Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ އެހީ ދިނުން

ޖޫން މަހުގެ ނިޔަލަށް 77 ފަރާތަކަށް ދައުލަތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފި

މީގެ ތެރޭގައި ގިނައީ ކުޑަކުދިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޖުލައި 2022 | އަންގާރަ 07:54
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު

އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 77 ފަރާތަކަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ޖޫން މަހުގެ ނިޔަލަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން 77 މީހުންގެ ތެރޭގައި 18 އަހަރުން މަތީގެ 37 މީހުންނާއި، 40 ކުޑަކުދިން ހިމެނެއެވެ.

އޭޖީ އޮފީހުން ބުނީ ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖައްސައިދިން ކުޑަކުދިން ޝާމިލްވާ މައްސަލަތަކުގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. މިފަދަ 16 މައްސަލައެއް ހިމެނޭއިރު، މާރާމާރީގެ މައްސަލަތަކުގައި 14 ކުއްޖަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޖިންސީ ގޯނާ ކުރުމާއި، ޒިނޭކުރުމުގެ ކުށާއި، ހުއްދަ ނޫން ޖިންސީ އަމަލު ހިންގުމުގެ މައްސަލަތަކުގައި 4 ކުއްޖަކު ހިމެނޭއިރު، ވައްކަން ކުރުމުގެ މައްސަލަތަކާއި ގުޅިގެން 5 ކުއްޖަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މުދަލަށް ގެއްލުންދިނުމުގެ 3 މައްސަލައާއި، ބިރުދެއްކުމުގެ 2 މައްސަލަ އަދި މަރުގެ މައްސަލަތަކުގައި 2 ކުއްޖަކަށް ގާނޫނީ އެހީ ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން 18 އަހަރުން މަތީގެ 37 މީހުންނަށް ގާނޫނީ ވަކީލުން ފޯރުކޮށްދީފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ކަމުގައި އޭޖީ އޮފީހުން ބުނެފައިވެއެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 31 މައްސަލަ ހިމެނެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކުގައި 22 މީހަކަށް ގާނޫނީ އެހީ ފޯރުކޮށްދީފައިވާއިރު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި، މާރާމާރީ ހިންގުން އަދި ގެންގުޅުމުގެ 4 މައްސަލަ ހިމެނޭއިރު، ޓެރަރިޒަންގެ ކުށްތަކުގައި ހިމެނޭ 4 މީހުންނާއި، މީހުން މެރުމުގެ 2 މައްސަލައެއްގައި ހިމެނޭ މީހުންނަށް ގާނޫނީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އޭޖީ އޮފީހުން ބުނީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަނުވާތީ 9 ފަަރާތަކަށް ގާނޫނީ އެހީ ފޯރުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި މުއްދަތުގައި 16 ބިދޭސީންނަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާގޮތުން ޖިނާއީ ބޮޑެތި ތުހުމަތު ކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަންކޮށްދޭންވާނެއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައިވާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދޭންވާނެއެވެ.

ބަންޑާރަނައިބުގެ އޮފީސް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް
12 އޮކްޓޯބަރު 2025

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ
09 އޮކްޓޯބަރު 2025

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ
08 އޮކްޓޯބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް
08 އޮކްޓޯބަރު 2025

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި

14 ސެޕްޓެމްބަރު 2025
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި
25 ޖޫން 2025

ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް

25 ޖޫން 2025
ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
24 އޮކްޓޯބަރު 2023

ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ

24 އޮކްޓޯބަރު 2023
ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ
10 އޮކްޓޯބަރު 2023

ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

10 އޮކްޓޯބަރު 2023
ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު