Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޝިންޒޯ އަބޭ އަވަހާރަވުން

ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެ

ޖަޕާނުގެ ގައުމީ ޓީވީން ވަނީ އަބޭ އަވަހާރަވެއްޖެކަމަށް ފުލުހުންނާއި ހަވާލާދީ ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖުލައި 2022 | ހުކުރު 09:15
ބަޑީގެ ހަމަލާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ބަޑީގެ ހަމަލާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ކެމްޕެއިން ހަރަކާތެއްގައި ހުންނަވަނިކޮން ދެވުނު ބަޑީގެ ހަމަލާއެއްގައި ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެއެވެ.

އެލްޕީޑީއާއި ހަވާލާދީ ޖަޕާނުގެ ގައުމީ ނޫސްއެޖެންސީން ބުނެފައިވަނީ ހޮސްޕިޓަލް އަށް ގެންދެވުނު އިރުވެސް އަބޭ އަވަހާރަވެފައިވާ ކަމަށެވެ. އަވަހާރަވި އިރު ޝިންޒޯ އަބޭގެ އުމުރުފުޅަކީ 67 އަހަރެވެ.

ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝިންޒޯ އަބޭއަށް ބަޑިން ހަމަލާދީފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނާރާ ސިޓީގައޮތް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮންނެވެ. ހަމަލާ އަމާޒުވިއިރު އަބޭ ހުންނެވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރެއްވުމުގައެވެ. އަބޭ ކެމްޕެއިން ކުރައްވަމުން ގެންދެވީ އާދީއްތަ ދުވަހު އޮންނަ ޖަޕާންގެ މަތި ގޭގެ އިންތިހާބަށެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުން، އަބޭ އަށް ހަމަލާދިނީ ފިރިހެނެކެވެ. އަދި އޭނާ ހަމަލާދިނުމަށް ބޭނުންކުރި ބަޑިއަކީ އަމިއްލައަށް ހަދާފައިވާ އެއްޗެކެވެ. މި ހަމަލާއާއި ގުޅިގެން 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޓެޓްސުޔާ ޔަމަގާމި ނަމަކަށް ކިޔާ މި މީހާ ފުލުހުން ކައިރި ބުނެފައިވަނީ އޭނާ އަބޭ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ބޭނުންވީ އަބޭ މަރާލަން ކަމަށެވެ.

އަބޭއަށް ދިން ހަމަލާ ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިށީޑާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ހާދިސާއާއި ގުޅިގެން ހިތާމަފާޅުކުރައްވާފައިވެއެވެ. މީގެ އިތުރުން ގައުމުތަކުގެ ވެރިން އަންނަނީ މި ފިނޑި އަމަލު ކުށްވެރިކުރަައްވަމުންނެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނި އަބޭ ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް އެއްވެސް މުހިންމު ގުނަވަނެއް ނުހިނގާ ކަމަށާ ހިތްޕުޅުވެސް ހުއްޓިފައިވާ ކަމަށެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އަބޭއަށް ހަމަލާދިން އިރު، އެމަނިކުފާނު ހުންނެވީ ރޭލު ސްޓޭޝަނެއްގެ ބޭރުގައި ސްޕީޗެއް ދެއްވާށެވެ. އަދި ދެ ފަހަރަށް ބަޑީގެ އަޑު އިވުނު ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން އަޅި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހިފެހެއްޓުނު ކަމަށެވެ. ރިކޯޑްކުރެވުނު އިތުރު ވީޑިއޯއަކުން ފެންނަ ގޮތުން އަބޭ ހުންނެވިތާ ފަހަތުން ބޯ ދުންގަނޑެއް ފެނިގެންދިޔައެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން ހަމަލާގެ ސަބަބުން ވެއްޓިވަޑައިގެން އަބޭ އޮންނެވީ އުއްޑުން ގާޑް ރެއިލް ކައިރީގައެވެ. އަދި އެމަނިކުފާނުގެ ހެދުންކޮޅުގައި ލޭ ހުރި މަންޒަރު ފެނެއެވެ. އަދި އަބޭ ވަށައިގެން މީހުން އެއްވެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ އިރު، އެތަނުން އެކަކު ފަސްޓްއެއިޑް ދެމުންދިޔަތަން ފެނިފައިވެއެވެ.

ޝިންޒޯ އަބޭޝިންޒޯ އަބޭ އަވަހާރަކޮށްލުންޖަޕާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު