Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޝިއާގެ "ބެސްޓް އައިލެންޑް" ރާއްޖެއަށް

އޭޝިއާގެ "ބެސްޓް އައިލެންޑް" ރާއްޖެއަށް

23 ޖުލައި 2022 | ހޮނިހިރު 03:00

މިއީ ޓްރެވަލް އެންޑް ލެޝަރއިން ރާއްޖެއަށް ދިން އެވޯޑެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖުލައި 2022 | ހޮނިހިރު 03:00
އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިމްލީޒާ، ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު

އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިމްލީޒާ، ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު

ވޯލްޑްސް ބެސްޓް އެވޯޑްސްގެ "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ.

ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ނިއުޔޯކުގައި ބޭއްވި ޓްރެވަލް އެންޑް ލެޝަރ 2022 "ވޯލްޑްސް ބެސްޓް އެވޯޑް"ގައެވެ. ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެމެރިކާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަދި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. 

ޓްރެވަލް އެންޑް ލެޝަރ ގްލޯބަލް ވިޝަން އެވޯޑްސްއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޕްރެކްޓިސްތަކާއި ތަޖުރިބާތައް ފޯރުކޮށްދޭ ކުންފުނިތަކާއި، ފަރާތްތަކާއި، މަންޒިލްތަކާއި ޖަމްއިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ގައުމަށް ލިބޭ ފަޚުރެއްކަމަށެވެ. އަދި ރާއްޖެ ޕްރޮމޯޓްކޮށް، ވީހާވެސް ގިނަ ފަތުރުވެރިން ގެނައުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން އަބަދުމެ ދަމަހައްޓަންޖެހޭ މަސައްކަތެއް ކަމަށާއި، ގޮންޖެހުންތައް ގިނަނަމަވެސް، މަންޒިލެއްގެ ގޮތުގައި އަބަދުވެސް ވާދަވެރިންނަށްވުރެ ކުރީގައި ތިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީގޮތުން ފާހަގަކޮށްލެވޭ 4 އެވޯޑެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2022ގެ "މޯސްޓް ޕްރިފެއަރޑް ޓޫރިސްޓް ޑެސްޓިނޭޝަން 2021"އާއި، އެމްއެމްޕީއާރުސީގެ "ރީޑިފައިނިންގ މައިސް" ކެމްޕޭނަށް އަހަރުގެ އެންމެ މޮޅު މާކެޓިންގ އިނިޝިއޭޓިވްގެ މަގާމު ވަަނީ ލިބިފައެވެ. މީގެ އިތުރުން އޯޓީއެމް، މުމްބާއީ ހަރަކާތުގެ ބެސްޓް ސްޓޭންޑް ޑިޒައިން އެންޑް ޑެކަރޭޝަން އެވޯޑާއި، ޑަބްލިއުޓީއެމް އެފްރިކާ 2022ގެ ބެސްޓް ސްޓޭންޑް ފީޗަރވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.

މި އަހަރުގެ ތެރޭގައި ވަކިވަކި ރިޒޯޓާއި ފަތުރުވެރިކަމުގެ ޕްރޮޕަޓީތަކަށްވެސް ވަނީ އެކި އެވޯޑުތައް ލިބިފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް