Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަންނުވެރި މަންމަން ކަނބުރެއް

އިޒްރޭލުން ސުންނާފަތި ކުރި ގެތަކުން މަންމަން ކަނބުރު ކިޔައިދެނީ ތަފާތު ވާހަކައެއް

ހަމަދު ފަރުމާ ކުރި ފުރަތަމަ އީޖާދު ކަމަށްވާ ސައިކަލު ގަތުމަށް، އޭނާގެ ކަސްޓަމަރަކު 1000 ޝެކްލްސް ނުވަތަ 285.7 ޑޮލަރު ހުށަހެޅި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖުލައި 2022 | އަންގާރަ 05:46
އުމުރުން އެންމެ 13 އަހަރުން ފެށިގެން އޭނާ އަންނަނީ ކަނބުރުވެރިކަން ކުރަމުން

އުމުރުން އެންމެ 13 އަހަރުން ފެށިގެން އޭނާ އަންނަނީ ކަނބުރުވެރިކަން ކުރަމުން

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު، އަނގަމަތި ހާ، ޖަލުގެ ގޮތުގައި ބައިނަލްއަގުވާމީ ލީޑަރުންވެސް ސިފަކުރައްވާ ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ ފާޚިރު ހަމަދަކީ، މިއަދު އޭނާގެ މަސައްކަތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، ފަންނުވެރި ކަނބުރެކެވެ.

އަޑު އިވުމުގެ ނިއުމަތުން މަހްރޫމްވެފައި ހަމަދުގެ މަސައްކަތަކީ، ޔަހޫދީ އިޒްރޭލުގެ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް އަސްކަރީ ފައުޖުތަކުން ދޭ ވައިގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެތަކުގެ ބައިތަކާއި ބާ ދަނޑު ހޮވައިގެން އާ އީޖާދުތައް ކުރުމެވެ. އަލުން ބޭނުން ކުރެވެން ހުރި ބައިތައް ބޭނުންކޮށްގެން އޭނާ ފަރުނީޗަރު އުފައްދައެވެ. ތަފާތު އެކި އުޅަނދުތަކާއި ޖަނަވާރުތަކުގެ މޮޑެލްތައް ހަދައެވެ.

އުމުރުން އެންމެ 13 އަހަރުން ފެށިގެން ކަނބުރުވެރިކަން ކުރަމުން އަންނަ ހަމަދު، ޣައްޒާގައި ހިންގާ ވޯކްޝޮޕްގައި، ކަނބުރުވެރިކަމުގެ ރޮނގުން ނުކުރާ މަސައްކަތެއް ނޯވެއެވެ. އޭނާއަކީ އުކާލާ ބާ ދަގަނޑު ބޭނުން ކޮށްގެން، ގޭތެރޭގެ އެކި ބޭނުންތަކަށް އެކި ކަހަލަ ސާމާނު އުފައްދާ މަދު ކަނބުރުންގެ ތެރޭގައި ގުނާލެވޭ ފަންނުވެރިއެކެވެ.

ނަގުލަންދާއްޓާއި، އެކި ކަހަލަ ސައިކަލް، ގަސް އަދި ޖަނަވާރުތަކާއި އެނޫންވެސް ގޮތް ގޮތުން ގޭތެރެ ޒީނަތްތެރި ކުރަން ބޭނުން ކުރެވިދާނެ އެކި ކަހަލަ ސާމާނު، ހަމަދު އުފައްދަނީ އޭނާގެ އަމިއްލަ ދެ އަތުން ހޮވާ ބާ ދަގަނޑުގެ އިތުރުން މީހުންގެ އަތުން އޭނާ ގަންނަ ސަމާނުތައް ބޭނުން ކޮށްގެންނެވެ.

5 ދަރިންގެ ބައްޕަގެ މަސައްކަތަށް ތައުރީފު ހައްގެވެ. ހަމަދު ދެއްކި ވާހަކަތައް ތަރުޖަމާ ކޮށްދެމުން ދިޔަ އޭނާގެ ކޮއްކޮ، ޚާމިސްގެ ވާހަކަތަކުންވެސް އެކަން ހާމަވެއެވެ.

ކޮންމެ ވައްތަރަކުންވެސް ހަމަދަ ތައްޔާރު ކުރާ ފުރަތަމަ ފަރުމާ ވިއްކާލުމަށް ހަމަދު އިންކާރު ކުރެއެވެ. ނަމަވެސް އޭނާގެ ކަސްޓަމަރުންނަށް، އޭގެ ނަކަލުތައް ތައްޔާރު ކޮށްދެއެވެ. ހަމަދު ފަރުމާ ކުރި ސައިކަލެއް ގަތުމަށް، އޭނާގެ ކަސްޓަމަރަކު 1000 ޝެކްލްސް ނުވަތަ 285.7 ޑޮލަރު ހުށަހެޅިއެވެ. ނަމަވެސް އެ ފުރަތަމަ އީޖާދު ވިއްކާލުމަށް ހަމަދު އިންކާރު ކުރިއެވެ.

ކުޑައިރު ދިމާވި އެކްސިޑެންޓަކަށްފަހު، އަޑުއިވުމުގެ ނިއުމަތުން ހަމަދު މަހްރޫމުވިއެވެ. ވާހަކަ ދެއްކުމުގައިވެސް އުނދަގޫތަކެއް ހުރެއެވެ. ހަމަދު ދައްކާ ވާހަކަތައް ކަސްޓަމަރުންނަށް ކިޔާދިނުމުގައި، ހަމަދާއެކު މަސައްކަތުގައި އުޅޭ މީހުންގެ އެހީ، ބައެއް ފަހަރު ހޯދަން ޖެހުނެއް ކަމަކު، އެކަމުގެ ސަބަބުން އޭނާގެ ކަނބުރުވެރި ފަންނުގެ މަސައްކަތަށް އެޅޭ ކުޑަ ނަމަވެސް ހިޔަންޏެއް ނޯވެއެވެ.

އެންމެ ކުރީއްސުރެ ހަމަދު މަސައްކަތް ކުރި ވޯކްޝޮޕްވެސް ވަނީ އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިވެފައެވެ. ނަމަވެސް އެކި ގޮތް ގޮތުން އޭނާއަށް ލިބުނު ކުޑަ އެހީތެރިކަމުގެ ބޭނުންކޮށްގެން ހަމަދު މިހާރު ވަނީ، ކަނބުރުވެރިކަމުގެ މަސައްކަތް ކުރާނެ އާ ވޯކްޝޮޕެއް ހުޅުވާފައެވެ.

375 އަކަ ކިލޯމީޓަރުގެ ޣައްޒާއަކީ 2.3 މިލިއަން މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށްވާއިރު، އޭގެ ތެރެއިން 2 ބައިކުޅަ 1 ބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. ނުވަތަ ފަޤީރުންނެވެ.

ކަނބުރުވެރިކަންޣައްޒާފާޚިރު ހަމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު