Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އިގުތިސާދީ ކާރިސާ

ހުކުރު އަދި ހޮނިހިރު ދުވަހު ތެޔޮ ނުވިއްކުމަށް ލަންކާ އައިއޯސީން ނިންމައިފި

ލަންކާގައި ކުރަން ރާވާފައިވާ މުޒާހަރާގެ ސަބަބުން އެކުންފުނީގެ ސްޓޭޝަންތަކަށް ލިބެންޖެހޭ ތެލުގެ ސްޓޮކް ނުލިބޭނެ ކަމަށް ގުޕްތާ ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 ޖުލައި 2022 | ހުކުރު 14:40
ޕެޓްރޯލް ގަތުމަށް ކިއުގައި ތިބި ލަންކާގެ އާންމު ރައްޔިތުން

ޕެޓްރޯލް ގަތުމަށް ކިއުގައި ތިބި ލަންކާގެ އާންމު ރައްޔިތުން

ހުކުރު އަދި ހޮނިހިރު ދުވަހު ލަންކާގެ އައިއޯސީ އިން ތެޔޮ ވިއްކުމުގެ މަސައްކަތް ނުކުރާނެ ކަމަށް ބުނެފިއެވެ.

ލަންކާ އައިއޯސީގެ މެނޭޖިން ޑިރެކްޓަރާ މަނޯޖް ގުޕްތާ އާއި ހަވާލާދީ އެކުންފުނިން ހުކުރު އަދި ހޮނިހިރުގައި ތެޔޮ ވިއްކުމުގެ މަސައްކަތް ނުކުރާނެ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ލަންކާގައި ކުރަން ރާވާފައިވާ މުޒާހަރާގެ ސަބަބުން އެކުންފުނީގެ ސްޓޭޝަންތަކަށް ލިބެންޖެހޭ ތެލުގެ ސްޓޮކް ނުލިބޭނެ ކަމަށް ގުޕްތާ ވަނީ ވިދާޅުވެފައެވެ. އާދިއްތަ ދުވަހު ސްޓޭޝަންތަކުން ތެޔޮ ވިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ގުޕްތާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދެދުވަހު ސްޓޭޝަންތަކުން ތެޔޮ ވިއްކުމުގެ މަސައްކަތް ނުކުރި ނަމަވެސް ސީޕީސީ އަށާއި އެހެން އިންޑަސްޓްރީސް ތަކަށް ތެޔޮ ޑެލިވަރ ކުރުމުގެ މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގެ އިގުތިސާދީ ހާލާތު ގޯސްވެ، އެގައުމުގެ އާންމުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.

ލަންކާގައި ތެލުގެ ސްޓޮކް ހުސްވަމުންދާއިރު، އެގައުމަށް ބޭނުންވާ ތެލުގެ އައު ޝިޕްމެންޓްތައް ގެންނަން ޚަރަދުކުރާނެ ފައިސާ ނެތްކަމަށް އެގައުމުގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކެރަ ވަނީ ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ލަންކާއަށް ބޭނުންވާ ތެލުގެ ޝިޕްމެންޓަށް 587 މިލިއަން ޑޮލަރު ބޭނުންވާކަމަށް އާދިއްތަ ދުވަހު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހަފުތާގައި ތެލުގެ އައު ޝިޕްމެންޓްތަކަށް 316 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށާއި, އެއަށް ކްރޫޑް އޮއިލްގެ ދެ ޝިޕްމެންޓް ލައިފިނަމަ ޖުމުލަ އަދަދު 587 މިލިއަން ޑޮލަރަށް އަރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ތެލުގެ އައު ޝިޕްމެންޓްތައް ތައްޔާރުވެފައިވާކަމަށާއި އެހެންނަމަވެސް މި ޝިޕްމެންޓްތަކަށް ޚަރަދުކުރުމަށް ސެންޓްރަލް ބޭންކަށް ދެވެން އޮތީ 125 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވެފައެވެ.

ލަންކާގައި މިވަގުތު ބާކީ ހުރީ 12،774 ޓަނު ޑީސެލްއާއި 4،061 ޓަނު ޕެޓްރޯލް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިމަހު ލަންކާއަށް އަންނަ ތެލުގެ ފުރަތަމަ ޝިޕްމެންޓް އަންނާނެ ކަމަށް ބުނެފައި ވަނީ ޖުލައި 9 ވަނަ ދުވަހުއެވެ. އަދި މި ހަފުތާގެ ބުރާސްފަތި ދުވަހަށް، އެގައުމަށް ގެންނަ ތެޔޮ ޝިޕްމެންޓަކަށްވާ ފައިސާގެ އެއްބަޔަށްވާ 49 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު