Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެސިޓީއަށް ގެއްލުންތަކެއް

މާލެސިޓީއަށް 52 މޭލަށް ވައިގަވެ، ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 08:05
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި

ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެސިޓީއަށް ވަރަށް ބޮޑަށް ވައިގަދަވެ ގެއްލުން ލިބިއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހެނދުނު އައި ކޮޅިގަނޑުގައި ހުޅުލެ-ހުޅުމާލެއަށް ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.

Advertisement - newsAdvertisement

އެ ވަގުތު މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އެކި ހާދިސާތައް ހިނގާފައެވެ.

ރާއްޖޭގެ މޫސުން ގޯސްވުން 
18.07.2025
ރާއްޖޭގެ މޫސުން ގޯސްވުން 18.07.2025

ފުލުހުން ބުނީ، ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފިތުރޯނު މަގުގެ އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް މަގުމައްޗަށް ވެއްޓި އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އެ މަގުގެ، އެކި ސަރަހައްދުތަކަށް ގަހުގެ ގޮފިތައް ވެއްޓިފައިވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުން 
18.07.2025
ރާއްޖޭގެ މޫސުން ގޯސްވުން 18.07.2025

ހުޅުމާލެ-ފޭސް 2 ހުރި ބަސް ޓާމިނަލަށް ގެއްލުންވެފައިވާއިރު، އެސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ގެއްލުން ވެފައިވެއެވެ. އަދި މަސައްކަތް ކުރަމުންދާ އިމާރާތްތަކުންނާއި، ބައެއް ގެތަކުގެ ބެލްކަނީގައި ބަހައްޓާފައިހުރި ބައެއް ސަމާނާއި، ގަސްމުށިގަނޑު މަގުމައްޗަށް ވެއްޓިފައިވެއެވެ.

ވައިގަދަވާ ވަގުތު ބޭރުގައި މަޑުނުކުރުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުން 
18.07.2025
ރާއްޖޭގެ މޫސުން ގޯސްވުން 18.07.2025

ފުލުހުން ބުނީ، ހުރިހާ އެންމެންގެ ރައްކާތެރިކަމަށްޓަކައި، މޫސުން ގޯސްވެ، ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވާއިރު، ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުވުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު، ހެޑްލައިޓް ދިއްލުމާއި، ވަޔާއެކު ހަލާކުނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އުޅަނދު ދުއްވާއިރު، ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނު މައްޗަށް ނުދާނޭހެން ބެހެއްޓުން އަދި ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުން 
18.07.2025
ރާއްޖޭގެ މޫސުން ގޯސްވުން 18.07.2025

މި މަހުގެ 20 އާ ހަމައަށް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި، ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފާއިރު، ދަތުރަށް ފުރުމުގެ ކުރިން ސަމާލުވުމަށާއި، ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ބަލައި ގޯތި ގެދޮރާއި މުދާ ރައްކާތެރި ކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

މާލެ ސިޓީވިއްސާރަހުޅުމާލެގެއްލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު