Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ކްލިއަރެންސް ރިޕޯޓް

ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށް ހުށަހަޅަމުންދޭ: މީރާ

ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖުލައި 2022 | ބުދަ 04:23
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރި ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރި ގޮތް

ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށާއި މުއައްސަސާތަކާއި މާލީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާ އިން ބުނީ ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާއިން ދޫކުރާ ލިޔުމެއް ކަމަށެވެ.

ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ މާލިއްޔަތު ސަރކިއުލަރގެ ދަށުން ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މި ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނެތްކަން މީރާއިން ލިޔުމުން ކަށަވަރުކުރުމަށް ބަޔާންކޮށްފައިވާތީ، ސަރުކާރުގެ ގިނަ އިދާރާތަކަށް މި ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި ދަނޑިވަޅަކީ މި ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްޙަކަން ޔަގީންކުރުމަށް މީރާ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންދާ ފަރާތްތަކުގެ މައުލޫމާތު މީރާއާ ހިއްސާކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ރިޕޯޓެކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އިތުރަށް ކިޔާލަން

13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
13 ސެޕްޓެމްބަރު 2023

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ
12 ޖެނުއަރީ 2023

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް
09 ސެޕްޓެމްބަރު 2022

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ
04 އޯގަސްޓު 2022

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
08 ޖުލައި 2022

ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި

08 ޖުލައި 2022
ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި
10 ޖޫން 2022

މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ

10 ޖޫން 2022
މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ
13 މެއި 2022

އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި

13 މެއި 2022
އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި
10 އެޕްރީލު 2022

މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ

10 އެޕްރީލު 2022
މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ
01 އެޕްރީލު 2022

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ

01 އެޕްރީލު 2022
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު