Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިން ސްކީމް

ގޯއްޗާއި ފުލެޓްއަށް އެދި 5300ށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅައިފި

ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2022 | ހުކުރު 11:45
ހުޅުމާލެ ފޭސް 2 -  މިތަނުން 1000 ގޯތި ދޫކުރާނެ

ހުޅުމާލެ ފޭސް 2 - މިތަނުން 1000 ގޯތި ދޫކުރާނެ

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 5300އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ޕްލޭނިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ހުޅުވާލުމާއެެކު އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް 5300އަށް ވުރެ ހިނަ ފޯމް އޮންލައިންކޮށް ހުށަހަޅާފައިވާ ކަމަށާއި، ފޯމްތައް ލިބެމުން ދާ ވަރަކަށް އެ ބަލަމުންދާނެ ކަމަށެވެ. ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި، ގޯތި ލިބޭނެ ގޮތްތަކާއި، ޝަރުތުތަކާއި ލިބޭ ގޯތީގެ ސައިޒްތައް ވަނީ އާންމުކޮށްފައެވެ.

ޝަރުތު ހަމަވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ރައްޔިތެއް ކަމުގައިވުން (މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތަކަށް)، އުމުރުން 18 އަހަރު ފުރިފައިވުން (އުމުރު ހަމަވެފައިވާކަމަށް ބަލާނީ ސްކީމްގެ ފޯމް ހުށަހަޅާ މުއްދަތުގެ ތާރީހަށް)، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުމާއި، މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން އަދި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލާ، ނުވަތަ ވިއްކާލާފައިވާ ފަރާތަކަށް ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެއެވެ. އެޕްލިކެންޓްގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެވެސް ޝަރުތު ހަމަވާންވާނެއެވެ. ޖޮއިންޓް އެޕްލިކޭންޓުންގެ ގޮތުގައި އެޕްލިކޭޝަން ހުށަހެޅޭނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިންނެވެ. "ބެހެނިވެރިން" ކަމުގައި ބަލާނީ ބިން ރަޖިސްޓްރީވެފައިވާ މީހުންނެވެ. އަދި އާއިލާ ކަމަށް ބަލާނީ (އިމީޑިއަޓް ފެމިލީ) މަންމަ، ބައްޕަ އަދި ދަރިންނެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާ ފަރާތްތަކުން ދޫކޮށްލާ ބިމާ މެދު އަމަލުކުރާނެ ގޮތްތަކުގެ ތެރޭގައި ހިމެނެނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ބިމުން އެމީހާ ދޫކޮށްލާ ބައި ލިބޭނީ ބިމުގެ ދެންތިބި ބެހެނިވެރިންނަށެވެ. ނުވަތަ ބިން ނިސްބަތްވާ ހުރިހާ ބެހެނިވެރިން ދޫކޮށްލުމުން އެބިން ލިބޭނީ ސްކީމް ހިންގާ ފަރާތަށެވެ. އަދި ތިމާގެ ނަމުގައި އެކަނި ރަޖިސްޓްރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން އެ ބިން ލިބޭނީ ސްކީމް ހިންގާ ފަރާތަށެވެ.

ބަންޑާރަ ގޯއްޗަކުން ބިމުން ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމުން އެބައި ލިބޭނީ އެ ބިމުގެ ދެންތިބި ވާރިސުންނަށެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށްޓަކައި، ފޯމްތައް އިވެލުއޭޓް ކުރުމުގެ ބޭނުމަށް، އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހައިލެވޭނެއެވެ. އެހެންނަމަވެސް އެ ކެޓަގަރީތަކަކީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ނޫނެވެ.

ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިވެލުއޭޓް ކުރުމަށް 6 ކެޓަގަރީއަށް ފޯމްތައް ބަހޭލެވޭނެއެވެ.

ކެޓަގަރީތަކުގެ ތެރޭގައި އިސްކަންދޭނެ ތަރުތީބަކީ، ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ކަންކަމުގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ، އާއިލާއެއްކޮށް ނުވަތަ ގޯތީގެ ހުރިހާ ބެހެނިވެރިން އެއްކޮށް ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ދެވަނައަށް އިސްކަންދޭނީ އާއިލާގެ މެންބަރުންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ނުވަތަ ގޯތީގެ ބެހެނިވެރިންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ތިން ވަނައަށް އިސްކަންދެވޭނީ އެކަނި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ގޯތި ލިބޭނެ ބޮޑުމިން ކަނޑައަޅާނެ ގޮތަކީ، ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ލާނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4000 އަކަފޫޓެވެ.

މާލޭ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް އެދުމުގެ ފުރުސަތު ވެސް ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ހުޅުމާލެގޯތި ގެދޮރުމާލެ ސިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު