Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީދު އުފާ ފާހަގަކުރުން

އީދު އުފާ ފާހަގަކުރަންވާނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށް: ޚުތުބާ

މިއީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖުލައި 2022 | ހުކުރު 08:03
ހުކުރު ޚުތުބާ- އީދު އުފާ ފާހަގަކުރަންވާނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށްކަމަށް ޚުތުބާގައި ބުނެފައިވޭ

ހުކުރު ޚުތުބާ- އީދު އުފާ ފާހަގަކުރަންވާނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށްކަމަށް ޚުތުބާގައި ބުނެފައިވޭ

އީދު އުފާ ފާހަގަކުރަންވާނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫގެ މައްޗަށް އިއްވި ހުކުރު ޚުތުބާގައި ވަނީ މިއީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސްކަން ފާހަގަކޮށް، މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްވަރެއްކަން ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

މިއީ ތަޤުވާވެރިވުމާއި، ކުރެވިފައިވާ ފާފަތަކުން ތައުބާވުމުގެ ދުވަސްވަރުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް އަރަފާތު ދުވަހުގެ ސަވާބުން މަޙުރޫމު ނުވާނެކަން ފާހަގަކޮށް ޚުތުބާގައި ވަނީ ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުކަން ބަޔާންކޮށްފައެވެ.

ހަމައެެއާއެކު، އިންސާނާ ޢާފިލުކަމުން ދުރުކޮށް، ﷲ އާއި ގުޅުވައިދޭ އެންމެ މުހިއްމު އެއް ވަސީލަތަކީވެސް ދުއާކޮށް އެކަލާނގެ މަތިން ހަނދުމަކުރުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޙައްޖުގެ ބުރަ އަޅުކަމަށްފަހު އަންނަ އަޟްހާ އީދުގެ އުފާވެރި ދުވަސްތައްވެސް ފާހަގަކުރެވެނީ މާތް ﷲ އަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އީދު ނަމާދުގެ މާތްކަަމަށްވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

އީދު ދުވަސްތަކަކީ މުސްލިމުން އުފާ ފާޅުކޮށް، ގާތް ތިމާގެ މީހުންނާއި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރުމުގެ އިތުރުން، ތަހުނިޔާ ކިޔައި، އެކަކު އަނެކަކަށް ހެޔޮ ދުއާ ކުރުމުގެ ދުވަސްތަކެއްކަމަށް ޚުތުބާގަައި ބުނެފައިވެއެވެ. އެގޮތުގެ މަތިން އީދު ސަލާމް ކުރުމާއި، ތަހުނިޔާ ކިއުމަކީ މުސްތަޙައްބު ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އީދު ހަދިޔާ ބަދަލުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ މީހުންގެ ހިތުން ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލާ ކަމެއްކަމަށް ވަނީ ބުނެފައެވެ.

އީދު ދުވަހު އުފާ ކުރުމާއި އުފާ ފާޅުކުރުމަކީ ހުއްދަ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އެކަން ކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށް ކަމަށެވެ. އެގޮތުން ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންނަށްވެސް ގެއްލުން ނުވާ ގޮތަށް، އަދި އާންމު މަސްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާވެސް ޚިލާފު ނުވާގޮތަކަށް އީދުގެ އުފާ ފާހަގަކުރުމަށް ވަނީ ބާރު އަޅާފައެވެ.

އީދުއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު