Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރޭނުން ގޮވާން އެކްސްޕޯޓުކުރުން

ޔޫކްރޭނުން ގޮވާން އެކްސްޕޯޓުކުރަން ޕޯޓުތައް ހުޅުވާލަނީ

23 ޖުލައި 2022 | ހޮނިހިރު 02:37

ޔޫކްރޭނުގައި 10 ބިލިއަން ޑޮލަރުގެ ގޮވާން އެބަހުރިކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖުލައި 2022 | ހޮނިހިރު 02:37
ޔޫކްރޭނާ ރަޝިއާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ޔޫކްރޭނާ ރަޝިއާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ޔޫކްރޭނުން ގޮވާން އެކްސްޕޯޓުކުރުމަށް ބްލެކް ސީގެ އައްސޭރިފަށުގައި ހުންނަ އެ ގައުމުގެ ޕޯޓުތައް ހުޅުވާލަން، ރަޝިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބުނެފައިވާގޮތުގައި ޕޯޓުތައް ހުޅުވާލިނަމަވެސް ކަނޑުމަގުން ރަޝިއާއިން ޔޫކްރޭނަށް ހަމަލާއެއްނުދޭނެއެވެ. އެ ފުރުސަތު ނުދިނުމަށް ޔޫކްރޭނުން މިހާރު ވަނީ އެ ސަރަހައްދުގައި މައިންތައް އަޅާފައެވެ. މި އެއްބަސްވުމާއެކު އެތަކެތި ކަނޑުން ނަގައި، އަލުން ދަތުރުފަތުރު ފަށާނެއެވެ.

ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ އޮފިޝަލުންނާއި އދ ގެ މެމްބަރުންނާއި، އދ އާ ރަޝިއާ އަދި ޔޫކްރޭންގެ މެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަޝިއާއާއި ޔޫކްރޭނަކީ ދުނިޔޭގެ މާކެޓުގައި އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ދެ ގައުމެވެ. ނަމަވެސް ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ހުރަސްއެޅި، ވަގުތީގޮތުން މަޑުޖައްސާލިއެވެ. އެ ގައުމުގައި މިހާރު ވެސް 10 ބިލިއަން އެމެރިކާ ޑޮލަރަށްވާހާ ގޮވާން އެކްސްޕޯޓް ނުކުރެވި އެބަހުރިކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ އޮންލައިންކޮށް ދެއްވި ޚިތާބެއްގައި ޒެލެންސްކީ ވިދާޅުވީ، މިދިޔަ އަހަރު އުފެއްދި ގޮވާމުގެ 20 މިލިއަން ޓަނު އަދިވެސް އެބަހުރިކަމަށާއި، މިއަހަރު އުފެއްދި ގޮވާންވެސް އެކްސްޕޯޓްކުރެވޭނެ ކަމަށެވެ. މިތަކެތި އެކްސްޕޯޓްކުރެވޭނީ ރަޝިއާއިން އެއްބާރުލުން ދީގެން ކަމަށާއި, އދ އިން އެކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބްއޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާއެކު ޔޫކްރޭނުގެ ގޮވާމުގެ އެކްސްޕޯޓް ހުއްޓިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި ގޮވާމުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ގޮވާން ލިބުން ދަތިވެ، ބައެއް ގައުމުތަކުން ރީއެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލާފައިވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައެއް ގައުމުތަކަށް ވަނީ ދަތިވެފައެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2019

ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ

27 ސެޕްޓެމްބަރު 2019
ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ
11 ޖޫން 2019

ބޮންގޮއްވާލީ ޝަންގްރިއްލާ ހޮޓެލް، ބުދަ ދުވަހު އަލުން ހުޅުވާލަނީ

11 ޖޫން 2019
ބޮންގޮއްވާލީ ޝަންގްރިއްލާ ހޮޓެލް، ބުދަ ދުވަހު އަލުން ހުޅުވާލަނީ
18 މެއި 2018

ސައުދީ ވަލީއަހުދު އަވަހާރަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި!

18 މެއި 2018
ސައުދީ ވަލީއަހުދު އަވަހާރަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި!
25 އޮކްޓޯބަރު 2017

ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ

25 އޮކްޓޯބަރު 2017
ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ
28 ސެޕްޓެމްބަރު 2017

އެމެރިކާ އިން އަފްގާނިސްތާނުގައި ދިން ހަަމަލާއެއްގައި އާންމުންގެ ބަޔަކު ޒަޚަމްވި ކަމަށް ނުވަތަ މަރުވި ކަމަށް ރިޕޯޓުތައް ބުނެފި

28 ސެޕްޓެމްބަރު 2017
އެމެރިކާ އިން އަފްގާނިސްތާނުގައި ދިން ހަަމަލާއެއްގައި އާންމުންގެ ބަޔަކު ޒަޚަމްވި ކަމަށް ނުވަތަ މަރުވި ކަމަށް ރިޕޯޓުތައް ބުނެފި
16 އޯގަސްޓު 2017

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް