Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫގެ އީދު ގިވްއަވޭ

ޢީދުގެ ޚާއްސަ ފޮޓޯތައް ހިއްސާކޮށްގެން ސެމްސަންގ ފޯނެއް ހޯދުމުގެ ފުރުސަތު

ގިވްއަވޭގެ ދަށުން ހުށަހަޅާފައިވަނީ ސެމްސަންގ ގެލެކްސީ އެސް 21 ޕްލަސްއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ޖުލައި 2022 | ހޮނިހިރު 09:53
އުރީދޫގެ އީދު ގިވްއަވޭ

އުރީދޫގެ އީދު ގިވްއަވޭ

އަޟްހާ އީދުގެ ޚާއްސަ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަންގ ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސުން ހުޅުވާލައިފިއެވެ.

"ޢީދު ގިވްއަވޭ"ގެ ގޮތުގައި އެ ކުންފުނިން ހުށަހަޅާފައިވަނީ ސެމްސަންގ ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ސްމާރޓް ފޯނެކެވެ. މި ފޯނު ހޯދުމުގެ ފުރުސަތު މުޅި ރާއްޖެއަށް ވަނީ ހުޅުވާލާފައެވެ.

އުރީދޫން ހުޅުވާލި މި ފުރުސަތުގެ ދަށުން ފޮޓޯތައް ހިއްސާކުރަންޖެހޭނީ ޕަބްލިކަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުންނެވެ. މިގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރާއިރު #EidMajaa ބޭނުންކުރަން އުރީދޫއިން ވަނީ އިރުޝާދު ދީފައެވެ.

އަޟްހާ އީދާ ގުޅުވައިގެން އުރީދޫ މޯލްޑިވްސުން ހުޅުވާލި މި ފުރުސަތުގެ ދަށުން ޖުލައި 21 ވަނަ ދުވަހުގެ ރޭ 23:59އާ ހަމައަށް ފޮޓޯތައް ހިއްސާކުރެވޭނެއެވެ.

އީދާއި ބޮޑު ޗުއްޓީ އަދި މިނިވަންދުވަހާ ދިމާކޮށް އުރީދޫއިން ވަނީ އެ ކުންފުނީގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްވެސް ތައާރަފުކޮށްފައެވެ. މި އޮފަރގެ ދަށުން އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭނެއެވެ.

މިއީ މިނިވަން ދުވަހާއި އަޟްހާ އީދާ ގުޅިގެން ލިބޭ ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި އޮފަރއެއްކަމަށް އުރީދޫއިން ބުނެއެވެ. 6 ޖުލައި 2022ން 31 ޖުލައި 2022ގެ ރޭގަނޑު 11:59ގެ ނިޔަލަށް އުރީދޫގެ ކަސްޓަމަރުންނަށް އެ އޮފަރގެ ބޭނުން ހިފޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް، އަޟްހާ އީދަކީ ކުލަގަދަކޮށް ފާހަގަކުރާ، ޚާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް ކަމުން، މި އުފާވެރި މުނާސަބަތުގައި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެގޮތުން މި ޚާއްސަ އޮފަރ ކަމުދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އުރީދޫއަޟްހާ އީދު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
07 ޖޫން 2025

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި
05 ޖޫން 2025

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު