Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓީޖީއެސްޓީ ބޮޑުކުރުން

މިއީ ޓީޖީއެސްޓީ ބޮޑުކުރަންވީ ވަގުތެއް ނޫން، އެހެން ގޮތްތައް ހޯދަންޖެހޭ – ވަލީދު

ޓީޖީއެސްޓީ ބޮޑުކުރުމާއި ގުޅިގެން މުޅި އިންޑަސްޓްރީގެ ކަންބޮޑުވުން އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޖުލައި 2022 | ހުކުރު 09:44
މަޓާޓޯގެ ނައިބް ރައީސް މުހައްމަދު ޝާޒް ވަލީދު

މަޓާޓޯގެ ނައިބް ރައީސް މުހައްމަދު ޝާޒް ވަލީދު

އިގްތިސާދީ މިފަދަ ހާލަތެއްގައި ފަތުރުވެރިކަމުގެ ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި މިއީ، އެހެން ގޮތްތަކެއް ހޯދަންޖެހޭ ވަގުތެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގެ ނައިބް ރައީސް މުހައްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ދާދި ފަހުން އާމްދަނީގެ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ ރޭޓު 16 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާތީ، އެކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެއް އެބަހުއްޓެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަލީދު ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމާއި ގުޅޭ ގޮތުން މަޓާޓޯއިން ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. މިއީ މުޅި އިންޑަސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށާއި، އެންމެންގެ ތެރޭގައި ވެސް އުފެދޭ ސުވާލަކީ މިއީ އެންމެ ނާޒުކު ދަނޑިވަޅުތޯ ޓެކްސް ބޮޑުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. ވަލީދު ވިދާޅުވީ މަޓާޓޯއަކީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށާއި، ޖަމިއްޔާގެ ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ވަލީދު ވިދާޅުވީ ޓެކްސް ބޮޑުކުރަން މިއުޅެނީ ކޮން ބޭނުމެއްގައިތޯ އޭގެން ކޮންކަމަކާތޯ ޓެކްސްގެ އިންސައްތަ ބޮޑުކުރަން މިއުޅެނީ ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން ކުރަނީ ފަތުރުވެރިކަން ކުރިއަރުވަންތޯ ނުވަތަ ހުރި މިންވަރުގައި ހިފަހައްޓަންތޯ ނުވަތަ އިތުރު ފަތުރުވެރިން ރާއްޖެ ގެންނަންތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އެ ސުވާލަކަށް ޖަވާބެއް ނުލިބޭ ކަމަށާއި، ސަރުކާރުން ވެސް އެކަމަށް މާބޮޑު ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ކުރީއްސުރެ އައިއެމްއެފް، ވޯރލްޑް ބޭންކުފަދަ ތަންތަނުގެ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ރޭޓްތައްވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކާއި، ސްމޯލް އައިލެންޑް ޑިވަލަޕިންގް ސްޓޭޓްތަކާއި، ޓުއަރިޒަމް ގައުމުތަކާ ބަލާއިރު ހުރީ ދަށްކޮށް ކަމަށެވެ.

އެހެންކަމުން ޓެކްސް ބޮޑުކުރުމުގެ ޖާގަ އެބައޮތްކަމަށާއި، އެކަންތައްތަކާއެކު ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި އެ ނިންމުންތައް ނިންމަވަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު