Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެވަންޑޯސްކީ ބާސާއަށް ބަދަލުވުން

"ކުޑަ މުސާރައެއް ލިބޭ ގޮތަށް ބާސާއަށް ގުޅުނީތީ ލެވަންޑޯސްކީއަށް ޝުކުރު އަދާކުރަން ޖެހޭ"

ބާސާގައި ލެވަންޑޯސްކީއަށް ލިބެނ، ޕީއެސްޖީ އަދި ޗެލްސީން ހުށަހެޅި ވަރަށްވުރެ ކުޑަ މުސާރައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 03:33
ބާސާގެ ރައީސް ލަޕޯޓާ އަދި ލެވަންޑޯސްކީ

ބާސާގެ ރައީސް ލަޕޯޓާ އަދި ލެވަންޑޯސްކީ

ކުޑަ މުސާރައެއް ލިބޭ ގޮތަށް ބާސެލޯނާއަށް ގުޅުނީތީ ޕޮލޭންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ޝުކުރު އަދާކުރަންޖެހޭ ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލަން ލެވަންޑޯސްކީ ނިންމީ ހިސާބުން ބާސާއިން އައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބާސާއަށް ޝައުގުވެރިކަން އޮތްކަން ފާޅުކޮށް، ލެވަންޑޯސްކީ ބާސާއަށް ގުޅުނީ އޭނާއަށް އެހެނިހެން ބޮޑެތި ކުލަބުތަކުގެ ފަރާތުން ހުށަހެޅުން ލިބިފައި އޮއްވައެވެ. ބާސާއާ ގުޅި، ލެވަންޑޯސްކީ މިހާރު ހުރީ އެ ޓީމުގެ ކޭމްޕުގައި ބައިވެރިވުމަށް އެމެރިކާގައެވެ. އޭނާ ވަނީ އެ ޓީމުގެ ކުޅުންތެރިންގެ އިތުރުން ރައީސް ޖޯން ލަޕޯޓާ އާއި ކޯޗު ޒަވީ ހެނާންޑޭޒްއާ ވެސް ބައްދަލުކޮށްފައެވެ.

ލެވަންޑޯސްކީ ޓީމާ ގުޅުނު ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ލަޕޯޓާ ބުނީ ލެވަންޑޯސްކީގެ ޑީލް ކާމިޔާބުކުރުމަށްފަހު، މިހާރު ޓީމުގެ ވިސްނުން ހުރީ ޑިފެންސްގައި ކުޅޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށެވެ. މީގެ އިތުރުން އޭނާ ބުނީ، ލެވަންޑޯސްކީ ހޯދުމަށް އެ ޓީމުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީއާ ވާދަކުރިކަމަށެވެ. އެ ޓީމުތަކުގެ ހުށަހެޅުން ލިބިފައި ވަނިކޮށް، ލެވަންޑޯސްކީ ނިންމީ ބާސާއާ ގުޅެންކަން ފާހަގަކޮށް ލަޕޯޓާ ބުނީ ބާސާގައި ލެވަންޑޯސްކީއަށް ލިބޭނީ އެ ޓީމުތަކުން ހުށަހެޅިވަރަށްވުރެ ކުޑަ މުސާރައެއް ކަމަށެވެ. އެހެންކަމުން ބާސާއިން އެކަމަށްޓަކައި ލެވަންޑޯސްކީއަށް ޝުކުރު އަދާކުރަން ޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ބާސާއިން ވަނީ ގިނަ ކުޅުންތެރިންތަކެއް ހޯދާފައެވެ. އިތުބާރު ފޯވާޑް ލެވަންޑޯސްކީގެ އިތުރުން އެ ޓީމުން ވަނީ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ރަފީނިއާ ވެސް ހޯދާފައެވެ. ރަފީނިއާގެ ޑީލް ވެސް ބާސާއިން ކާމިޔާބުކުރީ ބޮޑެތި ކުލަބުތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
17 އެޕްރީލު 2017

ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

17 އެޕްރީލު 2017
ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު