Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖު

ހައްޖު ކޯޓާއާ ގުޅޭ ކަންކަން އަލުން ކުރިއަށް ގެންދަން އަނެއްކާ ވެސް އޭސީސީން އަންގައިފި

ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 06:37
ހައްޖަށް މީހުން ގެންދިއުމުގައި ބަޔަކާ ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތަކެއް

ހައްޖަށް މީހުން ގެންދިއުމުގައި ބަޔަކާ ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތަކެއް

ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދެ ވަނަ ފަހަރަށް އިސްލާމިކް މިނިސްޓްރީ އަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ކަންތައްތަކާ ގުޅޭ ގޮތުން އޭސީސީގެ ސިޓީއެއް އެ އިދާރާ އަށް އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އޭސީސީގެ ސިޓީއާ ގުޅިގެން އަމަލު ކުރާނެ ވަކިގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އޭސީސީން ބުނީ ހައްޖަށް ގެންދިއުމުގެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ވަނަ އެންގުމެއް އިސްލާމިކް މިނިސްޓްރީ އަށް އެންގީ ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ދެ ވަނަ ފަހަރަށް ކުންފުނިތަކާ ހަވާލުކުރި ގޮތާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެންނެވެ. އެކަން މިހާރު ތަހްގީގުކުރަމުން ގެންދާ ކަމަށް ވެސް އޭސީސީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މީހުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އޭސީސީން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭސިސީން ބުނީ އަންގާފައިވާ ގޮތަށް އަމަލުނުކުރާ ނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީން އަލުން އިވެލުއޭޓު ކުރަން އަންގާފައިވަނިކޮށް މި މަހުގެ ހަތް ވަނަ ދުވަހު އިވެލުއޭޓު ނުކޮށް ކޯޓާ ދޭން ނިންމާފައިވަނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށާއި ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތަށް ނިންމީ އަވަސް ގޮތެއްގައި ކަންކަން ހަމަނުޖެހިއްޖެ ނަމަ ހައްޖަށް މީހުން ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަލުން އިވެލުއޭޓު ކުރަން އަންގާފައިވަނިކޮށް އިވެލުއޭޓު ކުރުމެއް ނެތި ހައްޖު ކޯޓާ ދޭނެ ކުންފުނިތައް ކަނޑައެޅި މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

އެކްރޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭސީސީގެ އެންގުމާ ހިލާފަށް އަމަލުކޮށްފައިވާތީ އެ ނިންމުން ބާތިލުކޮށް ބިޑު ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލުތައް އިވެލުއޭޓުކޮށްގެން ކޯޓާ ދޭނެ ކުންފުނިތައް ހޯދުމަށް އަމުރުކޮށްދިނުމަށް އެދިއެވެ.

މިއަހަރު ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި އާއްމުކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކާއި އެބައިތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު ޕްރީބިޑް މީޓިންގައި ދީފައިވީ ނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައި ވަނީ ޕްރީ ބިޑު މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައެޅިއިރު ޚިދުމަތާއި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ދޭން ކަނޑައަޅާފައިވާ %50 ބަހާލެވިފައިވާ ކެޓަގަރީތަކާއި އެކެޓަގަރީތަކަށް ދޭނެ ޕޮއިންޓް ޕްރީބިޑް މީޓިންގައި ދީފައިވީ ނަމަވެސް، ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި އެ ކެޓަގަރީތަކަށް ކަނޑައެޅި ޖުމްލަ މާކްސް ސަބްކެޓަގަރީތަކަކަށް ބަހާލައިގެން ދީފައިވާއިރު އެ ސަބްކެޓަގަރީތަކަކީ ކޮބައިކަމާއި ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅި ގޮތުގެ ތަފްޞީލް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާ ޙިއްޞާކޮށްފައިނުވާކަން އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެހެންވުމުގެ ސަބަބުން، ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައެއް ބައިތަކުގެ މަޢުލޫމާތު ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައި ވަނީ އެ މަޢުލޫމާތު އެފަރާތްތަކަށް ލިބިފައިނުވުމުގެ ސަބަބުން އެ މަޢުލޫމާތަކީ ހުށަހަޅަންޖެހޭ މަޢުލޫމާތުކަން ނޭނގޭތީ އެ މަޢުލޫމާތު ހުށަހަޅާފައިނުވުމުންކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ބުނީ މިކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީ ވެސް ހަމަހަމަ އުޞޫލުންކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުޙުމަތުކުރެވޭތީ، ޕްރީބިޑް މީޓިންގގައި ދީފައިވާ މަޢުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ “ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑު” އަކީ އިވެލުއޭޓްކުރެވޭނެ މިންގަނޑެއް ނޫން ކަމަށް ވާތީ ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގގައި ދެވުނު މަޢުލޫމާތުގައި ހިމަނާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އޭސިސީން ބުނީ ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިފައިކޮށްފައިވާ ނުވަ ފަރާތުގެ ތެރެއިން ތިން ފަރާތް ފިޔަވައި އަނެއް ހަ ފަރާތް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރަނގަޅަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އޭސީސީން ވަނީ، އިސްލާމިް މިނިސްޓްރީގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށާއި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު އިވެލުއޭޝަން ކޮމިޓީގައި މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭގޮތަށް އާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލުމަށް އްނަގާރަފައެވެ. އަދި އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށްކަމަށާއި، އިވެލުއޭޝަން ކޮމިޓީން ފަހުން ތައްޔާރުކޮށްފައިވާ މިންގަނޑަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ހަދާފައިވާ މިންގަނޑެއްކަމަށް ތުޙުމަތުކުރެވޭތީ، އެ މިންގަނޑު ބާޠިލްކުރުމަށް ފަހު އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް އިވެލުއޭޓްކުރުމަށް، އިސްލާމިކް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަން 15 ކުންފުންޏަކުން ކުރިމަތިލިއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހަކު އަމިއްލައަށް އިއުތިރާވްފާ އޯޑިއޯތަކެއް ލީކުވެފައިވަނިކޮށެވެ. އޮފިޝަލް ބޭނުންވާ ގޮތައް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާކަން އޯޑިއޯއިން ހާމަވެ އެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ފުރަތަމަ ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު