Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއް ޖިންސުން ގުޅުން ހިންގުން

އަލަމްގިރްއާއެކު ފެންނަ ފުލުސް އޮފިސަރު ވަޒީފާއިން ސަސްޕެންޑުކޮށްފި

ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2022 | ބުރާސްފަތި 09:24
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލިކްވި ވީޑީއޯއެއްގައި ފެންނަ ކޮޓަރިި

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލިކްވި ވީޑީއޯއެއްގައި ފެންނަ ކޮޓަރިި

އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކެއްގައި ހިމެނޭ އަލަމްގީރާއެކު ފެންނަ ފުލުސް އޮފިސަރު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހަކު ހިމެނޭ ވީޑިއޯއަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން، އަޚްލާޤީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ އޮފިސަރު ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއްގެ މައްސަލައިގައި ފުލުހުން މިހާރުވެސް ވަނީ އަލަމްގިރުގެ އިތުރުން އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައެވެ. އެއީ ޤާނޫނީ ވަކީލު ނާޒިމް ސައްތާރުއާއި، ކާނަލް މުޙައްމަދު ނަޝީދެވެ.

އެކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، ފުލުހުންނަށް ހުށައެޅިފައިވާ ބްލެކްމެއިލިންގ ގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ އޭނާ ނޫންކަމަށް ނާޒިމް ސައްތާރު ފުރަތަމަ ބުނެފައިވެއެވެ. އެ ވީޑިއޯގައި ފެންނަނީ ނާޒިމް ކަމަށް ބެލެވޭ މީހަކާއި އިތުރު ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އެ ވީޑިއޯއިން ފެންނަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރްއެވެ.

ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ކޮއްކޮއެވެ.

މީގެ އިތުރުން، މުޙައްމަދު ނަޝީދު (ކާނަލް) ގެ އެފަދަ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު، އެ ވީޑިއޯއިން ކާނަލްއާއި އަލަމްގީރް ފެނިގެންދެއެވެ. އެ ވީޑިއޯއާ ގުޅިގެން ކާނަލް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ވީޑިއޯއިން ފެންނަ ކޮޓަރިއަށް އޭނާ ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އޭރު އެތަނަށް ވަޑައިގެންނެވީ ވިޔަފާރީގެ ބައްދަލުވުމަކަށް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު