Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮޑީބިލްޑިންގ މުބާރާތުން ދެވަނަ ރަން މެޑަލް

ރާއްޖެއަށް ދެވަނަ ރަން މެޑަލް ހޯދައިދިނީ މޯޑު

19 ޖުލައި 2022 | އަންގާރަ 10:50

މުބާރާތުގައި މިއަދު މޯޑު ރަން މެޑަލް ހޯދީ ބޮޑީ ބިލްޑިންގ އަޕް 55ގެ ކެޓަގަރީން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 10:50
ރަން މެޑަލް ހޯދި މޯޑް

ރަން މެޑަލް ހޯދި މޯޑް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާ ބޮޑީ ބިލްޑިންގ އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެވަނަ ރަން މެޑަލް މުހައްމަދު މޫސާ (މޯޑް) ހޯދައިފިއެވެ.

ކ. މާފުށީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު މޯޑު ރަން މެޑަލް ހޯދީ ބޮޑީ ބިލްޑިންގ އަޕް 55ގެ ކެޓަގަރީންނެވެ. މި ކެޓަގަރީން މޯޑު ރަން މެޑަލް ހޯދީ މިޔަންމާ، ވިއެޓްނާމް، އިންޑިއާ އަދި އިރާގުގެ އެތުލީޓުންނާ ވާދަކޮށް ކުރިހޯދައިގެންނެވެ. މީގެ ކުރިން މޯޑު ވަނީ 2021 ވަނަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ.

ރާއްޖޭގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިނީ އަޒުނީން ރަޝާދު އެވެ. އޭނާ ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީންނެވެ. މީގެ އިތުރުން ރާއްޖޭގެ މުހައްމަދު އިމްރާން ވަނީ މުބާރާތުގައި ލޯ މެޑަލް ހޯދާފައެވެ. އިމްރާން ލޯ މެޑަލް ހޯދީ އޯވަރ 180 ސީއެމް ކެޓަގަރީންނެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕްޓު 175 ސީއެމުން މެޑަލް ހޯދައިފައެވެ.

މިއީ އޭޝިއަން ބޮޑީބިލްޑިންގ މުބާރާތުގައި ރާއްޖެއިން ހޯދި ތިންވަނަ ރަން މެޑަލެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ރަން މެޑަލެއް ހޯދާފައެވެ. މިފަހަރުގެ މުބާރާތަށް ރާއްޖެއިން ނިކުތީ 10 މެޑަލް ހޯދުމަށް އަމާޒުހިފައިގެންނެވެ. މާފުށީގައި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 21ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް