Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސް: 400 އަށްވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފި

މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ފުރުސަތު ހުޅުވާލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޖުލައި 2022 | ބުދަ 08:02
މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ފުރުސަތު ހުޅުވާލި

މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ފުރުސަތު ހުޅުވާލި

19 އޯގަސްޓް 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވުމަށް 400ށް ވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފިއެވެ.

އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވެވޭނީ، 15 ޖުލައި 2022 ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ވުމާއެކު، ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ފުރުސަތު ހުޅުވާލިއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 10ގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި 400ށް ވުރެ ގިނަ ގޮފި އުފެއްދުމަށް ހުށައަޅާފައިވާ ކަމަށެވެ. މިހާރު އެ ފޯމުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހަފްތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދާ އެޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުން ހިމަނައިގެން އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިދެންނެވި ރައީސުން ވާންވާނީ ގޮފި ޤަވައިދުގެ 3.3 ވަނަ މާއްދާ ބުނާގޮތަށް އިންތިޚާބުވިތާ 5 އަހަރު ފުރިފައިނުވާ ގޮފި ރައީސުންނަށް ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

29 މެއި 2022 ގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލިހުގެ މިދައުރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނިފައިވުމުގެ ސަބަބުން އެ ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި އެ ޕާޓީއާއި ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑީޑޭޓުން ހޮވުމުގެ ފުރުސަތު އޮތުމާއި، އެ ޕާޓީއަށް މާލީ އެއްވެސް މަންފާއެއް ނުކުރާގޮތަށް ހަމައެކަނި އިންތިހާބުތަކުގައި އެތައް ހާސް ބަޔަކު އެބަތިއްބެވެ.

އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެންބަރުކަން ބާތިލްވަނީ ޕާޓީގެ މެންބަރު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތެރިވުމުންނެވެ. އަދި ސިޔާސީ ޕާޓީގެ މެންބަރަކަށް ނުހުރެވޭނެކަމަށް އޮންނާތީވެ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54،599 މެންބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެންތިބި 39،911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަކުރުމަށް ތިންމަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެންޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަށް ވަނީ ގަރާރުގައި ބުނެފައެވެ.

މީގެއިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މެންބަރުކަން ގަބޫލުކޮށް 18 ވަނަ މާއްދާގައި ބުނާ ހައްގުތައް ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު