Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮޑުވަޒީރުގެ ގެކޮޅު ރޯކޮށްލުން

ލަންކާގެ ބޮޑުވަޒީރު ވިކްރަމަސިންގހަގެ ގެކޮޅު ރޯކޮށްލި މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފި

އާންމުންގެ ބަޔަކު އެއްވެ ވަނީ ބޮޑުވަޒީރު ވިކްރަމަސިންގހަގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހައި ރޯކޮށްލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 ޖުލައި 2022 | އާދީއްތަ 12:47
ލަންކާގެބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ރޯކޮށްލާފައި

ލަންކާގެބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ރޯކޮށްލާފައި

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ ގެކޮޅުގައި ރޯކޮށްލި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، ހޮނިހިރު ދުވަހު އެގައުމުގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ ގެކޮޅުގައި ރޯކޮށްލި މައްސަލާގައި ތިން ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 19 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

މިކަމުގެ އިތުރު ތަހުގީގުތައް ފުލުހުން ކުރަމުން ދިޔަނަމަވެސް މިހާރު މި މައްސަލަ ތަހުގީގުކުރުމަށް އެގައުމުގެ ސީއައިޑީން ހަވާލުވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހޮނިހިރު ދުވަހު ލަންކާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އާންމުންގެ ބަޔަކު އެއްވެ ވަނީ ބޮޑުވަޒީރު ވިކްރަމަސިންގހަގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހައި ރޯކޮށްލާފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، އާންމުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ގައުމުގެ ސަރުކާރަށް ރައްޔިތުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ އިސްތިއުފާއަށް އާންމުން ގޮވާލަމުންދާއިރު، އިދިކޮޅު ލީޑަރުންވެސް ވަނީ މިދެބޭފުޅުން މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ހުރިހާ ސިޔާސީ ލީޑަރުން އެކުވެ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ، އިދިކޮޅުން އެދުނުހެން، ހުރިހާ ޕާޓީއެއް އެކުލެވޭ ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ތަންދެއްވުމަށް އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެގައުމުގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ އިސްވެހުންނަވައި ހުރިހާ ޕާޓީ ލީޑަރުން މަޝްވަރާގެ ބައްދަލުވުމެއް ކުރިއަށްގެންދަވާފައިވާއިރު، މި ބައްދަލުވުމުގައި ގިނަ ލީޑަރުން ވަނީ ހަތަރު ކަމަކަށް އެއްބަސްވެ ވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް މަގާމުން އިސްތިއުފާ ދެއްވުމަށާއި، އައު ރައީސަކު އައްޔަނުކުރެވެންދެން 30 ދުވަހުގެ މުއްދަތަށް އެމަގާމަށް މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގަތުމުގެ އިތުރުން، ދައުރުގެ ބާކީ އޮތްބައި ހަމަވަންދެން ރައީސް ކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހަމަޖެއްސެވުމަށް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށްވެސް ވަނީ ހުށަހަޅަފާއެވެ.

މަޖިލީހުގެ ރައީސާ ހަވާލާދީ ލަންކާގެ ނޫސްތަކުން ވަނީ، ރައީސް ގޮތަބަޔާ ރާޖަޕަކްސަވެސް މިމަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓުކޮށްފައެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު