Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާއިން ލެވަންޑޯސްކީ ހޯދުން

ބާސެލޯނާއިން ކުޅުންތެރިން ހޯދާ ގޮތުން ނާގަލްސްމަން ހުރީ ހައިރާންވެފައި

މުޅި ދުނިޔެއިން ވެސް އަތުގައި ފައިސާ ނެތް ނަމަވެސް، ބޭނުންވާ ކުޅުންތެރިޔަކު ގެންދާ ހަމައެކަނި ކުލަބަކީ ބާސެލޯނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖުލައި 2022 | ބުދަ 04:12
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން

ސްޕެއިންގެ ބާސެލޯނާއިން ކުޅުންތެރިން ހޯދާ ގޮތާ މެދު ހައިރާންވާ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

އޭނާ މި ގޮތަށް ބުނީ، ބަޔާންއަށް ކުޅެމުން އައި ޕޮލޭންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބާސާއިން ހޯދުމުން އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ނާގަލްސްމަން ބުނީ މުޅި ދުނިޔެއިން ވެސް އަތުގައި ފައިސާ ނެތް ނަމަވެސް، ބޭނުންވާ ކުޅުންތެރިޔަކު ގެންދާ ހަމައެކަނި ކުލަބަކީ ބާސެލޯނާކަމަށެވެ. އަދި ބާސާއިން އެކަން ކުރާ ގޮތެއް އޭނާ އަށް ނޭންގޭކަން ފާހަގަކުރަމުން ނާގަލްސްމަން ބުނީ، އެކަމާ ހައިރާންވާ ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ވަނީ ގިނަ ކުޅުންތެރިންތަކެއް ހޯދާފައެވެ. އެގޮތުން ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ރަފީނިއާ އެ ކުލަބުން ހޯދީ 67 މިލިއަން ޔޫރޯ ދެއްކުމަށްފަހުއެވެ. އެއަށްފަހު ބާސެލޯނާއިން ލެވަންޑޯސްކީ ހޯދީ ބަޔާނަށް 50 މިލިއަން ޔޫރޯ ދެއްކުމަށްފަހުއެވެ.

މިހާ ބޮޑެތި ޚަރަދުތަކެއް ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ކުރުމުން ނާގަލްސްމަން ބުނީ، އެ ޓީމުގެ މާލީ ހާލަތު ގޯސްކޮށް އޮއްވާ، އެހާ ބޮޑު ޚަރަދެއް ކޮށްގެން ކުޅުންތެރިން ގެންނަން ގަވާއިދުގެ ތެރެއިން ހުއްދަ އޮތްތޯ ބަލަން ވިސްނަން ޖެހޭ ކަމަށެވެ.

ބާސާއިން ވަނީ ހިލޭ ޓްރާންސްފާއެއްގައި  ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ވެސް ހޯދާފައެވެ.

ބާސެލޯނާއިން އެންމެ އިސްކަމެއް ދިން ލެވަންޑޯސްކީ ހޯދުމަށްފަހު އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނީ އެހާ ހިސާބުން ނިންމާލީ ނޫން ކަމަށެވެ. ކުރިއަށް ދެން އޮންނާނީ ޑިފެންސް އަށް ރަނގަޅު ކުޅުންތެރިން ހޯދުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު