Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެފްރީންގެ ނިންމުންތަކާއި މެދު ރޯމާގެ ކޯޗު ހިތްހަމަނުޖެހިފައި

3 މެއި 2018 | ބުރާސްފަތި 16:54

ރޯމާ މި ސީޒަނުގެ މުބާރާތުން ކެޓީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 މެއި 2018 | ބުރާސްފަތި 16:54
ފްރެންޗެސްކޯ ރޭގެ މެޗުގައި ރޯމާއަށް އިރުޝާދުދެނީ

ފްރެންޗެސްކޯ ރޭގެ މެޗުގައި ރޯމާއަށް އިރުޝާދުދެނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަލަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ފަރާތުން ފެނުނު ބައެއް ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް އަސަރުކުރި ކަމަށް އިޓަލީގެ ރޯމާގެ ކޯޗު ޔޫސޭބިއޯ ޑި ފްރެންޗެސްކޯ ބުނެފިއެވެ.

1984 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފެނިގެންދިޔަ ރޯމާ މި ސީޒަނުގެ މުބާރާތުން ކެޓީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެގެންނެވެ. މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން 5-2 އިން ރޯމާ ބަލިވި ނަމަވެސް އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 4-2 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ބައެއް ނިންމުންތަކާއި ގުޅިގެން ރޯމާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފްރެންޗެސްކޯ ބުނީ ޔުއެފާއާ ދެކޮޅަށް ބަސް ބުނުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ކްލަބްއިން ކަމަށެވެ. އޭނާ ބުނީ އޭނާއަށް އެއްޗެއް ބުނެވޭނީ ކުޅުންތެރިންނާއި ދިމާލަށް ކަމަށާއި ފަހުވަގުތު ވެސް ޝަކުވާ ކުރުމުގެ ބަދަލުގައި ކުޅުންތެރިން ޖެހޭނީ ހިތްވަރުކޮށް މަސައްކަތްކުރަން ކަމަށެވެ.

އޭނާ ބުނީ ރެފްރީންގެ ނިންމުންތަކާއި ގުޅިގެން ޒުވާބު ކުރަން ނުޖެހޭ ކަމަށާއި އެކަމާއި ގުޅިގެން މެޗުތެރޭ ރުޅިވެސް އައި ކަމަށެވެ. އެގޮތުން މެޗުގައި ބާކީ 20 މިނެޓު އޮއްވާ ލިބެންޖެހޭ ޕެނަލްޓީއެއް ވެސް ނުލިބޭ ކަމަށާއި ލިވަޕޫލްގެ ކުޅުންތެރިޔަކަށް ރަތް ކާޑު ވެސް ދައްކަން ޖެހޭ ކަމަށެވެ. އެގޮތަށް ކަންކަން ނިމިގެންދިޔަނަމަ ނަތީޖާ ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އަމިއްލަ އަތުން ވެސް ހެދުނު ގޯސްތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށް ފްރެންޗެސްކޯ ބުނެފައިވެއެވެ.

އޭނާ ބުނީ މިއީ ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށައި އެހެން ނަމަވެސް އަދިވެސް ހިތްހަމަނުޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ލިވަޕޫލް ކޮޅަށް އިތުރު ލަނޑުތަކެއް ވެސް ޖެހުމަށް ފުރުސަތު ލިބުނު ކަމަށާއި ދެވަނަ ހާފުގައި ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އޭނާއަށް ފަހުރުވެރިވެވޭ ފެންވަރުގެ ކުޅުމެއް ކަމަށް ފްރެންޗެސްކޯ ބުނެފައިވެއެވެ.

އަންނަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގައި ރޯމާ ފެންނަންޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ކަމަކީ ސެރީއޭގެ ހަތަރު ވަނަ މަގާމު ކަށަވަރުކުރުން ކަމަށް ފްރެންޗެސްކޯ ބުނެފައިވެއެވެ. މުބާރާތުގައި ވާދަކުރެވޭނެކަން އެންމެނަށް ވެސް ދެއްކިއްޖެ ކަމަށާއި މިއީ ވަރަށް ތާރިހީ ސީޒަނެއް ކަމަށް ފްރެންޗެސްކޯ ބުނެފައިވެއެވެ. މިހާ ހިސާބުން ހުއްޓާލަން ބޭނުންނުވާ ކަމަށާއި އަދިވެސް ބޭނުންވަނީ އިތުރަށް ކުރިޔަށްދާން ކަމަށް ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ފްރެންޗެސްކޯ ބުނެފައިވެއެވެ.

ރޯމާ މިވަގުތު އޮތީ ކުޅުނު 35 މެޗުން ލިބުނު 70 ޕޮއިންޓާއެކު އިޓާލިއަން ސެރީއޭގެ ތިންވަނައިގައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް