Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

އީޔޫއިން ޔޫކްރެއިނަށް އިތުރު 500 މިލިއަން ޔޫރޯގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފި

18 ޖުލައި 2022 | ހޯމަ 17:48

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށިފަހުން އީޔޫއިން ޔޫކްރެއިިނަށް ފޯރުކޮށްދިން އެހީގެ އަދަދު ވަނީ 2.5 ބިލިއަން ޔޫރޯއަށް އަރާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 ޖުލައި 2022 | ހޯމަ 17:48
ބްރަސްލްްސްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަން ހެޑްކުއާރޓަރ

ބްރަސްލްްސްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަން ހެޑްކުއާރޓަރ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ޔޫކްރެއިނަށް 500 މިލިއަން ޔޫރޯގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޯމަ ދުވަހު އީޔޫގެ ފޮރިން މިނިސްޓަރުން ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިނަށް ހަތިޔާރު ހޯދައިދިނުމަށް އެގައުމަށް އިތުރު 500 މިލިއަން ޔޫރޯގެ އެހީ ފޯރުކޮށްދޭން ނިންމާފައެވެ.

މިއާއެކު ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށިފަހުން އީޔޫއިން ޔޫކްރެއިިނަށް ފޯރުކޮށްދިން އެހީގެ އަދަދު ވަނީ 2.5 ބިލިއަން ޔޫރޯއަށް އަރާފައެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ އީޔޫގެ ފޮރިިން މިނިސްޓަރުންގެ ބައްދަލުވުމުގައި ޔޫކްރެއިނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް ސްވިޑްންގެ ފޮރިން މިނިސްޓަރު އެން ލިންޑޭ ވަނީ ވިދާޅުވެފައެވެ. މި އެހީއާއެކު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް، ގުޅިގެން ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގައި ދެމި ތިބެވޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އީޔޫއިން އެޖަމްއިއްޔާގެ 7 އަހަރުގެ ބަޖެޓުން އަސްކަރީ ހަރަކާތްތަކަށް ޚަރަދުކުރުމަކީ އާންމުކޮށް އެޖަމިއްޔާއިން ކުރާކަމެއްނޫނެވެ. ނުވަތަ އެކަމަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ. އެހެންނަމަވެސް އެޖަމްއިއްޔާގެ ޔޫރަޕިއަން ޕީސް ފެސިލިޓީން އަސްކަރީ ހަރަކާތްތަކަށް ޚަރަދުކުރުމަށް 5 ބިލިއަން ޔޫރޯގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

އީޔޫއިން އެންމެ ފުރަތަަމަ ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނުތަނުންނެވެ. އެހެންކަމުން 5 މަސް ދުވަހުގެ ތެރޭގައި އެޖަމްއިއްޔާއިން 7 އަރަހަށް ކަނޑައަޅާފައިވާ ބަޖެޓެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއްގެ އެހީ ޔޫކްރެއިނަށް ފޯރުކޮށްދިނުމާއެކު، ހަނގުރާމަ ދިގުލައިގެންދާނަމަ އެޖަމްއިއްޔާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުންދާނީ ކިހިނެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހަނގުރާމަ ދިގުލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކުރައްވައި އީޔޫގެ ޓޮޕް ޑިޕްލޮމެޓެއް ކަމަށްވާ ޖޯސެޕް ބޮރެލް ވަނީ، އެޖަމްއިއްޔާއިން ޔޫކްރެއިނާއެކު ވާނެކަމަށް ވިދާޅުވެފައެވެ. އަދި މިހަފުތާގެ ތެރޭގައި އީޔޫގެ ގައުމުތަކުން ރަޝިއާގެ ރަނުގެ އިމްޕޯޓަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ ގައުމުތަކުން މިހާތަނަށް އައިއިރު ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި; އެގައުމުގެ ސެންޓްރަލް ބޭންކާއެކު މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުމާއި، ބޭންކްގެ އެސެޓްތައް ފްރީޒް ކުރުމާއި، ރަޝިއާއާއެކު އައު އިންވެސްޓްމެންޓްތައް ކުރުން ހުއްޓާލުމުގެ އިތުރުން ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާނުކުރުން ހިމެނެއެވެ.

މިފިޔަވަޅުތަކާއި އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ އަސްކަރީ ޚާއްސަ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް