Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން މީ

އެެމްއެމްޕީއާރުސީއާއި ގްރީން މީ ގުޅިގެން ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ހަރަކާތްތައް އިޝްތިހާރުކުރަނީ

މި ކެމްޕޭން ކުރިއަށްދާނީ ޖުލައި 2022ން ސެޕްޓެމްބަރ 2022ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖުލައި 2022 | ބުދަ 10:35
އެމްއެމްޕީއާރުސީ ގްރީން ކެމްޕެއިން

އެމްއެމްޕީއާރުސީ ގްރީން ކެމްޕެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އިޓަލީގެ ލައިފްސްޓައިލް މަޖައްލާ ގްރީން މީއާއެކު, ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ދެމެހެއްޓެނިވި ހަރަކާތްތައް އިޝްތިހާރުކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭން ކުރިއަށްދާނީ ޖުލައި 2022ން ސެޕްޓެމްބަރ 2022އަށެވެ. މި ކެމްޕޭންގެ މަގުސަދަކީ އިޓަލީގެ މާރކެޓުގެ ފަތުރުވެރިންނަށް ކަމުދާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ހަދައި، ރާއްޖޭގައި ހިންގާ ދެމެހެއްޓެނިވި ހަރަކާތްތަކާމެދު ހޭލުންތެރިކަން އުފެއްދުމެވެ.

2009 ވަނަ އަހަރު އުފެދުނު ގްރީން މީއަކީ އިޓަލީގައި ދެމެހެއްޓެނިވި ދިރިއުޅުމަށް ޝައުގުވެރިކަން އުފެއްދުމަށް ނެރޭ އޮންލައިން މަޖައްލާއެކެވެ. މި މެގަޒިންގެ މަގުސަދަކީ ދެމެހެއްޓެނިވި ދިރިއުޅުމެއް ބައްޓަންކުރާނެ ގޮތްތަކުގެ މައުލޫމާތު ފެތުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅިތައް އިޝްތިހާރުކުރުމެވެ. މި ވެބްސައިޓަށް 10 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާތްކޮށް، މަހުން މަހަށް ނެރޭ ނިއުސްލެޓަރަށް 70 ހާސް މީހުން ސަބްސްކްރައިބްކުރެއެވެ.

މި ކެންޕޭނުގެ ދަށުން ގްރީން މީ ވެބްސައިޓުގައި އާޓިކަލްތަކާއި، ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ނިއުސްލެޓަރެއް، ބެނާއެއް، އަދި ދިވެހިރާއްޖެއަށް ޚާއްސަ ކެޓަގަރީއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންޓެންޓްގައި ރޮމޭންސް، ވެލްނެސް، ލަގްޒަރީ، ޑައިވިން އަދި ވޯޓަރސްޕޯޓްސް ފަދަ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތައް އިޝްތިހާރުކުރާނެއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިޒޯޓް، ގެސްޓްހައުސް، ލިވަބޯޑް، ހޮޓެލް) އަދި ރާއްޖޭގެ ޚާއްސަ ތަޖުރިބާތައް އިޝްތިހާރުކުރާނެއެވެ. މި ކެންޕޭނުގެ ދަށުން، ދިވެހިރާއްޖޭގެ ޕްރޮޕަޓީތަކުގައި ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތްތައް ޚާއްސަގޮތެއްގައި ފާހަގަކުރާނެއެވެ. އޭގެ ތެރޭގައި މުރަކަ އާލާކުރުމުގެ މަޝްރޫއުތަކާއި، ކަނޑުއަޑީގެ ތަފާތު ދިރުންތައް ހިމާޔަތްކުރުމާއި، ތިމާވެއްޓަށް ހޭލުންތެރިކުރުވުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ދެމެހެއްޓެނިވި ހަރަކާތްތަކަށް ޝައުގުވެރިވުމަކީ އިޓަލީގެ ދަތުރުވެރިންގެ މެދުގައި މަޝްހޫރުވަމުން އަންނަ ޓްރެންޑެކެވެ. އެމްއެމްޕީއާރްސީގެ މަގުސަދަކީ ދެމެހެއްޓެނިވި ދާއިރާއިން ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ. އަދި މި ކެމްޕޭންގެ ސަބަބުން އެމްއެމްޕީއާރްސީގެ މެމްބަރުންގެ ޕްރޮޕަޓީތަކުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިޓަލީގެ މާރކެޓަށް އެކުލަވާލާފައިވާ ސްޓްރެޓެޖީގެ ދަށުން، މި ކެމްޕޭނުގައި ރާއްޖޭގައި މީގެކުރިން ޗުއްޓީ ހޭދަކޮށްފައިވާ އިޓަލީގެ ފަތުރުވެރިންގެ ހަނދާންތަކާގުޅޭ އިތުރު ޕަރސަނަލައިޒްޑް ކެމްޕޭނަކާއެކު ދިވެހިރާއްޖެއަށް އޮތް ޖެނެރޭޝަނަލް އެފިނިޓީގެ ބޭނުން ހިފާނެއެވެ.

2021 ވަނަ އަހަރު 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން 27،332 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އިޓަލީއަކީ ދިވެހިރާއްޖެއަށް ތާރީޚީގޮތުންވެސް މުހިންމު މާރކެޓެކެވެ. އިޓަލީން މި އަހަރު ރާއްޖެއަށް 50,000ށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި މާރކެޓުގައި ދިވެހިރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށާއި، މި މާރކެޓުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތަކެއް ހިންގަމުން ދެއެވެ. މީގެ ތެރޭގައި ލޯންލީ ޕްލެނެޓް، އަލްޕިޓޫރ، ސްޕޯޓިންގ ވަކަންޒޭ، ބްލޫވަކަންޒޭ އަދި މީޑިއާމަންޑާ ގުޅިގެން ކުރިއަށްގެންދާ މާކެޓިންގ ކެމްޕޭންތައް ހިމެނެއެވެ. އެމްއެމްޕީއާރުސީން ވަނީ މި އަހަރުގެ ބީއައިޓީ މިލާންގައިވެސް ބައިވެރިވެފައެވެ. މި އަހަރު މި މާރކެޓަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި އިޓަލީގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމާއި ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ބައިވެރިވުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައްވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން، އެތައް މާރކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ ފާއިތުވެދިޔަ އަހަރު، "ވޯރލްޑް ޓްރެވަލް އެވޯރޑްސް (ޑަބްލިއުޓީއޭ) 2021"ގައި "ވޯރލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަގަބު، ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއިން ކާމިޔާބުކުރިކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯރޑްތަކެއް ހާސިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު