ކ. މާލެ
|
13 ޖުލައި 2022 | ބުދަ 18:31
ލަންކާ ރައްޔިތުން މާލޭގައި ކުރި މުޒާހަރާތެރެއަށް ޕީޕީއެމް މީހުން ވަދެ އަޑުއުފުލަނީ
ލަންކާ ރައްޔިތުން މާލޭގައި ކުރި މުޒާހަރާތެރެއަށް ޕީޕީއެމް މީހުން ވަދެ އަޑުއުފުލަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރާއްޖޭގައި ތިބި ލަންކާ މީހުންގެ ސުލްހަވެރި މުޒާހަރާއަށް ޒަހަރުލީ ޕީޕީއެމް މީހުން!
 
އިދިކޮޅު ފަރާތްތަކުން މުޒާހަރާގެ ތެރެއަށް ވަދެ މުޒާހަރާ ހޫނުކުރި

ބުދަ ދުވަހު މުޅި ރާއްޖެ ނިދިން ހޭލައްވާލީ ލަންކާގެ މުޅި އިގުތިސާދު ބަނގުރޫޓްކުރުމުގެ ފަހަތުގައި ހުންނެވި އެގައުމުގެ ރައީސް ރާއްޖެ ވަޑައިގެން ހިމާޔަތް ހޯއްދެވިކަމުގެ އަޑުތަކާއެކުއެވެ. އެކި ފަރާތްތަކުން މިކަމާ ނުރުހުން ފާޅުކުރަމުންދިޔައިރު، އެކަމުގައި އެންމެ ބާރަށް އަޑު އުފުލަމުން ދިޔައީ ރާއްޖޭގައި، ވަކިން ޚާއްސަކޮށް ވެރިރަށް މާލޭގައި ތިބި ލަންކާ ރައްޔިތުންނެވެ. ލަންކާ ރައްޔިތުން ސުލްހަވެރި އެއްވުމެއް ބާއްވަން މަސައްކަތް ފެށި ހިސާބުން އިދިކޮޅު ޕީޕީއެމުން އެކަމުގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރިއެވެ. ޗާޖްކޮށްފައި ތިބި ބޮޓުންތަކެއްހެން، ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި ޕީޕިއެމްގެ ކުރީސަފުގައި އަޑު ބާރުކޮށް އުޅޭ ދައްތަމެން މިކަމުގެ ތެރެއަށް ވަންނަން ޕްލޭން ރާވައި ނިންމާލިއެވެ.

ސުލްހަވެރި އެއްވުން ބާއްވަން އެންމެ ރަނގަޅު ތަނަކީ ރައީސް އޮފީސް ކުރިމަތިކަމަށް ޕީޕިއެމްގެ އެކްޓިވިސްޓުން ދިޔައީ ރާއްޖޭގައި ތިބި ލަންކާ މީހުންނަށް ވިސްނައިދެމުންނެވެ. ހަަމަ މިއާއެކު ޕީޕީއެމުން ޗާޖް ކޮށްފައި ތިބި ބޮޓުންތައް ލަންކާގެ ނޫސްތަކަށް އެ މައުލޫމާތު ދެމުން ދިޔައެވެ. ނަމަވެސް އަޑީގައި ތިބެގެން ލަންކާގެ ރައްޔިތުން ކުރަން އުޅުނު ސުލްހަވެރި އެއްވުން ހޫނުކުރަން މަސައްކަތްކުރިކަމެއް ލަންކާ ރައްޔިތުންނަކަށް ނޭނގެއެވެ. އެންމެ ފަހުން މުޒާހަރާގެ ބައިވެރިންނަށް، އެއީ ރަނގަޅު ނޫންކަމެއްކަން އެނގުމުން ކާނިވަލުގައި ސުލްހަވެރި އިހުތިޖާޖު ބާއްވަން ނިންމިއެވެ.

ސުލްހަވެރި އިހްތިޖާޖު ފެށިގެން ދިޔައީ ވަރަށް އަމާންކަމާއެކުގައެވެ. ފުލުހުން ދިޔައީ އެތަނުގައި ތިބި މީހުންނަށް އެ ފުރުސަތުދީ، އެތަނުގެ ކަންކަން ބަލަހައްޓައި ޓްރެފިކް މެނޭޖްކުރަމުންނެވެ. އެތަނަށް ފުރަތަމަ ދިޔަ ނޫސްވެރިންނަށް މި މަންޒަރުވެސް ފެންނާނެއެވެ. ނަމަވެސް ސޯޝަލް މީޑިޔާއާއި އެހެނިހެން ތަންތަނުގައި މިކަން ހޫނުކުރަން މަސައްކަތްކުރި ބަޔަކު އެންމެ ފަހުން އެތަނަށް އެއްވެ، ލަންކާ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާގެ މުޅި މަންޒަރު ބަދަލުކޮށްލަން މަސައްކަތްކުރިއެވެ. ލަންކާ ރައްޔިތުން ގޮވަމުން ދިޔައީ އެމީހުންގެ ރައީސް ރާއްޖެއިން ފޮނުވާލުމަށެވެ. ނަމަވެސް ޕީޕީއެމް މީހުން އެތަނަށް ވަދެ ހުދޫދުން ބޭރުވެ، އެއްޗެހިގޮވަން ފެށީ ސަރުކާރަށެވެ.

ފުލުހުން ހުއްދަދީގެން، ފުރުސަތުދީގެން ލަންކާ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާއަށް ޕީޕީއެމްގެ މަދު ބޮޓުންތަކެއް ވަދެ ޒަހަރުލީއެވެ. މިކަމުގައި ސީދާ ސިޓީކައުންސިލުން ޗާޖުކޮށްފައި ތިބި މީހުންވެސް ތިއްބެވެ. އިރު އެރީއްސުރެ ގޮވަމުން ދިޔައީ އެއް ގޮވެއްޔެކެވެ. އެކި ބަހުރުވައިން ޓްވީޓްކޮށް ދޮގު ވާހަކަ ފަތުރަމުންނެވެ.

މިހުރިހާ ދުވަހު ލަންކާ ރައްޔިތުން އުޅުނު ހާލު މިއަދު އިދިކޮޅު މީހުންނަށް ފެނުނުފަދައެވެ. ލަންކާގައި ހިނގަމުންދިޔަ ކަންކަން ފެނި އެނގިތިބެ ބަސް ނުބުނި ބަޔަކު މިއަދު ކުއްލިއަކަށް ގަދަ ނިންޖަކުން ހޭލިގޮތަށް "ހަރަކާތު ކޮމިޓީ"ގެ ނަމުގައި އޮންނަ ކޮމިޓީއަކުން ނުކުމެ ބަަޔަކު މީހުން ކުރި މުޒާހަރާގެ މުޅި މަންޒަރު ބަދަލުކޮށްލަން މަސައްކަތްކުރިއެވެ. މުޒާހަރާ ހޫނުކޮށް އިދިކޮޅު ޕީޕީއެމުން ބޭނުންވި މަންޒަރު ދައްކަން ލައްކަ މަސައްކަތް ކުރިއެވެ. އެކި ގޮތްގޮތަށް ފޮޓޯ ނަގައި، ޓްވީޓްކޮށް، ލަންކާ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން މަސައްކަތްވެސްކުރިއެވެ. މިއީ ފުކެއް ބޮޑުވަރެވެ. ފިތުނަވެރިވާންވެސް ވާނީ ހިތަށް ކުޅަދާނަ މިންވަރަކަށެވެ.

އެއްވެސް ހާލެއްގައި ރާއްޖެއިން ގޮތަބަޔާއަށް ހިމާޔަތްދީގެން ނަމަވެސް، ނުވަތަ އެހެން ގޮތަކަށް ރާއްޖެ ވަޑައިގަތުމަށް ދިން ހުއްދައަކީ ހަގީގަތުގައި ދިވެހި ރައްޔިތުންގެ ނިންމުމެއްނޫނެވެ. އެކަމާ ދިވެހި ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ. ސިޔާސީ ވިސްނުމެއް ނެތި އެކަން ކުށްވެރިނުކުރާ އެކަކުވެސް ނެތެވެ. ހަގީގަތުގައިވެސް އެ އެޅުނީ ކަތި ފިޔަވަޅެކެވެ. ރާއްޖޭގެ ރީތި ނަން ކިލަނބުކޮށްލެވުނުކަމެކެވެ. އެކަން އެހެން ކުރެވިގެންވެސް ނުވާނެއެވެ. ސިޔާސީ ބާރެއް އޮވެގެން ސިޔާސީ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތުވެސް ދީގެންނުވާނެއެވެ. މިކަން ރައްޔިތުންގެ މަޖިލީހުންނާއި ކަމާބެހޭ ފަރާތްތަކުން ބަލަންޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
3%
6%
23%
9%
46%
ކޮމެންޓް
18 ޖުލައި 2022 | ހޯމަ 00:02
Ali javahir
Keeve tho Ekuveri lanka ah ehy nuvaanvy box bahahtaihen
ގުޅުންހުރި
ލަންކާއިން ފުޓްބޯޅަ ކުރިއަރުވަނީ، އޭއެފްސީގެ ރައީސްގެ ތައުރީފް
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ސްރީލަންކާ ގައި ބޭއްވި ކާރު ރޭހެއްގައި ހިނގި އެކްސީޑެންޓެއްގައި ހަތް މީހުން މަރުވެއްޖެ
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ