ގުޅިފައިވާ ބައެއް ސަމާނު ނީލަންކިއުމަށް އެންމެ ފަހުގެ ތައްޔާރީތައްވެއްޖެއެވެ.

ނީލަން ކިއުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސޯތީބީޒްއިން ނިއުޔޯކްގައި ކުރިއަށް ގެންދާ ނީލަމުގައި، 1960 ވަނަ އަހަރުގެ އެޕޯލޯ 11ގެ މިޝަންގައި ބަޒް އެލްޑަރީން ބޭނުންކުރި ޖެކެޓެއްވެސް ނީލަންކިއުމަށް ވަނީ ހަމަޖެހިފައެވެ.

ބަޒް އެލްޑަރީންގެ ޖެކެޓް، 1 މިލިއަން ޑޮލަރާ 2 މިލިއަން ޑޮލަރާ ދެމެދު އަގެއްގައި ނީލަންކިއޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ސޯތީބީޒްއިން ކުރިއަށް ގެންދާ ނީލަމުގައި، ބަޒް އެލްޑަރީންގެ ބައެއް އެވޯޑްތަކުގެ އިތުރުން އޭނާގެ ހަޔާތާ ގުޅިފައިވާ ބައެއް ސިޓީތައްވެސް ވިއްކާލާނެކަމަށް މައުލޫމާތުލިބެއެވެ.

"ބަޒް އެލްޑަރީން: އެމެރިކަން އައިކަން"ގެ ނަމުގައި މި ޚާއްސަ ނީލަން ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ ޖުލައި 26، 2022 ވާ އަންގާރަ ދުވަހަށެވެ.

އެޕޯލޯ 11ގެ މިޝަންއަކީ، ފުރަތަމަފަހަރަށް އިންސާނުން ހަނދުގައި ހިނގާލި މިޝަންގެ ގޮތުގައި ސިފަކުރަމުން އަންނަ މިޝަންއެވެ. އެޕޯލޯ 11 މިޝަންގައި އިންސާނަކު އެންމެ ފުރަތަމަ ހަނދަށް ދިޔައީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

އިންސާނަކު ފުރަތަމަ ފަހަރަށް ހަނދުގައި ފައިޖެއްސިތާ 50 އަހަރު ފުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރީ 2019 ވަނަ އަހަރުއެވެ. އެޕޯލޯ 11ގެ އީގަލް މޮޑިއުލް ހަނދުގެ ސަތަހާގައި ޖައްސައި، އޭގައި ތިބި 2 މީހުން ހަނދަށް ފޭބީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހަނދުގައި ފުރަތަމަ ފައިޖެއްސި އެސްޓްރޮނޯޓަކީ ނީލް އާމްސްޓްރޯންގްއެވެ.

ހަނދުގެ ސަތަހައިން ލިބިފައިވާ ބައެއް ކަހަލަ ސާމާނުތައް ނީލަން ކިއުމަށް، "މީޓިއޮރައިޓްސް: ސިލެކްޓް ސްޕެސިމަންސް ފްރޮމް ދަ މޫން، މާރސް، ވެސްޓަރ އެންޑް މޯ" ގެ ނަމުގައި އިތުރު ނީލަމެއް، ޖުލައި 27 ވަނަ ދުވަހަށްވެސް ވަނީ ތާވަލުކޮށްފައެވެ.

ޖުލައި 27 ވަނަ ދުވަހު ކުރިއަށްގެންދާ ނީލަމުގައި ވިއްކާލާ ހަނދުގެ ހިލަ ކޮޅަކީ، ދުނިޔޭގެ ސަތަހާގައި އޮތް ހަނދުގެ ދެވަނައަށް އެންމެ ބޮޑު ހިލަކޮޅުކަމަށް ސޯތީބީޒްއިން ބުނެއެވެ. އެ ހިލަކޮޅަކީ، ހަނދުގައި ގިނިހިލައެއް ޖެހިގެން އުފެދުނު ހިލަކޮޅެއްކަމަށް މައުލޫމާތުލިބެއެވެ.

އިންސާނުން ގޮވައިގެން ހަނދަށް ކުރި ފުރަތަމަ ދަތުރުގެ ކްރޫގައި ހިމެނުނު 3 މެމްބަރުންނަކީވެސް 1930ގެ އަހަރުތަކުގެ ތެރޭގައި އުފަންވެފައިވާ މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން މިހާރު ދުނިޔޭގައިހުރި ހަމައެކަނި މީހަކީވެސް ބަޒްއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

26 އެޕްރީލު 2017
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު