Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

މޫސުމާ ބެހޭ އިދާރާއިން އިންޒާރުދީފައިވަނީ ހޮނިހިރު ދުވަހު ޖަޕާނުގެ ހުޅަނގު ސަރަޙައްދުގައި އަދި އާދީއްތަ ދުވަހު އިރުމަތީ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ އަސަރު ކޮށްފާނެ ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ނޮވެމްބަރު 2024 | ހޮނިހިރު 09:04
ޖަޕާނަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ މަގުތަކުން މީހުން ގެންދިއުމުގެ މަސައްކަތް ރެސްކިއު ޓީމުން ކުރަނީ

ޖަޕާނަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ މަގުތަކުން މީހުން ގެންދިއުމުގެ މަސައްކަތް ރެސްކިއު ޓީމުން ކުރަނީ

ޖަޕާނަށް އައި ވަރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ބެލެވޭތީ އެޤައުމުގެ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 200000 (ދެ ލައްކަ)އެއްހާ މީހުން ގެދޮރު ދޫކޮށް ސަލާމަތުގެ އައްސޭރިފަށަށް ދިއުމަށް އަންގައިފިއެވެ.

ހޮނިހިރު ދުވަހު ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ، "ކޮޅިގަނޑުގެ ބާރު ދަށްވެ، އެކްސްޓްރާ-ޓްރޮޕިކަލް ލޯ-ޕްރެޝަރ ސިސްޓަމަކަށް ބަދަލުވެފައިވާ ކޮންގް-ރޭގެ ސަބަބުން ވައިގަދަވެ، ޖަޕާނުގެ ހުޅަނގު ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާ،" ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން އިންޒާރުދީފައިވަނީ ހޮނިހިރު ދުވަހު ޖަޕާނުގެ ހުޅަނގު ސަރަޙައްދުގައި އަދި އާދީއްތަ ދުވަހު އިރުމަތީ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ އަސަރު ކޮށްފާނެ ކަމަށެވެ.

މިކަމާ ގުޅިގެން މަޓްސުޔާމާ ސިޓީގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، "އެސިޓީން އެންމެ މަތީ ފެންވަރުގެ އިންޒާރަކާއެކު، އެ ސިޓީގެ 10 ސަރަޙައްދެއްގައި ދިރިއުޅޭ 189،552 ރައްޔިތުން އެ ސަރަޙައްދު ތަކުން ނެރެ، ވަގުތުން ސަލާމަތުގެ އައްސޭރިތަކަށް ދިއުމަށް އިލްތިމާސްކޮށްފައިވާ،" ކަމަށެވެ.

ބުރާސްފަތި ދުވަހު ތައިވާނަށް އެރި ކޮންގް-ރޭ ކޮޅިގަނޑަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ތައިވާނަށް އެރި އެންމެ ބޮޑު ކޮޅިގަނޑުގެ ތެރެއިން އެކެކެވެ. މި ކޮޅިގަނޑުގެ ސަބަބުން މަދުވެގެން ތިން މީހަކު މަރުވެ، 690 މީހުން ޒަޚަމްވެ، ގާތްގަނޑަކަށް 27,781 އިމާރާތްތަކަކުން ކަރަންޓު ކެނޑިފައިވާކަަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު