Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެބާސްޓިއަން ހޭލަރއަށް އަނިޔާވުން

ސެބާސްޓިއަން ހޭލަރއަށް ޓެސްޓިކިއުލަރ ކެންސަރު ޖެހިފައި ހުރިކަން ޑޯޓްމުންޑުން ޔަގީންކޮށްދީފި

19 ޖުލައި 2022 | އަންގާރަ 04:46

ހޯމަ ދުވަހު އޮތް ފަރިތަކުރުންތަކުގެ ތެރޭގައި ވަނީ ޞިއްހީ މައްސަލައެއް ދިމާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 04:46
ސެބާސްޓިއަން ހޭލަރ

ސެބާސްޓިއަން ހޭލަރ

ބޮރޫޝިއާ ޑޯޓްމުންޑް ފަރިތަކުރުންތަކުގެ ތެރެއިން ޞިއްހީ މައްސަލައެއް ކުރިމަތިވި ސެބާސްޓިއަން ހޭލަރއަށް ޓެސްޓިކިއުލަރ ކެންސަރު ޖެހިފައި ހުރިކަން އެ ޓީމުން ޔަޤީންކޮށްދީފިއެވެ.

އަޔެކްސް ދޫކޮށް ސެބާސްޓިއަން ހޭލަރ ޑޯޓްމަންޑާ ގުޅުނީ މި ހިނގާ ޖުލައި މަހުގެ ތެރޭގައެވެ. 31 މިލިއަން ޕައުންޑަށް ޑޯޓްމުންޑާ ގުޅުނު ސެބާސްޓިއަން ހޭލަރއަށް ވަނީ ހޯމަ ދުވަހު ޑޯޓްމަންޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޞިއްހީ މައްސަލައެއް ދިމާވެފައެވެ. އެއާއެކު އޭނާއަށް ފަރުވާދީ، ޓެސްޓުތައް ހެދުމަށްފަހު އެ ޓީމުން ވަނީ އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ސްޓޭޓްމަންޓެއް ނެރިފައެވެ.

އެ ސްޓޭޓްމަންޓުގައި ޑޯޓްމުންޑުން ބުނެފައިވަނީ އެ ޓީމުން ސްވިޒަލޭންޑުގެ ބޭޑް ރަގާޒްގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލައަކާ ހެދި އޭނާ ޓްރެއިނިން ކޭމްޕު ދޫކޮށްލަން ޖެހުނު ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ މިހާރު ވަނީ ޑޯޓްމަންޑަށް ދަތުރުކޮށްފައި ކަމަށް ކުލަބުން ބުނެފައިވެއެވެ. ޑޯޓްމަންޑުން ބުނީ ދިމާވި މައްސަލައާ ގުޅިގެން އާނާގެ މެޑިކަލް ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި، ނަތީޖާއިން ފެންނަ ގޮތުގައި އޭނާއަށް ޓެސްޓިކިއުލަރ ކެންސަރު ޖެހިފައިވާކަމަށެވެ.

އެކަމާ ގުޅިގެން ޑޯޓްމުންޑުން ވަނީ ކުޅުންތެރިޔާއަށާއި އޭނާގެ އާއިލާއަށް ޕްރައިވަސީ ދޭން އެ ޓީމުން އެދޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން މިކަމާ ގުޅޭ ގޮތުން ކުޅުންތެރިޔާއާއި އޭނާގެ އާއިލާއާ އެއްވެސް ސުވާލެއް ނުކުރުމަށް އެދޭ ކަމަށާއި، ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަށް ޓީމުން އެކަން ހިއްސާކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޑޯޓްމުންޑުގެ ސްޕޯޓިން ޑިރެކްޓަރު ބުނީ އެ ޚަބަރަކީ ޓީމުގެ އެންމެނަށް ޝޮކެއް ލިބިގެން ދިޔަ ޚަބަރެއް ކަމަށެވެ. މީގެ އިތުރުން ސެބާސްޓިއަން ހޭލަރގެ ފަރުވާގެ ކަންތައްތަކާއި، އެކަމުން އަރައިގަތުމަށް ޑޯޓްމަންޑުން އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ފަރުވާގެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް އޭނާ ބުނީ ކުޅުންތެރިޔާއަށް ލިބޭ ފަރުވާއަކީ އެންމެ ރަނގަޅު ފަރުވާތޯ ވެސް ޑޯޓްމުންޑުން ޔަގީން ކުރާނެ ކަމަށެވެ.

ޑޯޓްމުންޑުން ސެބާސްޓިއަން ހޭލަރ ހޯދީ އެ ޓީމަށް ކުޅެމުން އައި އާލިން ހާލަންޑު ޓީމު ދޫކޮށްލުމުންނެވެ. ޑޯޓުމަންޑަށް ބަދަލުވުމުގެ ކުރިން ސެބާސްޓިއަން ހޭލަރ ކުޅުނީ އަޔެކްސްއަށެވެ. އޭނާ ވަނީ އަޔެކްސްއަށް ކުޅެދިން 66 މެޗުގައި 47 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2022

ސީޒަން ފެށިއިރު ޓީސީއަކީ އަށްވަނަ ޓީމް، ލީގުގެ ނަތީޖާތަކާމެދު ކޯޗު ނިޒާމް ހިތްހަމަޖެހިފައި!

11 އޯގަސްޓު 2022
ސީޒަން ފެށިއިރު ޓީސީއަކީ އަށްވަނަ ޓީމް، ލީގުގެ ނަތީޖާތަކާމެދު ކޯޗު ނިޒާމް ހިތްހަމަޖެހިފައި!
12 ނޮވެމްބަރު 2020

ކޮވިޑް-19 ޖެހިފައި ހުއްޓައި ވީޑާ މެޗެއް ކުޅެފި

12 ނޮވެމްބަރު 2020
ކޮވިޑް-19 ޖެހިފައި ހުއްޓައި ވީޑާ މެޗެއް ކުޅެފި
24 މެއި 2020

ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތް ފަސްކޮށްފި

24 މެއި 2020
ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތް ފަސްކޮށްފި
19 އެޕްރީލު 2020

އެއްބަސްވުމުގެ މައުލޫމާތު ލީކުވުމުން، ބަޔާން ދެކެ ނޯޔާ ހިތްހަމަނުޖެހިފައި

19 އެޕްރީލު 2020
އެއްބަސްވުމުގެ މައުލޫމާތު ލީކުވުމުން، ބަޔާން ދެކެ ނޯޔާ ހިތްހަމަނުޖެހިފައި
16 އެޕްރީލު 2020

އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޗެލްސީން 78،000 މީލް ޕެކް ފޯރުކޮށްދެނީ

16 އެޕްރީލު 2020
އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޗެލްސީން 78،000 މީލް ޕެކް ފޯރުކޮށްދެނީ
26 މާރިޗު 2020

ފެޑެރާގެ މާލީ އެހީތެރިކަން ހާލުގައި ޖެހިފައިވާ އާއިލާތަކަށް

26 މާރިޗު 2020
ފެޑެރާގެ މާލީ އެހީތެރިކަން ހާލުގައި ޖެހިފައިވާ އާއިލާތަކަށް
03 މެއި 2018

ރެފްރީންގެ ނިންމުންތަކާއި މެދު ރޯމާގެ ކޯޗު ހިތްހަމަނުޖެހިފައި

03 މެއި 2018
ރެފްރީންގެ ނިންމުންތަކާއި މެދު ރޯމާގެ ކޯޗު ހިތްހަމަނުޖެހިފައި
25 ޑިސެމްބަރު 2017

ބަޔާންއާ މެދު ޖޭމްސް ހިތްހަމަޖެހިފައި

25 ޑިސެމްބަރު 2017
ބަޔާންއާ މެދު ޖޭމްސް ހިތްހަމަޖެހިފައި
24 ޑިސެމްބަރު 2017

ޔުނައިޓެޑާމެދު މޮރީނިއޯ ހިތްހަމަނުޖެހިފައި!

24 ޑިސެމްބަރު 2017
ޔުނައިޓެޑާމެދު މޮރީނިއޯ ހިތްހަމަނުޖެހިފައި!
22 ނޮވެމްބަރު 2017

ސެވިއްޔާގެ ކޯޗަށް ކެންސަރު ޖެހުނުކަން އިއުލާންކުރީ ލިވަޕޫލް މެޗަށް ފަހު

22 ނޮވެމްބަރު 2017
ސެވިއްޔާގެ ކޯޗަށް ކެންސަރު ޖެހުނުކަން އިއުލާންކުރީ ލިވަޕޫލް މެޗަށް ފަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް