Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު 1443

ދިވެހި ހައްޖުވެރިން ބުރާސްފަތި ދުވަހު ހެނދުނު މިނާއަށް ދާން ފުރާނެ

6 ޖުލައި 2022 | ބުދަ 12:45

ހައްޖުވެރިން މިނާއިން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް، އަރަފާތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖުލައި 2022 | ބުދަ 12:45
ދިވެހި ހައްޖާޖީން ބަހުގައި

ދިވެހި ހައްޖާޖީން ބަހުގައި

1443 ވަނަ އަހަރު ހައްޖަށްދިޔަ ހައްޖުވެރިން ބުރާސްފަތި ދުވަހު މައްކާ ގަޑިން ހެނދުނު 6 ޖަހާއިރު މިނާއަށް ދާން ފުރާނެއެވެ. އެއީ ރާއްޖެގަޑިން ހެނދުނު 8 ޖަހާއިރެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަނުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ހައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖެއްނުލިބޭނެއެވެ.

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ހައްޖުދުވަހަކީ ޖުލައި 8 ވާ ހުކުރު ދުވަހެވެ.

ޙައްޖު 1443ޙައްޖުގެ އަޅުކަން

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

19 މެއި 2024

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ

19 މެއި 2024
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
29 ޖޫން 2023

ހައްޖުވެރިން ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަން ފަށާނެ: އިސްލާމިކް މިނިސްޓްރީ

29 ޖޫން 2023
ހައްޖުވެރިން ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަން ފަށާނެ: އިސްލާމިކް މިނިސްޓްރީ
27 މެއި 2023

ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ މަހު ފުރާނެ

27 މެއި 2023
ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ މަހު ފުރާނެ
04 އެޕްރީލު 2023

ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުން ޙައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި

04 އެޕްރީލު 2023
ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުން ޙައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި
26 މާރިޗު 2023

ހައްޖު ކޯޓާ އިތުރަށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު

26 މާރިޗު 2023
ހައްޖު ކޯޓާ އިތުރަށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު
28 ފެބުރުއަރީ 2023

ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

28 ފެބުރުއަރީ 2023
ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
28 ޖުލައި 2022

މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން

28 ޖުލައި 2022
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން
27 ޖުލައި 2022

ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި

27 ޖުލައި 2022
ދިވެހި ހުރިހާ ހައްޖުވެރިން މާލެ އައިސްފި
27 ޖުލައި 2022

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ

27 ޖުލައި 2022
މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ
13 ޖުލައި 2022

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

13 ޖުލައި 2022
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް