Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަތަރުގެ މައްސަލަ

ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި

ގަތަރުން ވަނީ ކޮރެއާގެ މައްޗަށް 2-3 ގެ ނަތީޖާއިން ކުރިހޯދާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 11:59
ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ލައިގެން

ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ލައިގެން

ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު ކޮރެއާއާ ދެކޮޅަށް ގަތަރު ކުޅުނު މެޗުގައި ގަތަރުގެ ކުޅުންތެރިން އެގައުމުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ތާނީއަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި އެވެ.

ގަލްފްގެ ގިނަ ގައުމުތަކުން ގަތަރާ ޒަމާނުއްސުރެ އޮންނަ ގުޅުން ކަނޑާލާފައިވާ އިރު، ދިވެހި ރާއްޖެވެސް ވަނީ އެގައުމާ ގުޅުން ކަނޑާލާފައެވެ. ގަތަރާ އެކި ގައުމުތަކުން ގުޅުން ކަނޑާލަމުން އަންނަނީ އެ ގައުމުން އިރާނާ ގާތް ގުޅުމެއް ބާއްވާ ޓެރެރިސްޓް ޖަމާއަތްތަކަށް ހަރަދުކުރާކަމަށް ބުނެއެވެ.

އެހެންނަމަވެސް މި ތުހުމަތުތައް ގަތަރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ގަތަރަށް ތާއީދުކޮށް އެގައުމުގެ ކުޅުންތެރިން ވަނީ އަމީރުގެ ފޮޓޯ ޖަހާފައިވާ ޓީޝާޓް ލައިގެން ވޯމްއަޕްވެސް ކޮށްފައެވެ. މީގެއިތުރުން މެޗުގެ 25 ވަނަ މިނެޓުގައި ގަތަރަށް ލިބުނު ހިލޭޖެހުން މިޑްފިލްޑަރު ހަސަން އަލް ހައިޑޮސް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އުފާފާޅުކުރުމުގެ ގޮތުން އަމީރުގެ ފޮޓޯ ޖަހާފައި އޮތް ޓީޝާޓް ވިހުރުވާލާފައެވެ.

ގަތަރު ކުޅުންތެރިންގެ މި އަމަލާއެކު އެގައުމުގެ ފުޓުބޯޅަ ޓީމަށް ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ. ފީފާގެ ގަވައިދުތައް ބުނާގޮތުން ދަނޑުމަތީގައި ސިޔާސީ، ދީނީ އަދި އިސްތިހާރުކުރުމަށް އެއްވެސް އެއްޗެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ގަތަރު ތައްޔާރުވަމުން އަންނައިރު، އެޓީމު ވަނީ ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.

ގަތަރު ހިމެނޭ ގްރޫޕަށް ބަލާއިރު، އެޓީމު އޮތީ 8 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ފަސްވަނައިގަ އެވެ. މި ގްރޫޕުން ދެ ޓީމު ވޯލްޑްކަޕަށް ކޮލިފައިވާއިރު، ތިންވަނަ އަށް ދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. އެގޮތުން މި ގްރޫޕްގައި ހިމެނޭ އިރާން ވަނީ 20 ޕޮއިންޓް ހަމަކޮށް މިހާރު ވޯލްޑްކަޕުން ޖާގަ ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު